ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމަށް ތިން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން އެކޯޓަށް ޙާޒިރުކުރަން ބޭނުންވެ ޙާޒިރުކުރެވިފައިނުވާ ތިން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދާ ކަމަށެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް/މާލެގަން، ހުރުއަޑި، ޢަލީ ޙަސަންދީދީ (45އ) އާއި ޏ. ފުވައްމުލައް/ފުނާޑު، ގުލިސްތާނުގެ، ޙަސަން އަޙްމަދު (27އ) އަދި ޏ. ފުވައްމުލައް/ހޯދަޑު، ގްރީޓް، އަހްމަދު ޝިޔާމް (41އ) އެވެ.

ޢަލީ ޙަސަންދީދީ ހޯދަމުންދަނީ ފުވައްމުލަކު ކޯޓަށް ހުށަހެޅިފައިވާ ބަނގުރާ ބުއިމުގެ ކުށުގެ ދަޢުވާގެ އިބްތިދާޢީ އަޑުހެއުމަށް، ބަންދުގައި ބަހައްޓައިގެން 2020 ޖެނުއަރީ 26 ވަނަ ދުވަހުގެ 11:00 އަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ޙަސަން އަޙްމަދު ހޯދަމުންދަނީ ފުވައްމުލަކު ކޯޓަށް ހުށަހެޅިފައިވާ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާގެ ޝަރީއަތުގެ އަޑުހެއުމަށް، ބަންދުގައި ބަހައްޓައިގެން 2020 ޖެނުއަރީ 26 ވަނަ ދުވަހުގެ 13:45 އަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އަޙްމަދު ޝިޔާމް ހޯދަމުންދަނީ ފުވައްމުލަކު ކޯޓަށް ހުށަހެޅިފައިވާ ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދަޢުވާގެ އިބްތިދާއީ އަޑުހެއުމަށް، ބަންދުގައި ބަހައްޓައިގެން 2020 ޖެނުއަރީ 26 ވަނަ ދުވަހުގެ 14:00 އަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޙާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މިތިން މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކުޑަތުއްތު

    ތިޔަ ތާކުނެތް ސައްކުކުރާ ކަހަލަ ގޯސް މޫނެއް ވަރަށް މާތް މޫނުތަކެއްތީ

  2. ޒިޔާ

    ހ. ކޯލީފޮލާވަރ ގަ ތިޔަ މީހުން ދިރިއުޅެނީ!!!!

  3. ހައްޖަ

    ތިޔަ މީހުން ވައްތަރީ މޫސާގެފާނު ޒަމާނު ސިހުރު ހަދަން އުޅުނު މީހުންނާއި.