ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ސެޕްޓެމްބަރ މަހު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ތަފްސީލު ހާމަ ކުރުމަށް އިންފޮމޭޝަން ކަމިޝަންގެ އޮފީހުން، ރައީސް އޮފީހަށް ދިން މުއްދަތު ހަމަވި އިރުވެސް، އެ މައުލޫމާތު ނުލިބޭކަން ހާމަވެއްޖެއެވެ.

އިންފޯމޭޝަން ކޮމިޝަން އޮފީހުން ރައީސްގެ ދަތުރުފުޅުގެ ތަފްސީލު ހާމަކުރުމަށް ރައީސް އޮފީހަށް އަންގަވާފައިވަނީ، އެ ދަތުރުގެ ތަފްސީލު ހޯދުމަށް އާއްމު މީހަކު ހުށަހެޅުމުން ޤާނޫނުގައި ބުނާ މުއްދަތުގައި އެ މައުލޫމާތު ފޯރުކޮށް ނުދިނުމުންނެވެ.

އެ ކޮމިޝަންގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ މައުލޫމާތު ހޯދަން ރައީސް އޮފީހަށް ކޮމިޝަންގެ ފަރާތުން ހުށަހެޅި 19 ޖެނުއަރީ ގައި ކަމަށެވެ. އެ މުއްދަތު މިއަދަށް ހަމަވާނެއެވެ.

އެ މައުލޫމާތު ހޯދުމަށް ހުށަހާޅާފައި ވަނީ ދިޔަރެސް ނޫހުގައި މަސައްކަތް ކުރާ، ނާޙިލް އަހުމަދުއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ބުނާ ގޮތުން މައުލޫމާތެއް ހޯދަން އެދޭތާ 21 ދުވަހުގެ ތެރޭގައި އެ މައުލޫމާތެއް ހާމަކުރަންވާނެއެވެ. ރައީސްގެ ދަތުރުފުޅުގެ މައުލޫމާތު ރައީސް އޮފީހުން ހާމަނުކުރުމުން، ނާހިލް ވަނީ އެ މައުލޫމާތު ހޯދުމަށް އެދި އިންފޮމޭޝަން ކޮމިޝަނަށް ހުށަހަޅާފައެވެ.

އިންފޮމޭޝަން ކޮމިޝަނުން ރައީސް އޮފީހަށް ފޮނުވި ސިޓީ އޭނާ ވަނީ ރައީސް ސާލިހު ނިއުޔޯކަށް ފްލައިޓުގައި ވަޑައިގަތްއިރު ދަތުރުކުރެއްވި ކްލާސް އާއި، ހުރުމުގެ ހަރަދާއި، އެކުގައި ވަޑައިގެންނެވި ފަރާތްތަކުން ދަތުރުކުރި ކްލާސް ސާފުކުރުމަށް އެދިފައެވެ.

އަދި އެ ދަތުރުގައި ގޮސް ތިބި ފަރާތްތަކުގެ ހުރުމާއި ކެރުމަށް ހޭދަވީ ހަރަދުގެ ތަފްސީލު އެނގޭނެހެން ހޯދުމަށް އެދިފައިވެއެވެ.

ރައީސްގެ އެމެރިކާ ދަތުރުފުޅުގެ މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނުން އަންގާފައިވާއިރު، ރައީސް ސާލިހުގެ ކޮރަޕްޝަންގެ މައްސަލައެއް ޕީޕީއެމްއިން ވަނީ އޭސީސީއަށް ހުށަހަޅާފައެވެ.

އެ މައްސަލަ ބަލަމުންދާކަމަށް، އޭސީސީން ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ވައްކަމެއް އުޅޭތީ މައުލޫމާތު ދިނުން ލަސްވަނީ

    11
  2. Anonymous

    ތީ ވަގެކޭ

    10
  3. ހުސޭނުބޭ

    ރައީސްމީހާ ބުނަނީ ޒީރޯ ޓޮރަރެންސްގައި ކުރާ ވައްކަމުގެ މަޢުލޫމާތު ދޭކަން ނުޖެހެޔޭ! އެފަދަ ވައްކަމެއް އެއީ!

    10
  4. އުތުރުން

    ތިޔަ މައްސަލަ ވީ އެންމެއަވަކަށް ނިއްމައި ދެއްވުމަށް އޭސީސީ އަށް އިލްތިމާސް ކުރަމެވެ.