އެކިކަންކަމުގައި މަގުމަތީގައި ފުލުހުންގެ ބެރިކޭޑްތައް ބަހައްޓާފަ ހުންނަތަން ފެނެއެވެ. މި ބެރިކޭޑްތަކުގެ ވާހަކަ ދައްކާލަމާ ހިގާށެވެ. ބެރިކޭޑެއް މަގުމަތީގައި ބެހެއްޓުމުގައި ވަކި ބޭނުމެއްވެސް އޮވެއެވެ. ނަމަވެސް ބެރިކޭޑެއް އަދި ތަނެއްގައި ޖެހިއަސް އޭގެ އެންމެ އެދެވޭ ބޭނުން އެހިފުނީކަމަށް ބަލައިފިއްޔާ އެއީ ގޯހެކެވެ. ބެރިކޭޑްތަކުގައި އިސްލާހްކޮށްލަންޖެހޭކަހަލަ ބައެއްކަން ހުރިކަމަށް އަޅުގަނޑަށް ޤާބޫލުކުރެވެތީ މިލިޔުންމުން މިކަން ހާމަކޮށްލެވެނީއެވެ.

ގިނަ ބެރިކޭޑްތައް ހުރީ ވީރާނާވެފައެވެ. ކުލަވެއްޓިފައެވެ. ކޮންމެވެސް ދިމާލަކުން ފަޅައިގެން ނުދާ ބެރިކޭޑެއް ވަރަށް މަދެވެ. ނުވިތާކަށް ބެރިކޭޑުތަކުގައި ހުންނަންޖެހޭ އެއްވެސް ނިޝާނެއް ފެންނާކަން ނުހުރެއެވެ. ބެރިކޭޑްތައް ބަލާފައި މަގުގައި ބެރިކޭޑެއް ބެހެއްޓިފައި ހުރީ މިވެނިކަމެއްގައިކަން އެގޭނެ އެއްވެސް ގޮތެއްނެތެވެ. ހަގީގަތު ބެރިކޭޑްތަކުގައި ނިޝާންތައް ފެންނަން ހުންނަން ޖެހޭނެއެވެ. ނަމަވެސް ކޮންމެ ބެރިކޭޑެއްގައިވެސް ޖަހާފައި އިންނަނީ ހަމައެކެނި "ޕޮލިސް" މިހެންނެވެ.

ހަލާކުވެފައި ހުރި ފުލުހުންގެ ބެރިކޭޑެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ހަލާކުވެފައި ހުރި ފުލުހުންގެ ބެރިކޭޑެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެހެންގައުމުތަކަށް ބަލާއިރު ބެރިކޭޑެއް މަގުމަތީގައި ބަހައްޓައިފި ނަމަ އެ ބެރިކޭޑެއްގައި ކޮންމެވެސް ނިޝާނެއް ފެންނަން ހުރެއެވެ. މިސާލަކަށް އެމަގަކީ ވަންވޭއެއް ކަން އަންގައިދޭ ނިޝާނެވެ. ނުވަތަ ހަތަރު ފުރޮޅި އުޅަނދު ވަނުން މަނާ މަގެއްކަން އަންގައިދޭ ނިޝާނެވެ.

ރާއްޖޭގެ މަގުތަކުގައި ހާއްސަކޮށް މާލޭގެ މަގުމަތީގައި ބަހައްޓާ ބެރިކޭޑްތަކުގައި މިފަދަ ނިޝާން ނުޖަހަނީ އެ ނިޝާންތައް ބެރިކޭޑްތަކުގައި ޖެހުމުގެ އުސޫލެއް، ޤަވައިދެއް ނުވަތަ ޤާނޫނެއް ނެތީމަތޯއެވެ.

ހަލާކުވެފައި ހުރި ފުލުހުންގެ ބެރިކޭޑެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ހަލާކުވެފައި ހުރި ފުލުހުންގެ ބެރިކޭޑެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މި ބެރިކޭޑްތައް މިހެން ހުރުމުގެ ޒިންމާ ނަގަން ޖެހޭނީ ކާކަށް ހެއްޔެވެ. އެގިފައިވާގޮތުގައި މިހާރު މާލޭގެ މަގުތަކުގައި ބޭނުންކުރަމުން އަންނަ ބެރިކޭޑްތަކަކީ 2011 ވަނަ އަހަރުގެ ސާކްސަމިޓާ ދިމާކޮށް ގެނެވުނު ބެރިކޭޑްތަކެކެވެ. އަށް އަހަރު ފާއިތުވެގެން ދާއިރު މި ބެރިކޭޑްތައް ވިރާނެވެ ހަލާކުވެފައިވާ މަންޒަރު ފެންނަ ހަމަ އެންމެ ދިވެހި ފުލުހަކުވެސް ނެތީތޯއެވެ. މިފަދަ ކަންކަމަކީ ބަޔަކު ނުބުންޏަސް އެބައެއްގެ އަމިއްލަ ޒިންމާގެ ތެރެއިން ކުރެވެންޖެހޭނެ ކަންކަމެވެ.

ޓްރެފިކް ޖޫރިމަނާކޮށްގެން ފުލުހުން ކޮންމެ ހަފްތާއަކު މިލިއަނުން ފައިސާ ހޯދާއިރު ބެރިކޭޑުތަކެއް ގަނެވޭނެ ފަދަ އާމްދަނީއެއް އަދިވެސް ފުލުހުންނަށް ނުލިބެނީ ހެއްޔެވެ؟ ބެރިކޭޑެއް ގަނެލެވޭނެ ފެންވަރު ދިވެހި ދައުލަތުގެ ބަޖެޓްގައި ނެތީ ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ޙަޅަ

  ޢަމިއްލަ އަށްފެންނަވަރަށްވުރެ ބެޓްރީޕަވަރ ދަށް! ނޫސްވެރިން މިޖެހެނީ މޮނިޓަރިން ސިސްޓަމް ބަލަހައްޓައިދޭން! ސްޓިކާ ޖެހުމުގެ އިންޑަސްޓްރީގައ ރެޔާއިދުވާލު!

 2. ސޯލިހް

  ބެރިކޭޑް ހަލާކުވެފައިހުރުމަކީ އެއްވެސް މައްސަލައެއްނޫން.އެޑްރެސްކުރަންޖެހޭ މާބޮޑެތި ކަންތައް މުޖުތަމައުގައި އެބަހުރި.އަމިއްލައަށް ޒިންމާނަގަންޖެހޭ މާބޮޑެތިކަންތައް އެބަހުރި.ތަނެއްގައި ހިރަފުސްކޮޅެއް ހުރެގެން ފޮޓޯނަގާ ސޯޝަލްމީޑިއާއަށްލެވޭތޯ މިބަލަނީ.ޚަރަދުކޮށްގެން ތަން ރީތިކުރެވޭތޯ އުޅެނީ.ޚިދުމަތެއް ދެވޭތޯނުބަލާ.ސެލްފް ޑިސިޕްލިން ރަނގަޅުކުރެވޭތޯ ބަލަމާ.

  7
  2
 3. ެުފެދެސާ

  އެއީ ވީރާނަވެފަކަނޫން، ނިމިދިޔަ އަނިޔާވެރި 5އަހަރު ރައްޔިތުން އޮބިއަޅާ މަގުތައްބަންދުކޮށް ރައްޔިިތުން ފަހާބެރިކޭޑްތައް ހިފައިގެން ފުލުހުންދުވެ ރައްޔިތުންނާ ދިމާލައް ބެރިކޭޑްތައް އުކާހެދުމުން ލިބިފަހުރިގެއްލުން، މިހާރު ތިބެރިކޭޑްތަކުގެ ބޭނުމެއްމެތް، ހިޔާލުފާކުކުރުމުގެ މިނިވަންކަމާ އެއްވެއުޅުމުގެ މިނިވަންކަންވަނީ މިނެއްނެތި ދޫކޮށްލެވިފަ

  2
  11
 4. ސިދާތާގެ ބެޑްސީޓް

  ފުލުހުންގެ ޒިންމާ އަކަށް ވަނީ އެ އެއްޗި މަގުމަތީ ބެހެެއްޓުން ބެހެއްޓީމާ އެމީހުންގެ ޒިންމާ ނިމުނީ ތަންކޮޅެއް ކުރިން ހުރި ބުރިޖުން ފައިބައިގެންދާއިރު ބެރިކޭޑެއް އެއްފަޅިވެސް ބަހައްޓާފައި އެއްމެ ފަހުން އެ އެތި ނެގީ އެއަރޕޯރޓް ސާފުކުރި ދުވަހު

 5. ހިޔާލޭ

  ދެން އެއްޗެކޭ ޖަހާލާ ހިތުން ލިޔެލިއެއްޗެއްދޯ.

  1
  6
 6. ހިޔާލޭ2

  ދެން އެއްޗެކޭ ޖަހާލާ ހިތުން ލިޔެލިއެއްޗެއްދޯ.

  1
  5
 7. ޒްޓިކާ

  ފަޅައިގެންގޮސް ހުރި ދިމާ ދިމާލުގަވެސް ސްޓިކާ ހިއްޕާލާ ރަނގަޅުވާނެ

 8. ބެރި

  އިސްޓިކާ ޖާހާ ބެރިކޭޓުގަ.

 9. ސީސީ

  ޤައުމަކު ފައިސާއެއް ނެތް ބެރިކޭޑު ގަންނާކަށް. ރައްޔިތުންގެ އަތުގައިވެސް ފައިސާއެއް ނެތް. ނިކަން ބައްލަވާ، ބޮޑެތި ބައެއް ރެސްޓޯރަންޓް އަދި ހޮޓާ ، ކެފޭ ފަދަ ތަންތަނުގެ ވިޔަފާރި ތައް ދަށް. އެތަންތަނުން ވިޔަފާރިއެއް ނުވޭ. ބައެއް ތަންތަން ބަންދު ކޮށްފަ މާލޭތެރޭ. ބައެއް ފިހާރަ ކުއްޔަށް ދޭން ބިއްލޫރިގަނޑުގަ އިއުލާނު ޖަހާފަ. ކުއްޔަށް ހިފާނެ މީހަކު ނެތިފަ. ﷲ އަށްޓަކާ ހަދާތެދު. ތިޔަބޭފުޅުންނަށްވެސް ފެންނަން ހުރި ކަންކަން. ބައެއް ގުދަންތަކުގަ ކުއްޔަށް ދޭކަމަށް ޖާހާފަ ގިނަދުވަސް ވެއްޖެ. މީ މާލެތެރެއިން ދުވަހަކުވެސް އަޅުގަނޑު ނުދެކޭ މަންޒަރެއް. އަޅުގަނޑު ވޯޓު ދިނީ މި ސަރުކާރަށް. އެކަމާ ވަރަށް ދެރަވޭ. ﷲ ގަންދީ ހުވާ ކޮށްފަ މި ދަންނަވަނީ ދެން ދުވަހަކުވެސް އެމް.ޑީ.ޕީ އަކަށް ވޯޓެއް ނުދޭނަން. އިންޝާ ﷲ.

 10. ޞާރޕް

  ސިޔާސީ ގޮތުން ޑިސިޕްލިން އޮޕޮޒިޝަން އެއް އޮތީމަ ބެރިކޭޑްގެ މާބޮޑު ބޭނުމެއް ނޯންނާނެ..

 11. ކީކޭ

  ތިޔަށް ކިޔަނީ ޓްރޭޝް ޓޯކްސ

 12. ފުލުސް

  ބެރިކޭޑްތައް މަގުމައްޗަށް ދޫކޮށްލާފައި އެވަނީ އެތަކެތި ބަހައްޓާނެ ތަން ނެތިގެން.

 13. އަހުމަދު އަދީބު

  ބެރިކޭޑު ބެހެއްޓޭނެ ހާލަތު ނެތިއްޔާ ނުބެހެއްޓީމަ ނިމުނީނު، އަދިވެސް ކައުންސިލަރުންނާ މޭޔަރުންގެ މުސާރަ ބޮޑުކުރަން ތިއުޅެނީ ، ސިވިލްސާރވިސް މުވައްވަފުންގެ މުސަރައަށް ވީގޮތެއް އެނގޭމީހަކުވެސް ނެތް ފުކެއް ބޮޑުވަރު