އަންހެން ކުދިން ހިތާނު ކުރުމާއި ބެހޭގޮތުން އިސްލާމިކް މިނިސްޓްރީން ދީނީ ރައުޔެއް ހޯދަން ފަތުވާ މަޖިލީހަށް ހުށަހަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން މިކަން އެދިފައި ވަނީ އަންހެނުން ހިތާނު ކުރުމުގައި އޮންނަ ގޮތެއް އޮޅުން ފިލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީއަށް އެދުމުންނެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ސޮއިކުރައްވައި ފަތުވާ މަޖިލީހުގެ ރައީސް އައްޝައިހް މުހައްމަދު ރަޝީދު އިބްރާހިމަށް ފޮނުއްވި ސިޓީގައި ވަނީ މިކަމާއި ބެހޭ ގޮތުން އޮންނަ ގޮތެއް ވީ އެންމެ އަވަހަަކަށް ބައްލަވައި އެމިނިސްޓްރީ އަށް ފޮނުވައިދިނުމަށެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، މިނިސްޓްރީ އިން މިކަމަށް އެދިވަޑައިގެންފައި ވަނީ އެޗްޕީއޭގެ އެދުމަކަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އިން މިކަމަށް އެދިފައި ވަނީ މިމަހުގެ ފަސްވަނަ ދުވަހު ކަަމަށާއި އަދިވެސް އެކަމުގެ ޖަވާބެއް ލިބިފައި ނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަންހެނުން ހިތާނު ކުރުމަކީ މީގެ ކުރިން ރާއްޖޭގައި ކޮށްފައިވާ ކަމެއް ކަމަށް ވެއެވެ. އަދި ބައެއް މީހުން އަދިވެސް އެކަން ކުރަމުން ދާކަމަށް މައުލޫމާތު ލިބެއެވެ.

އަންހެނުން ހިތާނު ކުރުމަކީ އެކަމުގައި ގިނަގުނަ ސިއްހީ މައްސަލަތަކެއްވެސް ދިމާވާ ކަމެއް ކަަމަށާއި، އަދި ދީނުގައިވެސް އެފަދަ ކަމެއް ކުރުމަށް ނޯންނަ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ބޮޑުކަމެއްނު

  ޢަންހެނުން ގިރައިގެން ބޯންވީނު . ކިހާ ދެރަ ކަމެއް

  16
  2
 2. ޔޫސޭ

  ރަނގަޅު ކަމެއް ހިތާނީ ތުއްތީދިބެގެ އާއްމުދަނީ ވަރަށްބޮޑަށް އިތުރުވާނެ ތިކަން ފައްޓައިފިއްޔާ

  1
  12
 3. ފިއްޓޭ

  މީ ރާއްޖޭގައި ކުރާ ކަމެއްބާ. ނޫނީ އަލަށް ފައްޓަން ބޭނުން ވަނީބާ؟

  12
  3
  • ޢަލީ

   ކުދަކުދިންނާ ބެހެން ވެގެން ކިރަން އުޅޭކަމެއް ތީ ވަރައް ނުރައްކާ ކަމެއް ތީ

 4. ބްރޯ

  އަންހެނުން ހިތާނު ކުރުމެއްނޯވެ . އެއީ ހުއްދަކަމެއްނޫން .ކުރީގަ އެއްޒަމާނެއްގަ ހިގާފަ އޮތަސް ފަހަކަށް އައިސް މިކަމަކީ ރައްޖެގަ ކުރާކަމެއްނޫން.

 5. ކޮސް

  ތިކަންތައް ވީއެންމެ ފުޅާ ދާއިރާއެއްގައި ފަށާ. ނުކޮށްތިބި އަންހެނުންވެސް އަލުން ކުރާ. އެމީހުންގެ ހަށިމަސްކޮޅު ހުރިހާ ނުބަޔަކީ

 6. Anonymous

  އެޖެންޑާ 19 ތަފާތު ވާނެ
  ހުޅަނގުން ބޭނުންވާ ހުރިހާ ކަމެއް ކުރާނެ

 7. Anonymous

  އިސްލާމީ މިނިސްޓަރު ރޯނު އެދުރެއް ނޫންބާ

  1
  1
 8. ސިދާތް

  އެއިރަކައްނުކިޔާނެ ކުދިން ރޭޕުކުރަނިޔޭ އެއިރުންކިޠާނީ ހިތާނު ކުރަނިޔޭ

 9. ކޮރަލް

  މަސާޖް ޕާލާ އާއި ޑްރަގް އަދި ރަލާ ސިނގިރޭޓް އާ ބެހޭ ގޮތުން ވެސް ފަތުވާ ނޫނީ ހުކުމް ހޯދުމަށް ގިނަ ބަޔަކު މިނިސްޓްރީ އަށް ހުށަ ހަޅަން ވީ އެވެ.

 10. ހޫ

  ތިކަމަކީ ސިއްހީއެތައް މައްސަލަ ތަކެއް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ނުކުންނާނެ ކަމެއް ޖާހިލުވިޔަސް ތިދެން ބޮޑުވަރު. ސާޗުކޮށްލައިގެން ބައްލަވާލާ!

  1
  1
 11. .

  ދީނޭ ކިޔައިގެން ނެނގޭ ވާހަކަ ނުދައްކައްޗޭ. ދީނުގަ އޮންނަ ކަމެއް އެއީ

  5
  1