ސްޓެލްކޯ އާއި ޝްނެއިޑަ އިލެކްޓްރިކް ކުންފުނި އާއި ގުޅިގެން ބޭއްވި SF6 ގޭސް ފިލިންގް ޓްރެއިނިންގް ޕްރޮގްރާމް ނިންމައި، ބައިވެރިންނަށް ހަނދާނީ ލިއުން ހަވާލް ކޮށްފިއެވެ.

މި ޕްރޮގްރާމްގައި ސްޓެލްކޯގެ މާލެ އަތޮޅުގެ ރަށްތަކުގައި މަސައްކަތް ކުރައްވާ 20 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ސްޓެލްކޯ އާއި ޝްނެއިޑަ އިލެކްޓްރިކް ކުންފުނި އާއި ގުޅިގެން ބޭއްވި SF6 ގޭސް ފިލިންގް ޓްރެއިނިންގް ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިއުން ހަވާލު ކުރަނީ--ވަގުތު އިމޭޖެސް އަޝްހާދު އަބްދުﷲ

މިއަދު ސްޓެލްކޯގެ އޮޑިޓޯރިއަމްގައި ބޭއްވި މި ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ފުރަތަމަ 10 މުވައްޒަފުންނަށް ހަނދާނީ ލިޔުން ހަވާލް ކޮށްދެއްވާފައިވަނީ ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު އަދި ޝްނެއިޑަ އިލެކްޓްރިކް ކޮމްޕެނީގެ ޓްރެއިނަރ ޕްރަސައްނާ އަބޭޔާވިކްރާމާއެވެ. އަދި ފަހު 10 މުވައްޒަފުންނަށް ހަނދާނީ ލިޔުން ހަވާލް ކޮށްދެއްވާފައިވަނީ އެ ކުންފުނ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޢުނީ އާއި ޝްނެއިޑަ ކުންފުނީގެ ހަޝަން ކުރުއްޕުއެވެ.

ސްޓެލްކޯ އާއި ޝްނެއިޑަ އިލެކްޓްރިކް ކުންފުނި އާއި ގުޅިގެން ބޭއްވި SF6 ގޭސް ފިލިންގް ޓްރެއިނިންގް ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިއުން ހަވާލު ކުރަނީ--ވަގުތު އިމޭޖެސް އަޝްހާދު އަބްދުﷲ

ދެ ދުވަހުގެ މުއްދަތަކަށް ސްޓެލްކޯ އާއި ޝްނެއިޑަ އިލެކްޓްރިކް ކުންފުނި އާއި ގުޅިގެން ބޭއްވި SF6 ގޭސް ފިލިންގް ޓްރެއިނިންގް ޕްރޮގްރާމް ކުރިއަށް ފަށާފައިވަނީ އިއްޔެއެވެ.