ހަތަރު މީހަކު ތިބި އުޅަނދެއް އަޑިއަށް ގޮސް އޭގައި ތިބި ހަތަރު މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފިއެވެ.

އަޑިއަށް ގޮސްފައި ވަނީ 40 ވަރަކަށް ފޫޓްގެ ދޯންޏެވެ. ކަނޑުވި ހަތަރު މީހުން އެސަރަހައްދުން ދަތުރުކުރި ޑައިވިން ދޯންޏަކަށް ފެނިގެން ވަނީ ނަގާފައެވެ.

ކަނޑުވި އެންމެންގެ ހާލު ވެސް ރަނގަޅެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ހަތަރު މީހުންނާއި އެކު ދަތުރު ކުރި އުޅަނދެއް ކ.އިތާފުށި ކައިރިއަށް އަޑިއަށް ދިޔަ ކަމުގެ ރިޕޯޓް ލިބިގެން މާލޭ އޭރިއާ ސިފައިން ހަރަކާތްތެރިވި ކަމަށެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ކޮށްފައި ވަނީ 10:45 ގައެވެ.