ނުރައްކާތެރި ފައިދިގު މަކުނެއް ކަމަށްވާ ބްރައުން ވިޑޯ ކ.އަތޮޅު ހުރައާއި ތުލުސްދޫ އިން ވެސް ފެނިއްޖެއެވެ.

މީގެ ކުރިން މާފުށިން ވެސް ވަނީ މިބާވަތުގެ މަކުނު ފެނިފައެވެ.

ފުލުހުން ވިދާޅުވީ، ކ. މާފުށިން ފެނުނު މަކުނު ތަކެއްގެ ސާމްޕަލް ހެލްތު މިިނިސްޓްރީ އަށް ފޮނުވުމުން، އެމަކުނު ތަކަކީ ބްރައުން ވިޑޯ ކަމަށް ހެލްތު މިނިސްޓްރީގެ ވެކްޓަރ ކޮންޓުރޯލް ޔުނިޓުން ކަށަވަރުކޮށްދީފައި ވަނިކޮށް، ފާއިތުވި 24 ގަޑިއިރު ތެރޭގައި މިބާވަތުގެ އިތުރު މަކުނުތަކެއް ކ. އަތޮޅު ހުރާ އަދި ތުލުސްދޫ އިން ފެނިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ.

މިރަށް ތަކުގެ ކައުންސިލާއި ގުޅިގެން މި މަކުނުތައް ނައްތާލުމުގެ މަސައްކަތް މިހާރު ކުރެވުމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ބްރައުން ވިޑޯ މަކުނު ނުވަތަ ބްރައުން ވިޑޯ ބިސް ފެނިއްޖެ ނަމަ، އެ އެއްޗެއް ނަގައި ނައްތާލުމަށާއި، އެއެއްޗެއް އަންދާލުން ނޫން ގޮތަަށް ނައްތާނުލުމަށް ހެލްތް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ.

ބްރައުންޑް ވިޑޯ މާފުށިން ފެނުމާއި ގުޅިގެން،ކަމާއި ގުޅޭ ފަރާތްތަކާއި ގުޅިގެން މުޅި ރަށް ބަލައި ފާސްކުރުމުގެ މަސައްކަތް ފެށުމަށް ދަނީ ކުރަމުންނެވެ. އަދި މީހުން ދިރިއުޅޭ ގޯތިގެދޮރާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައިވާ ތަންތަނުގައި މިފަދަ މަކުނެއް ނުވަތަ ބިހެއް ހުރިތޯ ބަލައި އެތަކެތި އަންދާލުމަށް އެރަށު ކައުންސިލުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މުޙައްމަދު މުދުހިޝް Mudhish

    ބުޅަލާއި ކާޅާއި ވާ ހިމާޔަތްކުރާ އީޕީއޭ އިން މަކުނު މަރަން ހުއްދަދޭތަ. އަދި އެވެސް މިބުނަނީ އަންދާލާށޭ. ހެޔޮނުވާނެ

    21
    7
  2. ކަށިކެޔޮ

    ތީ މިއުޅޭ އަންހެންވެރީން ބުރުގާ ބާލަން ފެށީމާ ގިނަވާން ފެށި އެއްޗެއް

    18
    4
    • XD

      ތިހެންވީއިރު ބޮލުގަތާ އަޅާފަ ހުންނާނީ.

  3. މާމިގިލީ މިހާ

    2016 ވަނަ އަހަރު މާމިގިލިން ވެސް ގިނަ އަދަދެއްގެ ބުލަކު ވިޑޯ މަކުނު ތަކަކާއި ބިސް ތަކެއް ފެނުނު. މިހާރުވެސް މާމިގިލީގަ އުޅެދާނެ އޭގެ މަކުނު. ބުރުމާ މާމިގިލިއަށް ގެނައި ހަދިޔާއެއް އެއީ.

    15
    4
  4. އަބް

    ގޭ ކައިރީގައި ގެސްޓްހައުސް ހަދައި އެކި ކަރަކަރައިން މީހުން އަންނަން ފެށީގެ އިތުރު ކަންކަން ހިގާނެ..

    21
  5. ހަގީގަތް

    ވައި ސޯ ވޮރީ އެބައުޓް އިޓް. މާމިގިލީގަ މިހާރުވެސް އުޅޭ ތީގެ މަކުނު. ބަޓް ދޭ ޑަސަންޓް ހާރޓް އެނީވަން. ވ ފަހުންވެސް ދެކުނިން ހޮލިޑޭ ސައިޑް ޖެޓީ ކައިރިންވެސް ތީ ގެ ބްރައުން ވިޑޯއެއް. ތިއައްވުރެން މާ ދުއްތުރާ ބޮޑު ކާޅާ ވާލުގެ. ތީގެ މަކުނައްވުރެން ގެއްލުންދޭ އެއެއްޗެހި. ހުވާމިބުނީ

    14
    5
  6. ސޭކްސްތާން

    ތިޔަ ފައިދިގު މަ ކުނަށް ވުރެ ލަދީނީ ސަރުކާރާއި ލާދީނީ އެމްޑީއެން ރިޕޯޓް ލިޔުން މީހުންނާއި ލާދީނިއްޔަތު ފަތުރަން އުޅޭ އެމްޑީޕީއާއި އަންނި މާ ނުކުރައްކާ ނޫންތޯ. މި މީހުން ނައްލާތަންވީ ފުރަތަމަ އޭގެ ފަހުން މަކަނާ ހިފާނީ..

    6
    3
  7. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ހަބަރެއް ލިޔާއިރު ތި މަކުނުގެ ނުރައްކަލަކީ ކޮބައިކަން ކިޔައިނުދެވެންޏާ ހަބަރުގެ ބޭނުމެއްނެތް. ނުސްބަލާއިރު މަކުނެއް ފެނުނުވާހަކަ. މަކުނު އުޅެފާނެއެއްނު.

    10
  8. މޯދީ

    ތިޔައީ އިންޑިއާގެ އަންނުފިލުވާ ރޯގެ އެޖެންޓުން ތަކެއް ތިތަންތަނަށް ދޫކުރި އެއްޗެހިތަކެއް. އަދި އައްޑު އަތޮޅާއި އެހެން ރަށްރަށުންވެސް ފެންނާނެ. ރާއްޖެ އަޅުވެތިކުރަން ދިވެހިންގެ ނަސްލު ސާފުކޮށްލަން، ޓޫރިޒަމް ފުޑާލަން ހިންގާ ދުރު ރާސްތާގެ ޕްލޭނެއްގެ ބައެއްތީ.

  9. އިބްރާހީމު

    ތިޔަ މަކުނުގެ އާއިލާއަށް ދިވެހިން ކިޔަނީ ބަދި މަކުނު. ބްލެކް ވިޑޯއަށް ކަޅު ބަދިމަކުނު. ބްރައުން ވިޑޯއަށް މުށި ބަދިމަކުނު. "ބަދި" ކިޔަނީ އެސޮރުގެ ހަށިގަނޑު ރާބައްޖެއް ކަހަލަ ވައްތަރަކަށް ހުންނާތީ. އެ ވެސް ހަމަ ބުނެލީ. މައުލޫމާތަށްޓަކައި.