އަންނަ ހުކުރު ދުވަހުގެ ހުތުބާގައި ދިވެހިންގެ ނުރަނގަޅު އާދަތައް ފަޟީހަތްކޮށް ދެއްވުމަށް އެދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޗީފް ކޮންޓެންޓް އޮފިސަރު އިބްރާހިމް ރަޝީދު (އިއްބެ) 11 ކަމެއްގެ ލިސްޓެއް މިއަދު އާންމު ކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުގެ އަރިހުން އެދިވަޑައިގެން އިއްބެ ފޭސްބުކްގައި ވަނީ ދިވެހި މުޖުތަމައުގައި މިހާރަކަށް އައިސް ހިނގަމުން އަންނަ ނޭދެވޭ އެތައް ކަމެއްގެ ވާހަކަ ހުކުރު ހުތުބާގައި ހިމެނުމަށް އެދިވަޑައިގެންފައެވެ.
އޭނާ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެދިވަޑައިގެންނެވީ "ދިރާގު" އަދި "އޫރިދޫ" މެދުވެރިކޮށް ބަރަހަނާ ވެބްސައިޓްތަކަށް ދިވެހިން ވަންނަ ނިސްބަތުގެ ތަފާސް ހިސާބުތައް އާންމުކޮށް ދެއްވުމަށެވެ. އިއްބެ އެގޮތަށް ވިދާޅުވި އިރު، ދިވެހިން އެންމެ ގިނަ އިން ވަންނަ ވެބްސައިޓުތަކުގެ ތެރޭގައި ބަރަހަނާ ބައެއް ވެބްސައިޓުތައް ވެސް ހިމެނެއެވެ.
އިއްބެ ފާހަގަ ކުރެއްވި އެހެން ބައެއް ކަންކަމުގެ ތެރޭގައި މައިންބަފައިންނާއި ދަރިން އެއް ކޮޓަރީގައި ނިދާ މިންވަރުގެ ތަފާސް ހިސާބާއި މައިންބަފައިން ނެތި އެހެން މީހުންގެ ބެލުމުގެ ދަށުގައި ދަރިން ބަހައްޓާފައި ތިބި މިންވަރުގެ ތަފާތު ހިސާބާއި ރާއްޖޭގައި ހިނގާފައިވާ ބަދު އަހުލާގީ މައްސަލަތަކުގެ ތަފާސް ހިސާބާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތަފާސް ހިސާބުތައް ހިމެނެއެވެ.
މީގެއިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި ދިވެހިންގެ ބައިވެރިވުން އޮތް މިންވަރު ވެސް ހާމަކުރަން އިއްބެ ގޮވާލެއްވިއެވެ.
ދަރިން ވެއްޓުމަކީ ކިހާވަރެއްގެ ކަމެއް ކަމާއި އެކަން ކުރުމުގައި ބައިވެރިވާ މީހުންނަށް އޮތް ހުކުމާއި މައިންބަފައިންގެ ރުހުމުގައި އަންހެން ކުއްޖާ ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާ ގެއަށް ގެނެސް، ފާހިޝް އަމަލު ހިންގުމުގެ ފުރުސަތު ދޭ މައިންބަފައިންނަށް ނަސޭހަތް ދިނުމަށް ވެސް އިއްބެގެ ޕޯސްޓުގައި ހިމެނުއްވިއެވެ.
އަދި ކުޑަކުދިންނާ ބެހޭ މީހުންނަށް އެ ކުރެވެނީ އެ ކުދިން މަރާލުމަކީ ކިހާވަރެއްގެެ ކަމެއް ކަން އެނގުމާއި ހައްޖުވުމަށް ފަހު ދެމަފަރިން ކައިވެނީގެ އުފާ ހޯދުން ނިމުނީ ކަމުގެ ކުށްހީ އަށް ދީނީ ނަޒަރަކުން ކިޔައި ދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
"މި ވާހަކައިގެ މައްޗަށް ހުކުރު ހުތުބާ ތައްޔާރުކޮށް ދެއްވުން އެދެމެވެ. ވަރަށް އާދޭހާއި އެކު" އިއްބެގެ ޕޯސްޓުގައިވެއެވެ.
މީގެއިތުރުން އިއްބެ ވަނީ ދިވެހި މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމަށް މަގުފަހިވާ ސަބަބުތަކާއި އެއަށް ހުރި އަދަބުތަކާއި އެ އަދަބު ތަންފީޒު ނުކުރީމަވާ ގޮތާއި އެކަން ކަމަށް ދީނުގައި ކަނޑައަޅާފައިވާ ހުކުމްތަކާއި ކޯފާގެ ވާހަކަތައް ވެސް ހުތުބާގައި ހިމެނުމަށް އެދިވަޑައިގެންފައެވެ.
އިއްބެ މިގޮތަށް ވިދާޅުވި އިރު، ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަމުގެ އެތައް މައްސަލަތަކެއް ވަނީ ދާދި ފަހުން ފެންމަތިވެފައެވެ. މިދަނޑިވަޅުގައި ގިނަ ބަޔަކު އަންނަނީ ރާއްޖޭގައި އިސްލާމީ ޝަރީއަތް ގާއިމް ކުރުމަށް ގޮވާލައި، ރޭޕް ކުރާ މީހުންނާ ދެކޮޅަށް އަޑު އުފުލައި މުޒާހަރާތައްކޮށްފައެވެ. ގިނަ ބަޔަކު ބުނަމުން އަންނަނީ އެފަދަ ނުލަފާ އަމަލު ކުރާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭން ޖެހޭ ކަމަށެވެ.
އިއްބެ ތިއެދިވަޑައިގެންނެވި ކަންތައްތައް މިސަރުކާރުން ކޮށްފާނެކަމަށް ޤަބުލެއްނުކުރެވެ އެއީ މިސަރުކާރުބޭނުންވާ ގޮތަކީ އެއީކަމަށްވީމަ ދެން ބުނާނެ އެއްޗެއްނެތެއްނޫންތޯ؟
ދަރިން ބޮޑެތި ވާއިރުވެސް އެއްކޮޓްރި ތެރޭ ދަރިން ގޮވައިގން ނިދަންޖެހެނީ.ގޯއްޗެއްވެސްލިބެނީކީނޫން
ހުކުރު ހުތުބާގަ ފުލެޓު ފޯމުވެސް ހިމަނަންވީ ދޯ އިބުރާހިމް
މަގޭ އަންދާޒާ. ކޮންމެ 1000 މީހަކުން 999 މީހުން ބަރަހަނާ ފޮޓޯ ވީޑިއޯ ބަލާ ޒިނޭކޮއް ހަދާ
ކޮބާ ރާބުއިމާ ޑުރަގު ވިިޔަރާރިޔާ މިއުޒިކު ސޯތަކާ
ދެޖިންސު މަސްސުނިވެގެން ކުޅޭ ކުޅިވަރުތަށް
މިވެސް ހުތުބާގަ ހިމަނާލާ! ނުރައްކާ ތެރިކަން ވަކިކުޑަ ކަންކަމެއްނޫން މީކީވެސް.....
މީ ތާކުން ތާކު ޖެހޭ ވާހަކަ ދައްކާ މީހެއްނޫން! މީ މޮޔައެއް!
ނުރަނގަޅު އާދަ ފަޅާ އަރުވަން ބުނާއިރު މީ މާރަނގަޅު މީހެއްނޫނޭ އިނގޭތޯ
އޭނަވެސް ލައިގެން ތަފާސް ހިސާބު ހަދާށޯ
ބަރާބަރު. ކެރޭނެބާ؟؟؟؟
އިއްބެ ހާ ހިއްވަރެ ތިޔަ އިސްލާމީ މިނިސްޓަރީގަ
ނުހުންނާނު ބަލަން ތިބެބަލަ
ފުރަތަމަ ތިމާ އިސްލާހުވެބަލަ؟؟؟ އޭގެ ފަހުގަދޯ އެހެން މީހުނަށް އިސްލާހަށް ގޮވޭނީ. ތިޔަ ދެއްކީ ހުސް ރަނގަޅު ވާހަކަ، އެކަމަކު ތިވާހަކަ ދެއްކި މީހާގެ އުޅުމުގެ ސަބަބުން ތިވާހަކައިގެ އަސަރު ކުޑަ. އެއީ މިހާރު މިމުޖުތަމައު ރަނގަޅު ނުކުރެވިގެން އުޅޭ އެއްސަބަބު. "ފުރަތަމަ ތިމާ އޭގެފަހުން އެހެން މީހުން"
އިއްބެއަށް ކެތެއް ނުވި، އެދުނީ ދިވެހިންގެ ނުރަނގަޅު އާދަތައް ފަޟީހަތް ކުރަން!
1 ގަޑިއިރު ކުރިން ( ޖެނުއަރީ 21, 2020 )
ބަލައިއްބޭ ! އިއްބެ ރައްޓެހި ރައްޔިތުންމަޖިލިހުގެ ނައިބުތައީސްގެ ބަރަހަނާ
ކިތައްފޮޓޯތޯ ؟ އެއުޅެނީ ތިބުނާ ފޭސްބުކުގަ.
މިމިހުންނާ މެދު އިއްބެވެސް ތިހުރީހަނު. ބަރަހަނާވީމަ ދިވެހިން ދެނީ ގަދަރާ
އިއްޒަތް ކަން އިއްބެއަށްވެސް އެނގޭނެދޯ؟
އިއްބެ ހުރުބާ ކަންތަކާ ނޫޅެ ޕީއެސްއެމް ކޮންޓެންޓް ރަނގަޅުކުރެވޭތޯ ބަލަމާ، ކޮންޓެންޓް ހަމަހަމަ ކުރުވަމާ، ހުތުބާ ކަންތަށް ކުރަން ތިބޭނެ ބަޔަކުލާފަ، ހުރިހާ ކަމެއް އެނގުނީމަ ކަމަކުނުދާނެ.
ފަޅާ އަރުވާލާއިރު މީނަ ކަންނޭގެ އެންމެ ކުރީގަ އުޅޭނީ ހަހަހަހަ
ވެބްކެމް ބޭނުން ކޮށްގެން ބަރަހަނާވާ މީހުންގެ އަދަދު ލިސްޓަށް އިތުރު ކުރަން މީނާ ލަދުގަތީ ކީއްވެބާ؟!
ނުވާނެ ތި ކަމެއް . އަދިވެސް ޢަބްދުﷲ ބުނު ޖަދުޢާން ދޮލަނގަކަށް ކާ އެއްޗިހި އަޅާފަ ބެހިވާހަކަޔާ .ޢުޘްމާނުގެފާނުގެ މުދާ ގާފިލާ 10 ދަރުމަ ލިބޭތީ ބައްސަވާލެއްވި ވާހަކަޔާ . މެހްމާނަކަށް ކަމޭ ހިތަންވެގެން ސަޙާބީ ބޭކަލަކު އެ މެހުމާނު ގެންދަވާފަ ދަރިން ކާންހުރި ކާއެތި ކޮޅު މެހުމާނަށް ދީފަ ބައްތި ނިވާލި ވާހަކަ ޚުތުބާގަ ކިއާނީ ... ޤުރްއާނަކީ އަދި ދީނަކީ ވެސް ދިރިތިބީންގެ މައްޗަށް ބާވައި ލެއްވި އެއްޗެއް ކަމަށް ވާ އިރުވެސް މިވެރިން މި ބުނަނީ . ރަސޫލާޔާ ސަހާބީން ނާ ހިސާބުން ދުނިޔެ ދައުރުވުން ހުއްޓުނީކަމަށް . ކޯރުތަކުގައި ހިނގަ ހިނގަ ހުރި ފެނާ ފެން އާރުތަކުން ފައިބަ ފައިބާ ހުރި ފެން އަދި އުދުހި އުދުހި ތިބި ދޫނިތަކާއި ކޮޅުކޮޅަށް ގޮސް ގޮސް ހުރި ވިލާތައް ހުއްޓުނީކަމަށް ހަދައިގެން މިވެރިން މިތިބީ . އެކަމަކު . ޙަޤީޤީ ޙާލަތަކީ ޢަބްދުﷲ ބުނު ޖަދުޢާން މެން ނުދަންނަ ޕޯން ސައިޓް ތަކަށް ދިވެހިން އެބަ ވަދެޔޭ . އެކަހަލަ ހުރިހާ ކަމެއް އެބަވޭ .
އިއްބެ މުޅި އުމުރު ހޭދަކުރަނީ ޓީވީއެމްގައި. ތިޔަ ބުނާ ކަންތަކާ ގުޅޭ ގޮތުން ޕްރޮގްރާމް ހަދައި ޓީވީން ނުދައްކަނީ ކީއްވެގެން؟ ހުކުރުދުވަސް އަންނަނީ ހަފުތާއަކު އެއްފަހަރު. ކޮންމެދުވަހަކު ކޮންމެ ރެއަކު ކޮންމެ ގަޑިއަކު ތިޔަ ބުނާ ކަންތަކާ ބެހޭގޮތުން ހޭލުންތެރިކަން އުފައްދަން ޓީވީން ބަހެއް ނުބުނެވޭނެތަ؟ ހުރިހާކަމެއް އެހެން މީހުންގެ ބޮލަށް ކަނޑަން އުޅޭނޭކަމެއް ނެތް.
ހުކުރު ޚުތުބާގައެއްނޫން ! ކޮންމެފަދަ އެއްޗެއްގައި ލިއެގެން މީހުނަށް އަޑުއިއްވިއަސް ، އަޑުއަހާމީހާގެ އެއްކަންފަތުން ވަދެގެން އަނެއް ކަންފަތުން ނިކުމެގެން ދާހާ ހިދަކު އެއްކަމެއްވެސް ރަގަޅެއް ނުވާނެ ! އިސްލާމް ދީނުގައޮތް ގޮތް ދޫކޮށް އަމިއްލަ ޤާނޫނާއި ޤަވާއިދުތައް ހަދައިގެން އުޅުނީމާ ހުރިހާ ބަލާވެރިކަމެއްވެސް ފާވާނެ ! މިޤައުމު މިވަނީ ހަލާކުވެ ސުންނާފަތިވާން ކައިރިވެފަ ! އެއްވެސް ވެރިއަކު މިކަހަލަ ކަންތަކަށް ފަރުވާލެއް ނުބަހައްޓާ ! ދެން ކޮންމެހެން ލިސްޓް ހަދައިގެން ބެރުދުންމާރި ތާޅަފިލީގާ އެވާހަކަތަށް ގޮވުމަކުން ވާނެފައިދާއެއްނެތް !
ތިޔައީހަމަމުޅީންވެސް ރަގަޅުވާހަކަ ތީގެތެރެއީން ހައްޖުވުމަށް ފަހު އުފާނުލިބޭވާހަކަ އަކީތެދެއް ހައްޖުނުވިޔަސް މިހާރުއަންހެނުން ބޭނުނުން ގޮތަކަކުޅޭ ކުޅިވަރެައް ތިކަމުގެސަބަބުން ޒުވާބުގިނަވެ ވަރިކުރަން ޖެހެނީވެސް މަދެއްކޮއްނޫން.....
ދިރާގު އުރީދޫ އަށް ބަރުހަނާ ސައިޓް ތަކަށް ވަނުން ފަސޭހަކަމާއެކު ހުއްޓުވި ދާނެއެވެ. ނޫނީ ދަތި ކުރެވި ދާނެއެވެ. އެކަމަކު މި ވިޔަފާރި ތަކުގެ ޑޭޓާ ސޭލްސް ކުޑަ ވެދާނެތީ މިކަމެއް ނުކުރާނެއެވެ. ދައުލަތުން މިކަމަށް އެބަޖެހޭ އިންޓަރވީން ކުރަން މި ވިޔަފާރި ތަކަށް އެކަހަކެ ކޮންޓެންޓަށް އެކްސެސް ދިނުން ހުއްޓުވުމަށް. ޤައުމުގެ އިޖުތިމާއީ ފޭރާމު ފުޑިފައި ވުމުގެ ހެއްކެއް ރާއްޖޭގެ އައިއެސްޕީ ތަކުން މިފަދަ ކޮންޓެންޓް ތަކަށް ހުރަހެއް ނެތި ދޫކޮއްފައި ބެހެއްޓުން.
ހުކުރު ހުތުބާއަކީ ނޫހެއް ނޫން. އެއީ މީހުން ފަލީހަތްކުރަން އޮންނަ އެއްޗެއް ނޫން.
ޙަޤީޤަތަކީ އިއްބެ އެބުނީ ވަރަށް ރަނގަޅު ވާހަކައެކެވެ. މިމުޖުތަމަޢު މިއޮތީ އީމާންކަން ކިރިޔާވެސް ހިތުގާއޮވެ މާތްﷲ އަށް ބިރުވެތުވާ މީހަކު ބިރުން ފިތްކަނޑައިގެންދާ ވަރުގެ ދަށު ދަރަޖައިގައެވެ. އިއްބެ އެބުނި ކަންކަން ޤައުމެއްގައި ޢާއްމުވެއްޖެނަމަ މާތްﷲ ގެ ކޯފާ އެބައެއްގެ މައްޗަށް އައުން ގާތެވެ. ނިކަން ހަނދާންކުރާށެވެ. 2004 ގެ ސުނާމީ މަތިން އަދި ހަނދާންނެތޭހާ ދުވަހެއް ނުވެއެވެ. އެއީ ކޯފާއެވެ. މިހާރަކަށްއައިސް ރިސޯޓްތަކުގައި މަސައްކަތްކުރާ ދިވެހި ބައެއް މުވައްޒަފުން ސްޕާޓަކާއި ރިސޯޓް އެހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ އަންހެން ކުދިން ގޮވައިގެން ރަށްރަށަށްގޮސް އެއުޅޭ އުޅުމަކީވެސް ފިސާރި ބިރުހުރި ކަމެކެވެ. ސިސޯޓްތަކުގެ ވެރިންނަށް މިމީހުން ޖަހާ ސަކަރާތް ނޭނގުނަސް ރަށްރަށުގެ ރައްޔިތުންނަށް މިމީހުން ހިންގާ ވިޔާނުދާ ޢަމަލުތައް އެނގެއެވެ. އެހެންކަމުން މިފަދަ މީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅެން ޖެހެއެވެ. އެންމެ ރަގަޅުގޮތަކީ އެކުދިންވެސް އަމިއްލަ ސިކުނޑިން ވިސްނާލައި މިކަމުގެ ބިރުވެރިކަން ހިތްމައްޗަށް ގެނައުމެވެ. މަރުއައިއް ބައްދަލުކުރާނީ ކޮންވަގުތެއްގައި ކޮން ކަމެއްގައި މަސްއޫލްވެގެން ތިއްބައިކަމެއް ނޭގެއެވެ. ދެންއޮތީ ޙަޤީޤީ ޙަޔާތުގެ ފަށުމެވެ. އޭ ޒުވާނުންނޭވެ. އަހަރެންވެސް ހިމެނޭގޮތުން ޢަމަލުތައް ރަނގަޅުކިރުމަށް އަމިއް ނަފުސަށާއި ތިޔަ ކުދިންނަށް ނަޞޭޙަތްތެރި ވަމެވެ. މަރުއައިސް ގޮވާލުމުން މުދަލާ ފައިސާއާއި އަންހެންކުދިންނާއި ދުނިޔޭގެ ލައްޒަތަކީ ބޭކާރު އެއްޗަކަށް ވެގެން ދާނެއެވެ. ދެންއޮތީ ނަކީރު މުންކަރު ސުވާލުތަކަށް ޖަވާބު ދިނުމެވެ. ވަގުތު ނަގާނުލާށެވެ. ހޭއަރައި ތިބެމާތޯއެވެ.
ހަމަ ތިއާއެކު އަންހެނުން ފިރިންނަށް އަދާކޮށްދޭންޖެހޭ ވާޖިބުތަކާ، އަދި ފިރިންނަށް ނުކިޔަމެންތެރިވާ އަނބިންނަށް ދީނީގޮަތުން އޮންނަގޮތާއި، އެމީހުން އެކުރާ ނުބައިކަމުގެ ވާހަކަ ކިޔައިދިނުންވެސް މީ މުޖުތަމައުގަ އަންހެނުންނަށް އަންގަދޭންޖެހޭ ކަންކަން. އަބަދުވެސް އަޑުއިވެނީ ފިރިން އަނބިނަށް އޮތް ވާޖިބާއި އެކަނބަލުންނަށް އަޅާލަންޖެހޭ ވާހަކަ. ދުވަހަކުވެސް އަނބިންނަށް ނަސޭހަތްދޭއަޑެއް ދުވަހަކުވެސް ނީވޭ. މިވެސް އަންގަދޭންޖެހޭ ވަރަށް މުހުންމުކަމެއް.
ކޮބައިތޯ މީހުންގެ ޙައްޤުތައް ހިފަހައްޓާ، މީހުންގެ ޙަލާލްމުދާ ދިރިހުއްޓާ މީހުންގެ މަސްކާފަދައިން ކަމުން ގެންދާމައްސަލައިގެ ވާހަކަތައް؟ ކޮބައިތޯ މީހުންގެ މުދައު ފޭރިގަނެކެން ހިފަހައްޓައިގެން ބޭނުންކުރަން ޙައްޤުވެރިޔާއަށް ނުލިބިގެން އުޅޭ މައްސަލަތައް؟ ކޮބައްިތޯ އެތައްބައެއްގެ ޙައްޤު އެބައެއްގެ ހުއްދަނެތި ސަރުކާރުން ވަކިމީހަކަށް ޙަވާލުކޮށްގެން އުޅޭ މައްސަލަތައް؟ކޮބައިތޯ އެތައް ބަޔަކަށް ބެހެނިވާ ގޯތިގެދޮރު ސަރުކާރުގެ ބައެއް މުވައްސަސާތަކުގައި އުޅުއްވާ ވަކިމީހަކަށް ޙަވާލުކޮށް ބެހެނިވާ އެހެންމީހުންނަށް އެ ގޯތިގެދޮރުން ޙައްޤުވާމިންވަރުގައި ދިރިއުޅުމުގެ ޙައްޤު ނުލިބިގެން އުޅޭ މައްސަލަތައް؟ މިހެންގޮސް މީހުންގެ ޙައްޤުތަކުގެ ބައިވަރު މައްސަލަތައް .
ޕާޓީ ތައް އެއްފަރާތަށް ޖައްސާލާފައި ނިކަން އިސްލާމީ ޝަރީޢަތް މިތާ ތަންފީޒްރުމަށް ވޯޓު ދެއްވާނެ މެމްބަރުން ތަކެއް ހޮވާބަލަ ރައްޔިތުން އެއްބަސް ކިޔާފަ.
އަލިކަމާއި އަނދިރިކަން އެއްފަހަރާ އެއްތަނެއްގައި ނުހުންނާނެ.. އަލިކަން އައުމުން އަނދިރިކަން ފިލައިދާނެ.. އަދި އަނދިރިކަން ގަދަވެގެންފިނަމަ އަލިކަން ފިލައިދާނެ.. ސަލާމަތް ރައްކާތެރި އަދި ސުލްޙަވެރި މުޖުތަމަޢުއެއްވެސް ބޭނުންވޭ އެކަމަކު ހުރިހައިކަމެއް ދެނެވޮޑިގެންވާ މާތްﷲ އެއްގެވިގޮތަށް ތަރުބިއްޔަތުކޮށްގެން ނުވޭ.. ރޭޕްކުރާމީހުންނަށް އެއްމެ ހަރުކަށި އަދަބު ދޭން އަނގަ ފުޅާކޮށްފައި ބުނަންވެސް ޖެހޭ އެކަމަކު މާތްﷲ އަންވާފައިވާ އަދަބު ކަމަކުނުދޭ.. އެ އަދަބު އިންސާނިއްޔަތާ ޚިލާފުކަމަށްބުނެ ޑިމޮކްރަސީގެ ހަމަތައް ގެންނަންވެސް ޖެހޭ..
އަންނަ ހުކުރަށް އެއްވާ ވަރަށްވުރެ ގިނަ ދުވަސް ނަގާނެ ތިޔަ ހުރިހާ ތަފާސް ހިސާބެއް އެއްކުރަން. ޚުތުބާ ހަދަން ތިބި މީހުން ދީން ކިޔެވި ޒަމާނުގައި ނެތް ކަންކަން ކަންނޭގެ ތި ލިސްޓުގައި ގިނައީވެސް. އެހެން ނޫނަސް ތަފާސް ހިސާބު އާއްމުކުރާނީ ޚުތުބާއެއްގަތަ؟
ޚުދުބާގަ އެންމެގިނައިން ލިޔަންވީﷲ އެކަލާނގެރަ ސޫލާޔައްފުރައއސާރަ ކުރުމާ ކީރިތިގުރުވާދޮގުކުރުމުގެ ނުބާކަމުގެ ވާހަކަ