ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ގަދަވާނެތީ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފިއެވެ.

ވައި ގަދަވާނެތީ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ މިރޭ 21:00 އިން ފެށިގެން 03:00 އާއި ހަމައަށް ނ.އަތޮޅާއި ލ.އަތޮޅާއި ދެމެދުގެ ސަރަހައްދަށް ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފައެވެ.

ހުދު ސަމާލު ނެރެފައިވާ ސަރަހައްދަށް 23 މޭލައި 29 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އަދި ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.

އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވެސް ލަފާކުރެވެއެވެ.

ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ވެސް ގަދަވާނެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

އެންމެ ފަހުގެ ޚަބަރުތަކާއި ޚަބަރުތަކުގެ ތަފްސީލް "ވަގުތު" ލައިވް ބްލޮގް އިން ފެންނާނެ