ދެވަނަ ސައުތު އޭޝިއާ ރިލިޖަސް ލީޑާސް ޕްލެޓްފޯމް ފޯ ޗިލްޑްރަންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފަސް ޢިލްމުވެރިއެއް ބޫޓާނަށް ދިއުމަށް ތައްޔާރުވެއްޖެއެވެ.

މި ބޭފުޅުން ބޫޓާނަށް ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

މި ބައްދަލުވުމަކީ " ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް އޮފް ޗައިލްޑް" ( ސީ.އާރް.ސީ ) ގެ 30 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިޔަށްގެންދާ ބައްދަލުވުމުކެވެ.

މި ބައްދަލުވުން އޮތީ ބޫޓާންގެ ކެޕިޓަލް ސިޓީކަމަށްވާ ތިމްޕޫގެ ލެ މެރީޑިއަން ރިވާފްރަންޓް ހޮޓަލުގައެވެ.

ޔުނިސެފްގެ ފަރާތުން ރާވައިގެން ކުރިއަށްގެންދާ މި ބައްދަލުވުމުގައި ސައުތު އޭޝިއާގެ ކުޑަކުދިންގެ ހައްޤުތަކާއި އަދި މި ހައްޤުތައް އަދާކޮށްދިނުމުގައި ދީނީ ޢިލްމުވެރިންގެ ދައުރާ ބެހޭގޮތުން މަޝްވަރާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މި މަހުގެ 28 ހުން 29 ވަނަ ދުވަހަށް ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ " ރިލީޖިއަން އެންޑް ޗިލްޑްރަން ރައިޓްސް އިން ސައުތު އޭޝިއާ " އެވެ.

މި ތީމުގެ ދަށުން މައިގަނޑު ގޮތެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ 4 މައުޟޫއަކަށެވެ. އެއީ ވެލިއުސް، ސްޕިރިޗުއަލިޓީ އެންޑް ޕޮލިސީ ފޯ ޗިލްޑްރަން ޑެވެލޮޕްމަންޓް، ޕްރިވެންޓިން ވަޔަލަންސް އެގެއިންސްޓް ޗިލްޑްރަން، އެންކަރޭޖިން މީނިންފުލް ޔޫތް އެންޑް ޗިލްޑްރަން ޕާޓިސިޕޭޝަން، އަދި ޕްރިވެންޓިން ޖެންޑާ އިންއީކުއަލިޓީ އިން އެކްސެސިން ޗިލްޑްރަންސް ރައިޓްސް އެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ ސީ.އާރް.ސީ ކުރިއަރާފައިވާ މިންވަރާއި، އެކަމަށް ހުރި ގޮންޖެހުންތައް ދެނެގަތުމާއި އަދި ދުނިޔޭގެ ފެންވަރުގަ އާއި ސަރަހައްދީ ފެންވަރުގައި މިކަމުގައި ދީނީ ޢިލްމުވެރިންގެ ދައުރު ބަޔާންކޮށްދިނުމެވެ.

އަދި ސައުތު އޭޝިއާގެ 8 ގައުމުގައި ސީ.އާރް.ސީ ކުރިއެރުވުމުގައި އެކި ދީންތަކާއި އަދި ދީނީ ލީޑަރުންގެ ނުފޫޒު އޮތް ދާއިރާތައް ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން ދީނީ ލީޑަރުން ސީ.އާރް.ސީ ހަލުވިކަމާއެކު ކުރިއަރުވަން އަދާކުރެވިދާނެ ރޯލާއި، އަދި އިސްކަން ދޭންޖެހޭ ކަންތައްތައް ދެނެގަނެތުމާއި އެކު ދީނީ ޖަމިއްޔާތަކާއި، ޔުނިސެފަށް މިކަމަށް ބޭނުންވާ އޮޕަރޭޝަނަލް ސްޓެރެޓެޖީއެއް އެކުލަވާލުން ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވުމަށް ހަމެޖެހިފައިވަނީ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސަލަރ ޑރ. ސަޢުދުﷲ ޢަލީ އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ސީނިއަރ ލެކްޗަރަރ ޑރ.އަބްދުއްސައްތާރު ޢަބްދުއްރަޙްމާން އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މުސާއިދު ވާއިޒު އައްޝައިޚް ޢިއްޒުއްދީން ޢަދްނާނު އަދި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ލެކްޗަރަރ އައްޝައިޚް ނިމާލް މުޙައްމަދުގެ އިތުރުން، އިސްލާމިކް މިނިސްޓްރީގެ ދާވާ ސެކްޝަން އައް ޝޭޙާ ތަސްލޫމާ އަހުމަދުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިޔާމީހާ

    ދީނީ ޢިލްމުވެރިންނަށް ދަންނަވާލަން: ތިޔަ ވަޑައިގެންނެވެނީ ވަރެއްގެ ގައުމަކަށް. އަޅުގަނޑުގެ އަމިއްލަ ތަޖުރިބާގައި ދަންނަވާނީ އެ މީހުންނަކީ ތަޢައްޞަބުގެ ގޮތް ވަރަށް ބޮޑު ބަޔަކަށްވާތީ ވަރަށް ބުއްދިވެރިކަމާއެކު އެމީހުންނާ މުޢާމަލާތުކުރެއްވުމަށް.

  2. ކިނބިހި

    ތިޔަ އިލްމު ވެރީންނޭ ކިޔާ ބައެއްގެ ފަރާތުން ރާއްޖެއަށް ލިބުނު މޮޅެއް ކޮބައިތަ؟ ތިބީންނަށް ދަތި އުނދަގޫ ޖެއްސުމާއި ބިރުވެރިކަން ފެތުރުން ނޫން ކަމެއް ކުރެވޭތަ؟

    1
    2