ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވާނެ ކަމަށް ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފައި ވަނީ، ނ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށެވެ.

މެޓް އޮފީހުން ނެރެފައިވާ އެ ސަމާލުގައި ބުނެފައިަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް އެވްރެޖްކޮށް ގަޑިއަކު 23 މޭލާއި 29 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހެނޭ ކަމަށެވެ. އަދި ވިލާގަނޑުގައިި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން މި އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ 18:00 އިން މާދަމާގެ 00:30 އަށެވެ.

ރާއްޖޭގެ މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން ވަނީ އިއްޔެވެސް ނ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ހުދު ސަމާލު ނެރެފައެވެ.