އދ.އިން ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އަކީ ނަޝީދު ކަމަށް ނިންމަވަން ޖެހޭ ކަމަށް ވެރިކަން ކުރާ ޕާޓީ ޕީޕީއެމް އިން ބުނެފިއެވެ.
ޕީޕީއެމް އިން މިހެން ބުނީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް ބޭސް ފަރުވާއަށް ކަމަށް ބުނެ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެއްވި ކުރީގެ ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް އދގެ އިންސާނީ ހައްގުތަކާ ބެހޭ ގުރޫޕުން ނިންމާފައި ވަނިކޮށެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ގެމަނަފުށީ ދާއީރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ގުރޫޕުން ނަޝީދު މައްސަލާގައި އޭރު ދެއްކި ވާހަކަތަކާއި މިހާރު ދައްކާ ވާހަކައާއި ދިމާ ނުވާ ކަމަށާއި އދ އަށް ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތައް ކަނޑަނޭޅޭނެ ކަމަށެވެ.
"ރާއްޖޭގެ ގާނޫނު އަސާސީގައި ރައީސް ކަމަށް ކުރިމަތިލާ މީހެއްގެ ޝުރުތުތައް ކަޑައަޅާފައި ވާއިރު އދ އަށް އެއްވެސް ބާރެއް ނޯންނާނެ ވަކި މީހަކު ވެރިކަމަށް ކުރިމަތި ލެވޭނެ ކަމަށް ބުނުމުގެ އެއްވެސް ހައިސިޔަތެއް" ޖަމީލް އުސްމާން ވިދާޅުވިއެވެ.
ޖަމީލް އުސްމާން ވިދާޅުވީ ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް އދގެ އިންސާނީ ހައްގުތަކާ ބެހޭ ގުރޫޕުން ނިންމާފައިވާނަމަ އދ އިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ ނަޝީދު ކަމަށް ނިންމަވަން ޖެހޭ ކަމަށެވެ.
"އދ.އިން ބުނި ކަމުގައި ވީ ނަމަވެސް ނަޝީދަށް އެ ފުރުސަތު ދީގެން ނުވާނެ. ނަޝީދަށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅެއް ނޭޅިއްޖެ ނަމަ ރާއްޖޭގެ އެހެން އެއްވެސް މީހަކަށް އެޅިގެން ނުވާނެ" ޖަމީލް އުސްމާން ވިދާޅުވިއެވެ.
އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށް ނިންމި ނަމަވެސް އެ ނިންމުން ބަލައި ނުގަންނަ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.
ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އުވާލައި، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ތުހުމަތުތައް އަލުން ދިރާސާ ކުރުމަށް ފަހު، ދައުވާކުރަން ޖެހޭ ނަމަ، އަލުން އިންސާފުވެރިކަމާ އެކު އެމަނިކުފާނުގެ މައްޗަށް ޝަރީޢަތް ކުރުމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމިޓީ އިން ބުނެފައިވައިވެއެވެ.
އަދި އެގުރޫޕުގެ ނިންމުން 180 ދުވަހުގެ ތެރޭގައި ތަންފީޒުކުރެވިފައިވާ މިންވަރު ހާމަކޮށް ކޮމިޓީއަށް ޖަވާބުދާރީވުމަށް ވެސް ހިއުމަން ރައިޓްސް ކޮމިޓީ އިން ވަނީ އަންގާފައެވެ.
އެ ގުރޫޕުގެ ނިންމުގައި ވަނީ މަދަނީ އަދި ސިޔާސީ ހައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުޢާޙަދާގެ އޮޕަޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ސޮއެކޮށްފައިވާތީ، ހިއުމަން ރައިޓްސް ކޮމިޓީގެ ނިންމުންތައް ރާއްޖެއިން ބަަލައިގަންނަން ޖެހޭކަމަށެވެ.
ބޮޑު ނުފޮރުޕާނެއް މި ކެނެރީގޭ ނަޝީދޭ ކިޔާ އެޖެންޓަކާ ހުރެ.
ހެޔޮ ނުވާނެ ސަރުކާރުން ދޫނުދޭތި އެމީހުން މިތާ ފަތުރަން އުޅޭކަންކަމަށް މަގުފަހިވާފަދަ އެއްވެސް ޢަމަލަކަށްް.
ޔާމީނަށް ސަޕޯޓް ކުަރަނީ މިހާރުވެސް މިކަހަލަ ކަންކަމާ ދެކޮޅަށް އެކުރައްވާ ހިތްވަރަށް.
ޝުކުރިއްޔާ!
ތިޔަ ކަމެއް ނުވާނެ.
އައްސުލުތާނު ކެނެރީ މުހައްމަދު ނަޝީދުލް އައްވަލް..
ޢަލިފުދާލުން އެ ދާލުގެ ގުރިހާ ޤަރާރު ތަކަކާ ޚިލާފުވެ ފަލަސްތީނު ރައްޔަތުނަށް އިންސާނީ ޙައްޤު ހޯދައި ދެވިފައިނުވާތީ ވަގުތުން ވަގުތަށް ހިއުމަން ރައިޓްސް ގުރޫޕް އުވާލުމަށް ގޮވާލަން.
އަމިއްލަޔަށް ތިޔަ ގުއިރޯނު ޑިމޮކްރަސީގަ ޖެހި ތިބެ އަމިއްލައަށް ތިޔަ އޮރިޔާންވަނީ. ރާއްޖޭގެ ސަރުކާރުން އެވާހަކަ ދައްކަނީ ސޯކޯލް އިސްލާމިކް ޑިމޮކްރަސީގެ ދަށުން އަދި އ.ދ އިން އެވާހަކަދައްކަނީ ސޯކޯލްޑް ޑިމޮކްރަސީގެ ދަށުން.
ގައުމު އޮތީ ނަޝީދުއަށް ވެރިކަންދީގެން އޭނަ ބުނި ކަންކަމުން ރާހަތު ހޯދަން އެކަމަކު އެކަން ކޮންނުދޭނަމޭ ކިޔާ ހަޅޭކަށް ބިރުން ދިޔައީ މިއީ އަލުން އެމަޤާމަށް ނަޝީދު ގެެންނަން މަސައްކަތް ކުރާ މީހުން ވިސްނާންޖެހޭ ކަމެއް - މި ގައުމުގައި އައުމީހުންތައް ބައިވަރު ނަޝީދުވެސް މި ފުރުޞަތު އެހެން މީހަށް ހޯދަން މަސައްކަތްކުރުން މާތާހިރު
ކެނެރީގެ ނަޝީދު މަހަށްދޭބަލަ. މަހަށް މަހަށް މަހަށް ދޭބަލަ.. ތަމެން ރަންރީނދޫ ޓްވިޓަރޭ މަހަށް ދޭބަލަ.
ރަނގަޅުވާހަކައެއްތީ! އެހެންނޫނީ އެސޮރަށް އެތަނުން ކޮމެޓީއެއްގެ ނަމަވެސް ވެރިަކން ދޭންވީނު! ގައިމު ކުޑަވެސް އިޚުލާސްތެރިކަމެއް ތިމީހުނުގެ ހުރިނަމަ ޔޫ އެންގެ ވެރިކަން ތިޔަމީހާއަށް އެސޮރުމެން ދޭނެއެވެ!
ކަލޯމެންނަށް ވެސް އެނގޭދޯ އިންތިހާބަށް ނަޝީދު ނިކުމެއްޖެއްޔާ ރައޫސްކަމަށް ހޮވޭނެކަން.. އެހެންތާ ތިޔަ ބުނަނީ އިންޑައިރެކްޓްލީ.
ބުނެވޭގޮތުން ޔާމީން އެކުނީވެސް ނަޝީދުގެ ވެރިކަން ނަޝީ އިންތިޚާބުކުރި ދުވަހުން ފެށިގެން އަދިވެސް ނަޝީދަކީ ވެރިކަންކުރާ ރައީސް އޭގެ ފަހުން އައިހާ ވެރިންނަށް ދެވުނު މުސާރަ އަނބުރާ ނަގައި ކުރިހާ ކަމެއް ހުރިގޮތަށް ރުޖޫޢަކޮށް ބަލާއިރު ނަޝީދުގެ ވެރިކަމުގެ މުއްދަތު އެއޮތީ މުއްދަތުން ދިގު އިންފަހަނަ އަޅާ ގޮސްފައި،
ކަލޭމެން ބޭނުން ވެގެން ތިޔަ އުޅެނީ އުޅެނީ ކޯޓުން ކަނޑައަޅާކަށްނު ރައީސް
މިދެން ކާކުތަ މިގައުމާއި އިސްލާމްދީނަށް ޖެހިފައިހުރި ފަހުޒަމަނުގެ ފިރުއަޢުނު މިތަނުގެ އިސްލާމީރީތި.އާދަކާދަތަކާ އަޚުވންތަކަން ނަގާލި މިގައުމުގެ ދުސްމަނެތީ ފަސާދަކޮށް ޔަހޫދީންގެ ހަންފަތުރަން ތެޅޭ.އިސްލާމްދީނުގެ އަދުއްވެއް