ކ.ގުރާދޫ ކައިރިން ދަތުރު ކުރި އެމްއެންޑީއެފްގެ ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ.

އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ، އެމްއެންޑީއެފްގެ ފާސްޓަރ އިންސެޕްޓަރ އެފްއައިސީ ވެލާނާ ލޯންޗުގައެވެ.

އެ ލޯންޗުގައި ރޯވެގެން އެމްއެންޑީއެފްްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 15:55 ހާއިރު އެވެ.

އެމްއެންޑިއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

އެ ލޯންޗުގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ. ރޯވެފައި ވަނީ އެ ލޯންޗުގެ އިންޖީނު ރޫމްގައެވެ. އެ އުޅަނދަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަހަހަ

    އެމްްއެންޑީއެފްގެ ލޯންޗެއް މާރިއާ ވެއްޖެއޯ.