އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ބަދަލުކޮށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ބަދަލުކޮށްފިއެވެ.

މި ބަދަލު ގެނެސްފައި ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އެންގެވުމުގެ މަތިން ކަމަށް ރައީސް އޮފީހުން ވިދާޅުވެ އެވެ.

އެމްބަޑްލިވްއެސްސީގެ އެމްޑީއަކަށް އާޒިމް އައްޔަން ކުރީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 29 ވަނަ ދުވަހުއެވެ. އެމްޓީސީސީ އަށް ޝާހު އައްޔަން ކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހުއެވެ.

އާޒިމް ވަނީ މީގެ ކުރިން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން މެނޭޖިން ޑިރެކްޓަރަކު ހަމަޖައްސާފައި ނުވަނީ ހަމައެކަނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށެވެ. އެ ކުންފުންޏަށް މެނޭޖިންގ ޑިރެކްޓަރެއް ހަމަނުޖައްސައި، ކުންފުނިން ހިންގަމުން ދާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. މިހާރު އެ ކުންފުނި ހިންގަމުން ދަނީ އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރެއް ގޮތުގައި މޫސާ ސޯލިހް ލައިގެންނެވެ.

އެމްއޭސީއެލްގެ ހިންގުން ބަދަލު ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވެސް ވަނީ ކުރީން ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ތަންޑޭ

    ތިޔަހެން ޕީއެސްއެމް ގެ އެމްޑީ ބަދަލު ކޮއްބަލަ

    12
  2. ދޮރުކަނި

    އާޒިމް އަކީ ގާބިލް ބޭފުޅެެއް

    6
    17
  3. މައުމޫން

    މައުމޫން ކުރީމާ ގޯސް. އަހަރެމެން ކުރީމާ ހިންގުން ހަރުދަނާވަނީ. ކުރިން ކިޔައި އުޅުނީ މައުމޫން މިހެން ހެދީމާ ތަންތަން ނުހިންގޭނެ ވާހަކަ. މިހާރު މިކިޔަނީ ހިންގުން ހަރުދަނާވާ ވާހަކަ. މީ އަޅެ އަރަތެއް ނޫންތަ؟