ޖަލުތައް ބެލެހެއްޓުމުގެ ކަންކަމާއި ހަވާލުވެ ހުންނަވާ ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މަގާމުން ވަކިކޮށްފިއެވެ.

މުނާްޒް އެ މަގާމުން ވަކިކޮށްފައި ވަނީ މިއަދުއެވެ.

ރައީސް އޮފީހުން މުނާޒަށް ފޮނުވި ސިޓީގައި ވަނީ، އެ މަގާމުން އެނާ ވަކިކުރެއްވި ކަމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންނެވި ކަމަށެވެ.

އޭނާ މަގާމުން ވަކިކުރުމަށްފަހު އެ މަގާމަށް އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، އަހުމަދު މުހައްމަދު ފުޅު ވަނީ އައްޔަނުކޮށްފައެވެ.

މުނާޒް މަގާމުން ވަކިކުރިއިރު، ޖަލުގެ ހާލަތު ރަނގަޅު ނުވެ، އޭނާ އަށް ބޮޑެތި ފާޑުކިޔުންތަކެއް ދިޔައީ އަމާޒުވަމުންނެވެ. އެގޮތުން ޖަލުތަކުގައި ހަމަނުޖެހުންތައް ބޮޑުވެ އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށްވެސް އައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މީރާ

    އެއީ ވެރިކަން ބަދަލުވުމުން ކަންކަން ދާ ގޮތެއްނު... ނޫނީ ސިޔާސީ ފައިދާއަށް ކޮމާންޑުކުރާ ގޮތް ގޮތަށް ކަންކަން ނުކުރާތީ ކަމަށްވެސް ވެދާނެ. އިންތިޙާބު ކައިރިވީމަ ވޯޓް އިތުރުކުރުމަށްވެސް ކަންކަން ކުރާނެ.....

  2. Anonymous

    އަޑުން އެޅުވުންް ކެމްޕޭންނަށް. ލަޑަޔާވާނީ ލަޑަޔާއަށް

    9
    1
  3. Alibe

    ސިދާތާވެސް ވަ ކި ކުރަންވީ.

    15
  4. ބާބޫ

    ތިވެސް ރީދޫހުން ޖެހިފައިހުރި ސޮރެއް! ޢެއަށްވުރެ މަތީމަގާމެއް އެޕްރީލްގެ ފަހުން ދޭނެ! ޢަދުން ވަރަށް ހެޔޮކޮށްލިބެން އެބަހުރި ހުކުރުމިސްކިތް ކުރިމަތީ ހުރި ގެޔަކުން!

  5. Anonymous

    މިކަހަލަ ނާގާބިލް ކޮރަޕްޓް މީހުން ޖެހޭނީ ބޭރުކުރަން.