ރ. ރަސްމާދޫގައި އަލަށް އިމާރަތް ކުރާ އިންޖީނުގެ އެޅުމަށް ބަޔަކާއި ހަވާލުކޮށް އެކަމުގެ އެއްބަސްުވުމުގައި ސޮއިކޮށްފިއެވެ.

އެ މަސައްކަތް ކުުމަށް ހަވާލުކޮށްފައި ވަނީ، ޓައިނީ ނީމޯ އާއެވެ.

އެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދެވެ. ނީމޯ ކުންފުނީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ވަހީދުއެވެ.

މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައި ވަނީ 5.5 މިލިއަން ރުފިޔާއަށް ނުވަ މަސްދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އިންޖީނުގެ ފަދަ މުހިންމު ތަންތަން ނުހުންނަ ރަށްރަށުގައި އެފަދަ ތަންތަން އިމާރާތްކޮށް ރަށްރަށުގެ އަސާސީ ކަންކަން ފުރިހަމަ ކުރުމަކީ މިސަރުކާރުގެ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކާފަބޭ2020

    ހހހހހކުރިއަށްބާރަށް ދުވަސްކައިރިވަނީ

  2. ނިރު

    ރައީސް ސޯލިހްގެ މެގަރ ޕްރޮޖެކްޓް މަސައްކަތް ތަކުގެ ތެރެއިން ޕޮޖެކްޓެއް ފެށިގެން ކުރިޔަށް ދަނީ

  3. ޢަލީކޮއި

    ކައުންސިލް އިންތި ހާބު ބޯމަތި ވަމުން އަންނަ ކަމުގެ އަލާމާތް

    5
    1
  4. ފާތުން

    އަލްހަމްދުލިއްލާހި.

  5. ގޯސް ގޯސް

    އިބުރާހިމް ވަހީދަކީ ފެނަކަ ކޯޕުރޭސަންގެ ދެޕިއުޓީ އެމް ޑީ އިނގޭތޯ؟

    • ޒަހާ

      ބަލަ އޭނަ އަށޭ ދިނީ. އަތުން އަތަށް. ހިތުން ހިތައް