ށ.މާއުނގޫދޫގެ ތަރައްޤީ އަށް ތަޞައްވަރެއް އެބަ އޮތް ކަމަށާއި، ވޭތުވެ ދިޔަ ދެ ދަޢުރުވެސް މަސައްކަތް ކޮށްފައިވާނީ، ރައްޔިތުންގެ ލާބައާއި މަންފާ އަށް ކަމަށް، މާއުނގޫދޫ ކައުންސިލް މެމްބަރ އާދަމް ސަލީމް ވިދާޅުވެއްޖެ އެވެ.

އާދަމް ސަލީމަކީ، މާއުނގޫދޫ ކައުންސިލްގެ ރައީސްކަންވެސް ވަރަށް ގިނަ މުއްދަތެއް ވަންދެން ކުރައްވާފައިވާ ހިންގުންތެރި ބޭފުޅެކެވެ. މި އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައިވެސް އެ ރަށު ކައުންސިލްގެ ރައީސް ކަމަށް އާދަމް ސަލީމް ވާދަކުރައްވައެވެ.

މިކަމާއި ގުޅިގެން، "ވަގުތު" އިން ކުރެއްވި ސުވާލެއްގެ ޖަވާބު ދެއްވަމުން ސަލީމް ވިދާޅުވީ، މާއުނގޫދޫ އަށް ތަރައްޤީ އާއި ކުރިއެރުން ހޯދައި ދިނުމަކީ ބޮލުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާ ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، ތިން ވަނަ ދަޢުރަށް ކުރިމަތި ލާއިރު، ކުރިއަށްވުރެވެސް ބޮޑަށް އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މާއުނގޫދޫއަކީ ތަރައްގީއަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް. އެ ރައްޔިތުން އެދޭ ތަރައްގީ ހޯދައި ދިނުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުގެ ޒިންމާއެއް. ސިޔާސީ ދާއިރާގައި އަޅުގަނޑު މަސައްކަތް ކުރަންފެށުމުގެ މަގުޞަދަކީ ރަށު ތަރައްޤީއާއި، ރައްޔިތުންނަށް ޚިދުމަތްކޮށްދިނުން. އެގޮތުން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާއުނގޫދޫ ކައުންސިލްގެ ރައީސްކަމަށް އަޅުގަނޑު އިންތިހާބު ވެއްޖެނަމަ މާއުނގޫދޫގެ ތަރައްގީއަށް އަޅުގަނޑު އެކުލަވާލާފައިވާ ތަޞައްވަރު ހަޤީޤަތަކަށް ހެދުމަށް މަސައްކަތް ކުރާނަން." ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ސަލީމް ވިދާޅުވީ، ރަށަށް ތަރައްޤީ ގެނެވޭނީ، ދާއިރާގެ މެމްބަރުގެ އެއްބާރު ލެއްވުމާއި އެހީތެރިކަންވެސް އިންތިހާއަށް ލިބިގެން ކަމަށާއި، އެގޮތުން މިހާރުގެ މެމްބަރުގެ ފަރާތުން އެ އެއްބާރުލުން ވަރަށް ފުރިހަމަ އަށް ލިބެމުންދާ ކަމަށެވެ.

"މެނޭޖްމަންޓްގެ ދާއިރާއިން ފުރަތަމަ ޑިގްރީއާއި ހަމައަށް ރަށުގައި ތިބެގެން ތަޢުލީމް ޙާޞިލްކުރުމުގެ ފުރުޞަތު ފަހިކޮށްދޭނަން. ރަށުގެ ރައްޔިތުން މޫދަށްއެރުމަށް ހިތްހަމަޖެހޭނެފަދަ ސަރަހައްދެއް ރަށުގައި ތަރައްޤީ ކޮށްދޭނަން. 2 ޑޮކްޓަރުންނާއި އެކު 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒެއްގެގޮތުގައި މާއުނގުދޫ ޞިއްޙީ މަރުކަޒު ތަރައްގީކޮށަދޭނަން. އަދި ކުރިއަށް ފަށަންހުރި މަޝްރޫޢުތަކުގެ ތެރެއިން ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި، އަދި ރަށުގެ އިންޖީނުގެ ޒަމާނީފެންވަރަށް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްއޮތް 2 އަހަރު ދުވަހުގެތެތޭގައި ނިންމައި، ރައްޔިތުންނަށް ޚިދުމަތް ލިބޭވަރު ކޮށްދިނުމަށް މަސައްކަތްކުރުމަކީ އަޑުގަނޑުގެ އެންމެ މުހިއްމު އެއް އަމާޒު." ސަލީމް ވިދާޅުވިއެވެ.

ހަމައެހެންމެ، ސަލީމް ވިދާޅުވީ، މާއުނގޫދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބު ވެއްޖެ ނަމަ، ފުރަތަމަ 3 މަސްދުވަހުގެ ތެރޭ ކުރިއައްއޮތް 5 އަހަރު ދުވަހުގެ މާއުނގޫދޫގެ ތަރައްޤީގެ ޕްލޭނެއް އެކުލަވާލާނެ ކަމަށާއި، ޕްލޭން އެކުލަވާލައި ތަންފީޒުކުރުމުގެ ފުރިހަމަ ޤާބިލްކަމާއި، ތަޖުރިބާއާއި، ހިތްވަރު އެބަ ހުރި ކަމަށެވެ. އަދި މި ޕްލޭން އެކުލަވާލުމުގައި މުއައްސަސާތަކާއި، ޖަމްއިއްޔާތަކާއި، އާއްމު ރައްޔިތުންގެ ބައިވެރިވުންވެސް ހޯއްދަވާނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހޫދު

    ކޮން ތަސައްވަރެއް. މަސްތުވާތަކެތި ބޭނުންކޮށްގެން ސާބިތުވީމަ ކައުންސިލްގެ ރައިސްކަމުން ވަކިކުރީ. ކުރިން ޕީޕީއެމްގަ ހުރެފަ މިފަހަރު ޔެލޯ ޕާޓީއަށް އޭނަ ވަނީ. މީ މީނާގެ ފެންވަރު

    7
    7
    • ރަށު މީހާ

      ޕީޕީއެމް އިން ނެރެގެން އުޅެނީ މަސްތުވާ އެއްޗެހި ބޭނުން ނުކުރާ މީހުންގެ އަނބިން ކައަރިއަށް ނުވަންނަ ތެދު އަލިފެއްތަ؟

  2. މާއުނގޫދޫ މީހާ

    އެކަމަކު ހަމައިގަ ހުންނަ ވަގުތު އިތުރުކޮށްގެން ތިކަން ކުރެވޭނީ.

    5
    5
  3. ހަނީފު

    ރައީސް ކަމަށް ޕީޕީއިން ނެރެގެން އުޅެނީ ނުބޯކުދިން. ހަމަހިނިއަންނަނީ.

    12
    1
  4. ހާރީ

    ކޮން މީހެަްގެ ނަމުގައި ކޮންމެ ނަމުގައި ކޮންމެ
    ޢެއްޗެއްވެސް ލިޔެވިދާނެ.

  5. ހާރީ

    ކޮން މީހެަްގެ ނަމުގައި ކޮންމެ ނަމުގައި ކޮންމެ
    ޢެއްޗެއްވެސް ލިޔެވިދާނެ. ތީ ހަމަ ހޮޅި ވާހަކަ.

  6. ާިަަރަށްޔިތުމީހާ

    އަހަރުމެންނަށް އިތުބާރެއް ނެތް. 2 ދައުރުން ފުދިއްޖެ. ރައީސް މައުމޫނަށް ނުވޭ.

    1
    1
  7. ފަރީދު

    ގާޒީބެ ބުނީ ތިމަންނަ ތާއީދެއް ނުކުރަމޭ.

  8. ސައީދު

    ތީ ސަލީމްބޭގެ އެޖެންޓެއް. ޕާޓީ އައް ވަފާތެރި އެއް ނުވާނެ

    1
    1
  9. ނައީމް

    ތިވާނީ ހަމަ ތިޔަށް

  10. މުހައްމަދު

    ޕާޓީ އައް ވެއްދުމުގައި އެއްބަސްވި ގޮތައް ޓިކެޓް ދިނީ. އަހަރެމެން ތާއީދެއް ނެތް.

  11. ނައީމް

    ތިވާނީ ހަމަ ތިއަށް

    1
    1