ޓްރީ ޓޮޕް ހޮސްޕިޓަލުން ފަރުވާ ހޯދި އޮސްޓްރޭލިއާގެ ކުރީގެ ނަރުހެއް އެ ހޮސްޕިޓަލަށް މިއަދު ތައުރީފްކޮށްފިއެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑެތި ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމެނޭ ޓްރީ ޓޮޕަށް ތައުރީފް ކުރީ ނަރުހެއްގެ ގޮތުގައި ކުރިން ކުރިން މަސައްކަތް ކުރި ޕެޓްރިކާ ނޯލަންޑް ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ ޝެރަޓަން ހޮޓެލްސް އެންޑް ރިސޯޓްގެ ވެސް މެމްބަރެކެވެ.

އޮސްޓްރޭލިއާ މީހާ، ޓްރީ ޓޮޕްގެ ނަރުހުންނާ ސަމާސަ ކުރަނީ. --- ފޮޓޯ: ޓްރީ ޓޮޕް

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި ޕެޓްރިކާ އެ ހޮސްޕިޓަލުން ފަރުވާ ހޯދީ ކަކުލުގެ ކަށިތަކަކަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އެކަމަކު، ޕެޓްރިކާ އަށް ސީރިއަސް އެ އަނިޔާ ލިބުނީ ކިހިނެއް ކަމެއް އެ ހޮސްޕިޓަލުން ނުބުނެއެވެ.

ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕުން ފަރުވާ ހޯދުމަށް ފަހު، ޕެޓްރިކާ ބުނީ އެ ހޮސްޕިޓަލުން ލިބުނީ ވަރަށް ރަނގަޅު ހިދުމަތްތަކެއް ކަމަށެވެ. އެ ހިދުމަތްތަކާ މެދުގައި ޝަކުވާ ކުރާނެ ޖާގައެއް ވެސް ނެތް ކަމަށް އޭނާ ބުންޏެވެ.

ޓްރީ ޓޮޕުން ލިބުނު ހިދުމަތްތަކާ މެދުގައި ފަހުރުވެރިވާ ކަމަށް ވެސް ޕެޓްރިކާ ބުންޏެވެ.

މީގެ ކުރިން ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ދުނިޔޭގެ ފެންވަރުގެ ކާމިޔާބު އޮޕަރޭޝަންތަކެއް ކޮށްފައެވެ.

މީގެ ދެ އަހަރު ކުރިން 2018 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ހުޅުވި ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަމާޒަކީ ބައިނަލްއަގްވާމީ ފެންވަރުގައި ސިއްހީ ހިދުމަތް ރާއްޖޭގައި ދިނުމެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަބްދުއްލާ

    އޮސްޓްރޭލިއާގެ ކުރީގެ ނަރުހެއްގެ ތައުރީފް ޓްރީ ޓޮޕަށް

    25 މިނެޓް ކުރިން ( ޖެނުއަރީ 22, 2020 )

    މަރުހަބާ. މުވައްޒިފުންނަށް ޝުކުރިޔާ.

    25
  2. އަނގަ

    ކޮން ޓްރީޓޮޕެއް ފްރީޓޮޕެއް ކިޔާކަށް ޅުހުލެމަ

    1
    13
  3. ަސދަ

    އެއްމެ ގިނައިން ދަނީ ދިވެހިން.
    ދިވެހިންގެ ފަރާތުން މިކަހަލަ ތައުރީފެއް ނުލިބެނީ ތަފާތުކުރުން ހުރީމަ.

    21
    1
  4. ކިޔުންތެރިޔާ

    ޝުކުރިއްޔާ ރައީސް ޔާމީން

    76
    4
  5. ކޮމެންޓޭ

    ކުލަ ދޮން މީހެއް ވީމަ ހޮސްޕިޓާ އެންމެއް އޭނަ އަށް ޚިދުމަތް ކުރުމުގަ. ކަޅު ރޭސިސްޓުން

  6. އަހްމަދުބިންސައީދު

    ތިޔަހާ ޚިދުމަތް ތިޔަ ރަނގަޅުވީ ބޮޑު ކުންފުންޏެއްގެ އޯނަރަކަށްވެފައި މުއްސަނދި މީހަކަށްވީތީ. އާދައިގެ ދިވެއްސަކު ތިތަނުން ފަރުވާ ހޯދާ އިރު ކަމެއް ޖެހުމުން ނަރުހަކު ހޯދަން މުޅިތަނުގައި ދުވަންޖެހޭ. މީހަގީގަތަކީ.