ވަގު ޕާސްޕޯޓުތަކެއް ބޭނުންކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅުނު ބަޔަކު ހިފަހައްޓައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި ވަގު ޕާސްޕޯޓު ބޭނުންކޮށްގެން ފުރަން އުޅުނު މީހުންގެ ތެރޭގައި ހިމެނެނީ ބިދޭސީ ތިން މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 22 އަހަރުގެ ދެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެެއް ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މި މީހުންނާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

ވަގު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވާން އުޅުނު ގިނަ އަދަދެއްގެ ބަޔަކު އިމިގްރޭޝަނުން މިހާތަނަށް ވަނީ ހުއްޓުވާފައެވެ.

ވަގު ޕާސްޕޯޓް ނުވަތަ ސައްހަ ނޫން ލިޔުންތައް ބޭނުން ކޮށްގެން މީހުން ދަތުރު ކުރުމުގެ މައްސަލައަކީ 1960 ގެ ކުރީކޮޅުން ފެށިގެން ފެންމަތިވަމުން އަންނަ މައްސަލައެކެވެ

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    އެއާޕޯޓުގައި މަސައްކަތް ކުރާ އިމިގްރޭޝްން ކުދިންނަކީ ވަރަށް ހުނަރުވެރި ކުޅަދާނަ ބައެއް

  2. ވައްޑެ

    ތިވާނީ އަސްރަފު އަށް ނޭގި ފުރަން ދިޔައީ ކަމަށް. ޢެހެން ނޫންނަމަ ރޭވިގެން ފުރައިގެން ދާނެ.

  3. ނޯ ކޮމެންޓް

    ހެޔޮ ނުވާނެ ދިޔަ ދީބަލަ. ތިހެންވެސް މަދުވޭތޯ ބަލަންވެއްޖެނު.