ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިތުރު މައްސަލަތަކެއް ތަޙްޤީގް ކުރަމުންދާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމްގެ ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ސަރުކަރުގެ ފުރަތަމަ ނައިބް ރައީސްގެ މަގާމުގައި ހުންނެވި ޑރ. ޖަމީލް މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޖަމީލް މިގޮތަށް ވިދާޅުވި ނަމަވެސް، އެއީ ކޮން ކޮން މައްސަލަތަކެއްކަންް އޭނާ ހާމަކޮށްފައެއްނުވެއެވެ. އަދި އިތުރު ތަފްސީލެއްވެސް ދެއްވާފައެއް ނުވެއެވެ.

ޖަމީލް ވިދާޅުވީ، ‏ކުޑަކުދިން ރޭޕްކުރުމާ އަދި ޓެކްސީ ޑްރައި ޤާސިމް ހަސަންގެ ގެ މަރާ ގުޅިގެން ފުލުހުންގެ އިހުމާލް އޮތްކަން އެނގިފައިވާ ކަމަށެވެ. އަދި ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަމާލުކަން އަނބުރާލުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ޑރ ޖަމީލް ވިދާޅުވިއެވެ.

"ފިޔަވަޅު އެޅުމުގެ ބަދަލުގައި ސަމާލުކަން އަނބުރާލުމަށް ރައީސް ޔާމީންއާ ދިމާލަށް މިސްރާބު ހިފައި އިތުރު މައްސަލަތަކެއް ތަޙްޤީގް ކުރަމުންދާ ކަމަށްވޭ". ޖަމީލް ވިދާޅުވިިއެވެ.

ޑރ. ޖަމީލް މިގޮތަށް ވިދާޅުވިއިރު، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު މިހާރު ހުންނެވީ މާފުށި ޖަލުގައެވެ. އެމަނިކުފާނު މައްޗަށް މަނީ ލޯންޑަރިންގ ކުށް ސާބިތުވީ ގއ. ވޮޑަމުއްލާ ކިޔާ ފަޅު ރަށެއް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި މައްސަލައެއްގައެވެ.

ރައީސް ޔާމީންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފަށް ހުށަަހަޅާފައިވާއިރު، އެ ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުންތައް މިމަހުގެ 28 ގައި ފަށަން ވަނީ ތައްޔާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަލްޖިބްރާ

    ތިޔަމީހާގެ މައްސަލަތަށް ބެލިވަރަކަށް އޭނާގެ މައްޗަށް ކަޑައަޅަން ޖެހޭ ހުކުމް ތައް ދާނީ އިތުރުވަމުން ! މިހާރުވެސް ތިކަމަށް ލަސްވެއްޖެ !

    24
    97
    • އަނދިރި އަނިދިރިން

      މަޖުލި ހުގެ ރިޔާސަތުގައިން ގައިދީގެ މައްސަލަތަވެސް ބެލިނަމަ އުމުރަށް އޮންނަންނެ ހޭނީ ޖަލުގަ...ވެރިކަމަށް ވަގު ވޯޓުން އަރާ ހުރި ކިބޫގެވެސް މައްސަލަތަ ބަލާނަމަ އުމުރަށް ގޮޅީގައޮންނާނީ....ކަލޭމެންވަރަކަށް ތެޅުނަސް ރައްޔިތުންގެ ލޯތްބާ ތާއިދުއޮތީ ރޔާމީނަށް..ވޯޓުން ވައްކަންކޮއްގެން ނޫންގޮތަކަށް ކަލޭމެންނަ ރު ހުންލިބޭނެގޮތެނެތް...

      79
      16
  2. ކުރީ ސަރުކާރު

    ގެއަށް ބަދަލު ވެދާނެތީ އެހެން މަޅިއަކަށް ފެއްތޭތޯ މަސައްކަތް ކުރަނީ، ދެރަވަރުދޯ

    89
    14
  3. ލައިލާ

    އެއީއަނިއެއްނޫ މާބަދަ ބިންދަން ދާކައް

    48
    12
    • ނަރެލް

      ދިވެހިބަހުން ލިޔަންވެސް ނޭންގެނީތަ

      17
      2
  4. ކާފަބޭ2020

    ކުރިޙުކުމުގައި ވޮޑަމުލާގެ ނަންވެސްނެތް ދެންކިހިނެއްތޯ އެއީ ވޮޑަމުލާގެފައިސާކަމަށް ކަނޑައެޅީ؟ ޢޭސީސީންފޮނުވި ސިޓީގަވެސް އެއީ ވޮޑަމުލާގެފައިސާއެކޭ އެބައޮތްތޯ؟ އެސްއޯއެފުން ފައިސާޖަމާކުރީ ހަމައެންމެމީހެއްގެ އެކައުންޓަށްތޯ؟ އެހެންމީހުންގެ އެކައުންޓަށް އެސްއޯއެފުންޖަމާކުރި ފައިސާގެކުލަވެސްނެތް ހުރިހާއެއްޗެއްނަގާކައިހުސް ނަމަވެސް ޔާމީނުއެކައުންޓަށްޖަމާކުރިފައިސާ ސަރުކާރުން އެއްބަސްނުވާހާހިނދަކު ޔާމީނަކަށް އެއަށްހެދޭނެގޮތެއްނެތް އެކަމަކުވެސް؟؟؟؟؟؟؟؟؟

    46
    14
  5. ލުޓޭރުންގެ ސަރުކާރު

    މިސަރުކާރު ހޫނުފެނަށް ވެއްޓޭ ކޮއްމެފަ ހަރަކު ރޔާމީނާ ދިމާލަށް ދުއްވައިގަންނަނީ....މިފަސްއަ ހަރުދެމިއޮންނަން ބޭނުމިއްޔާ މިގޮތުގައޮންނަންޖެ ހޭނީ...މިސަރުކާރަކަށް ރައްޔިތުންގެ ތާއީދުނެތްކަން އެގޭނެމި ހާރު... ވެރިކަމަށް އަ ހަރުނުވޭ ރައްހިތުން ފޫ ހިވެއްޖެ މިސަރުކާރުދެކެ....

    56
    14
  6. ރޮ ވޭ

    ދިވެހީން މިއަދު ރޮއް ވައިފިޔޭ ނެތުމުން ރައީސް ދިވެހީން މިއަދު ބޭނުންވަނީ ޔާމީން ރައީސް ކަރުނުން ދެ ލޯފުރި ފާވެޔޭ ނެތުމުން ރައީސް އެދެނީ އަބަދު ގާތުގަ ވުމޭ ޔާމީން ރައީސް

    22
    12
  7. އަލީ

    ދެބޯގެރި ދުއްވަނީ

    15
    10
  8. ނަރެލް

    ޤާނޫނުއަރާހަމަކުރަންވީމަ ނަޝީދެއް ޔާމިނެއް ނޯންނާނެ އެދުވަހު އެކުދިން ހަޖަމުކޮށްގެން ތިބިގޮތަށް މިއަދު ތިޔަކުދިންވެސް ހަޖަމުކޮށްލައިގެންތިބޭ އަތުގަބާރުއޮތްދުވަހު ހާމާނުހެދިގެންއުޅުންއިރު އެއްކަލަ ގާނޫނުއަރާހަމަކުރާނެކަންނުވިސްނުނި ވެރިކަންވެއްޓި ޕާރޓީގަ އެންމެގާތްކޮށްއުޅުނުމީހުން ވަކިވެ ހައްޔަރުވީދުވަހު އަޑުއުފުލަން ނިކުމެލާނެމީހަކުވެސްނެތި ހުސްއަތާ

    13
    7
    • އަލީ

      ކަލެއަށް އެނގޭނު... ދެން އަނގަ މަޑުލައިގެން ހުރެބަލަ... އެހެން ނޫނަސް ތި ރީނދޫ ހުން ޖެހިފަ ތިބޭ މީހުންނަކަށް މަޑަކުން ނުިތިބެވޭނެ.. ހުރިއްޔާ ހުރި ތަނެއް ހިރުވާގެން ގައުމު ހަލާކު ކުރަން ނުކުންނާނެ. އެމްޑީޕީ އަކީ މިޤައުމުގެ ހަލާކު... ވ ސަލާމް

      2
      1
      • ނަރެލް

        ގައުމު ދަވާހުސްކޮށްފަ ގާނޫނު އަރާހަމަކުރީމަ އެކަމުގެޒިންމާ އުފުލުމުގެ ގަޓްނެތިގެން ތިތިބައުޅޭ ވައްތަރެއް

    • ލާދީނީބެ

      ހަޖަމުކޮށްގެން ހުރެވުނީޔޭ؟ މައިބަދަ ބިންދައިގެން ދިޔައީނު

  9. ހަޖަމް

    ދެ އަހަރުގެ ކުއްޖާ ރޭޕް ކުރިވާހަކައިގެ އަޑު ތަންކޮޅެއެް ގަދަވީދޯ

    2
    1