އަންހެނުން ހިތާނު ކުރުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގެ ލަފަޔަކަށް އެދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ފޮނުވި ސިޓީ ހެލްތް މިނިސްޓްރީން ބާތިލްކޮށްފިއެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ސޮއިކޮށް، އެޗްޕީއޭގެ ޑިރެކްޓަރ މައުމޫނާ އަބޫބަކުރަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ، އަންހެނުން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ހިތްވަރުދޭ ކަމެއްވެސް ނޫން ކަމަަށާއި، މިކަމުގައި ލަފައެއް ހޯދަންޖެހޭ ހާލަތެއް އޮތް ކަމަށްވެސް ނުދެކޭ ކަމަށެވެ.

އަދި އެޗްޕީއޭ އިން ފޮނުވި އެ ސިޓީ ބާތިލްކޮށް އެކަން އިސްލާމިކް މިނިސްޓްރީއަށް އެންގުމަށް އެ ސިޓީގައި ވެއެވެ.

އަންހެން ކުދިން ހިތާނު ކުރުމާއި ބެހޭގޮތުން އިސްލާމިކް މިނިސްޓްރީގެ ލަފަޔަކަށް އެޗްޕީއޭ އެދުމުން އެކަމުގައި ދީނީ ރައުޔެއް ހޯދަން ފަތުވާ މަޖިލީހަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީގެ ފަރާތުންނެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ސޮއިކުރައްވައި ފަތުވާ މަޖިލީހުގެ ރައީސް އައްޝައިހް މުހައްމަދު ރަޝީދު އިބްރާހިމަށް ފޮނުއްވި ސިޓީގައި ވަނީ މިކަމާއި ބެހޭ ގޮތުން އޮންނަ ގޮތެއް ވީ އެންމެ އަވަހަަކަށް ބައްލަވައި އެމިނިސްޓްރީ އަށް ފޮނުވައިދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮރަލް

    ކެންސަރަށް މަގުފަހިވާ ކާނާ ރާއްޖޭގަ ވިއްކުމަށް ފިހާރަ ަތކުގަ ހުންނަ މައްސަލަ ގިނަ ބަޔަކު އެޗްޕީ އޭ އަށް ހުށަހަޅަން ޖެހެ އެވެ. އަޖިނަމޮޓޯ ، ސޮސެޖް ، އެނާޖީ ޑްރިންކް ، އަދިވެސް ...................

    13
    4
  2. ދިވެއްސެއް

    އިސްލާމްދީނާއި މެދު ޖާހިލު މުޖްތަމައެއްގައި، ދީނާއިމެދު ޝައްކުއުފެއްދުމާއި ޖޯކުޖެހުމަށް ކުރެވޭ މަސައްކަތައް ނޫންބާ.

    10
    2
  3. ދިވެހީންގެ ސިއްހަތު

    ތަރުކާރީ އާއި މޭވާ ހައްދާ ފަރަތްތަކުން ކެމިކަލް ބޭނުންކޮށް ދުވަސް ނުފުރާ އެތަކެތި ބިދެ މަރކެޓްކޮށް ހަދާ. މާރުކޭޓު ގައި ވިއްކަން ބަހައްޓާ ފިނކުރި ރޯމަސް އެދުވަހަކު ވިއްކާ ވަރަކަށް ވިއްކަފަ ބާކީވާ ރޯ މަސް ކޮޅު އަނެއް ދުވަހު ވިއްކަން އެ ބަލާ ޖެހިގެން އޮތް ކަޑިންމަ ގައި އަޅާފައިވާ އިންޖީނެއް ނެތް ދޯނި ގައި ހުންނަ އައިސް ފޮއްޓަން. މާލޭ ދިރިއުޅޭ ކިތައް ރައްޔިތުންގެ ސިއްހަތާއި ގުޅިފަ ވާކަމެއްތޯ. ކޮބާ ސަރުކާރުގެ ޒިންމާ ކޮބ؛ ސިޓީ ކައުންސިލް ގެ ޒިންމާ

    9
    1
  4. Anonymous

    ދިވެހި ލޮބުވެތި ރައްޔިތުންނޭ ސަމާލުވޭ. އެޖެންޑާ 19 ހަނދާނުގައި ބަހައްޓަވާ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބަށް

    9
    1