ޖިންސީ ގޯނާ އިތުރުވީ ކުރިން އަޅާނުލެވި އޮތީމަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ ކ.އަތޮޅު ގުރައިދޫގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކަމަށެވެ.

ރައީސް ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވީ ކުރިން އަޅައިނުލެވި އޮތުމުން ކަމަށް ވީނަމަވެސް މިހާރު އެވާހަކަ ދައްކަން ތިބެވެން ނެތް ކަމަށެވެ.

"މިއީ ޒަމާނުއްސުރެ މިކަމާ ދޭތެރޭގައި އަޅާނުލެވި، އޮތް އޮތުމުގެ ސަބަބުން ވެފައި އޮތް ކަމެއް. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް އެ ވާހަކަ ދައްކަން ތިބެވޭކަށް ނެތް. އަޅުގަނޑުމެން ޖެހޭނީ ވަގުތުން ވަގުތަށް އެކަމާ ދޭތެރޭ ފިޔަވަޅު އަޅަން، އެކަން ހައްލުކުރަން. އަޅުގަނޑު ތިބޭފުޅުންނަށް މިރޭ ވެސް ޔަގީންކޮށް މި އަރުވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތްކުރުމަށް ހާވަލުވެ ތިބި ދައުލަތުގެ އެއްވެސް މުވައްޒަފަކު އެއިން ކަމަކަށް އިހުމާލުވެއްޖެ ނަމަ، އެކަމާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު އެ މުވައްޒަފަކާ ދޭތެރޭގައި އަޅުގަނޑު އަޅާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އެއްވެސް މުވައްޒަފަކު ކުޑަކުދިންގެ ކަމެއްގައި އިހުމާލުވެއްޖެނަމަ އެ މުވައްޒިފަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް މިރޭވެސް ޔަގީންކޮށް އަރުވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމަށް ހަވާލުވެ ތިބި ދައުލަތުގެ އެއްވެސް މުވައްޒަފަކު އެއިން ކަމަކަށް އިހުމާލުވެއްޖެނަމަ އެކަމާ ދޭތެރޭ އަޅަންޖެހޭ ފިޔަވަޅު އެ މުވައްޒަފަކާ ދޭތެރޭ އަޅުގަނޑު އަޅާނަން. އަދި ޒިންމާދާރު ކުރުވުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް ފަސްނުޖެހި ކުރާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަންކަން ކުރެވޭނީ އެމްޑީޕީއަށް ކައުންސިލްތައް ލިބިގެން ކަމަށެވެ.

ގުރައިދޫ އަށް ކޮށްދިނުމަށް ނިންމާފައިވާ ކަންތައްތަކަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ އެރަށަށް ދިމާވެފައިވާ ބިމުގެ މައްސަލައަށް މިއަހަރު ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.

"މިރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބިމުގެ ދަތިކަމުގެ މައްސަލަ. މިހާރު ވަނީ ބިން ހިއްކާނެ ގޮތުގެ ޗާޓް ކުރެހިފައި. ބިން ހިއްކުމުން ގަބުރުސްތާނުގެ މައްސަލަ ހައްލު ވެގެންދާނެ. އަދި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތައް ކުޑަ ރަށެއް ވެސް ހަދާނަން. ބޭންކްގެ ޚިދުމަތް މިއަހަރު ފެށިގެންދާނެ. ސްކޫލްގައި އަށް ކްލާސް ރޫމްގެ މަސައްކަތް މިއަހަރު ފެށޭނެ." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

81 ކޮމެންޓް

  1. ވެރިން

    ކުރިޔޭ ފަހޭ ނުކިޔާ އަމަ ލުން ފިޔަވަޅު އަޅާ ތަން ނިކަން ދައްކަބަަ ލަ.މިހަރު ވެރިކަމާ މަޖި ލީސް ވެސް އޮތީކަ ލޭމެން އަތްދަށުގަ.ކީއްވެ ނުކެރިގެން ތިޔައުޅެނީ

    98
    1
    • ޖަނާ

      ބަރާބަރު ވާހަކައެއް. މީނާ ވެރިކަމަށް ގެނައި ރައްޔިތުން ވަރަށް ބޮޑު އުއްމީދުގައި އަދި ގެނެއީމަވެސް ކަންކަން އިސްލާހު ނުގެ ބޮއްސުން ލުމުން ކުރީ ސަރުކާރުގެ އިހުމާލޭ ކިޔާނެ ފުރުސަތު މީނައަށް ލިބިގެން ނުވޭ. ދީނަށް ފުރައްސާރަ ކުރުން އިންތިހާ އަށް ދިޔައީ ވެސް މި ސަރުކާރުގައި. މިހުރިހާ ޖަރީމާ ތައް ގިނަ ވީ މި ސަރުކާރު ގައި. ދެން ކުރީ ސަރުކާރޭ ކިޔާނެ ކަމެއް ނެތް. ކަލޭ މެން ނަށް ދެވޭނެ ފުރުސަތެއް ނެތް. އިސްތިއުފާ ދީ.

      51
      1
    • އަނދިރި އަނިދިރިން

      ކުރީ ސަރުކާރުތަކުގަ އަޅަންހުރިއެއްޗެހި އަޅާނު ލެވިހުއްޓާ ސަރުކާރުތައް ބަދަ ލުވީ އެހެންވެ އަޅާނު ލެވި ބާކީހުރި އެއްޗެހި އަޅަނީ މިސަރުކާރުގަ...މިވެސް ގައުމެއްގެ ރައީސެވިއްޔާ...ކުރާނީކީ..ކުރީ ސަރުކާރުތަކުގަ ނުބޮވިބާކީހުރިއެއްޗެހި މިސަރުކާރުން ބޮމުންގެންދަނީ..އެތެރެނުކުރެވިހުރި ހިކިއެއްޗެއްސާ ދިޔާއެއްޗެހި އެތެރެކޮށް ރައްރަށުގެ ގޮނޑުދޮށުންފެންނަނީ.....

      43
  2. ާފަތޭ

    ހުރިހާ ވައްތަރެއްގެ އެއްޗެތި ފާޅުވާންފެށީ މިސަރުކާރު އައިފަހުން. އެމީހުންނަށް އައި އީދެއްކަހަ ލަ.

    112
    1
  3. ޖިންސީބެ

    އަބަދު ކުރީގަ ކުރީގައޭ ލައްވަ ލައްވަ ހުރޭ ކަލޯ! ކުރީގަ ކަން ކަން ނުކޮށް ހުރީމަތަ ކަލޯ ކަމެއް ނުކޮށް ތިހުރީ.؟؟

    104
    1
  4. މޫސަ

    ޖިންސީ އަނިޔާ އިތުރުވީ ކުޑަ ކުއްޖަކަށް ޖިންސީ އަނިޔާކޮށް ހުކުމް ތަންފީޒު ކުރަމުން ދިޔަ މީހަކު މިސަރުކާރުން ދޫކޮށް ލީމަ

    130
  5. Anonymous

    ނިމިގެން ދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގަައި ހިނގަމުންދާ މަޝްރޫތަކަކީވެސް ކުރީގެ ސަރުކާރުން ސޮއިކޮށް ނިންމާފައިވާ މަޝްރޫޢު ތަކެކޭ. އެކަން މީނާ އަށް ނޭގެނީ. މީނަގެ ކަމަކީ ޒީރޯ ޓޮލެރެންސް ގައި ސެލްފީނެގުމާއި ރާއްޖެއިން ބޭރަށް ދަތުރުކޮށް ނާޗަރަންގީ ކުޅުން

    119
  6. ޖަހިލު

    މީނާ ބަންޑާރަ ބާލިހުގައި ބަގުޑި ބައްދައިގެން އޮންނަތާވެސް ދޮޅު އަހަރު ވެއްޖެ. ދެން ކޮން ކުރީގެ ސަރުކާރޭ ކިޔަކަން

    103
  7. ގޭމީހާ

    ޖިންސީ ފުރައްސާރަ އިތުރުވީ މިފަދަ މައްސަ ލަތައް ސާބިތުނުވެ ނިމޭތީ. މިހެންވެ ހިއްވަރު ލިބެނީ. އެންމެ ފަހުން ނިމުނު މުދިމުގެ މައްސަ ލަ އެެއީ މިިގެ ހެއްކެެއް. 5 ކުދިންނާ ބެހުނު.ސާބިތެއްނުވި. އަނިޔާ ލިބުނު ކުދިން ވޭނާ ކެކުޅުމުގައި. އަނިޔާކުރި މީހާ ސަރުކާރުގެ ބޮޑުންގެ ހިމާޔަތުގައި. މިވެރިކަމުގަ ތިމަންނައަށް އެެއްވެސް ކަމެއް ނުކުރެވޭނޭ ބުނިއަޑު އަހާނެ މީހުނަވެސް ތިބޭނެ. ކަންވަނީވެސް މިހެން. މިބުނާ މުދިމަށް ކަމެއް ކުރާކަށް ރ ޞާ ލިހަކަށް ޔަޤީން ނުކެޜޭނެ. ހޯރަ އިއްބެ ދޫކޮށް ލިހެން މި މުދިމުވެސް އިން ސާނިއްުޔަތައްޓަކައި ދޫކޮށް ލލލލĺލާނީ. ދެން އެތިބީ ޖަނަވާރުން

    69
  8. ހާމަ

    ކުރިޔޭ، ފަހޭ، މެންދަމޭ ކިޔައިގެން ކަމުން ރެކޭކަށް ނޫން ވެރިކަމަށް ހޮވީކީ އެއް. ނުރަގަޅަށް ދާކަންކަން އިސްލާހުކޮށް އަދުލު އިންސާފް ގާއިމް ކުރަން. މިހުރިހާކަންކަން ހިގަމުންދާކަން އެނގިހުރެ އެހުރިހާ ގޮވެއްޔެއް ގޮވަމުން ދޯ ތިހިސާބަށް އައިސް ތިހުރީ، އެކަމަކު ބާރު ލިބުމުން މިގޮވަނީ ގުދޯ ގުދޯ. މިމީހުންނަށް ކީއްކުރަން، އިތުރަށް އެއްބަޔަކަށްވެސް ވޯޓު ލާނެކަމެއްނެތް

    81
  9. ޢަންސާރު

    ކަލޭ ހަވަރަށް ދޭންވީ

    70
  10. Anonymous

    ވެރިކަމަށް އާދެވުނީވެސް ކުރީސަރުކާރުގެ ސަބަބުން، ރައީސްޔާމީނަށް ޙައްގުޝުކުރު.

    88
    1
  11. ހާމަ

    މަޖްލިސް އިންތިޚާބުގަކީ މަޖްލިސް ލިބުނީމައޭ، މަޖްލިސް ލިބިގެން ވީކަމެއް އެބައޮތް، މިހާރު ދެން ކައުންސިލް އިންތިޚާބު، މިފަހަރު ރައްޔިތުންނަށް ކަންކަން ކުރެވޭނެ ކަމުގެ ހެކި ދެއްކީމަ ނޫނީ ރައްޔިތުން ވޯޓު ލާނެ ކަމެއް ނެތް. މިއެންމެން މަރުގެ އަދަބުދިނުމުން ނޫނީ ވޯޓު ނުލުމަށް ރައްޔިތުންނަށް ގޮވާލަން

    68
  12. Anonymous

    ގައިމު ރައީސްޔާމީނު ވެރިކަމަށް އައިސް ތި އަންބާ ނުކިޔާ.

    87
  13. Anonymous

    މިހާރު ވަނީ ބިން ހިއްކާނެ ގޮތުގެ ޗާޓް ކުރެހިފައި. ބިން ހިއްކުމުން ގަބުރުސްތާނުގެ މައްސަލަ ހައްލު ވެގެންދާނެ. އަދި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތައް ކުޑަ ރަށެއް ވެސް ހަދާނަން. ބޭންކްގެ ޚިދުމަތް މިއަހަރު ފެށިގެންދާނެ. ސްކޫލްގައި އަށް ކްލާސް ރޫމްގެ މަސައްކަތް މިއަހަރު ފެށޭނެ ދެންމިސަރުކާރައްކޮންކަމެއްނުކޮއްދެވިގެންތަ މިސަރުކާރު ހިނގާލެއް ލަސްވެގެންތިއުޅެނީ މިއޮތީ އެއްރަށައް އެއްރޭން ކޮއްދެއްވި ކަންތައް ސާބަހޭ ދެން?

    47
    3
  14. ޑެއިލް

    މިސަރުކާރުން ފުރަތަމަ އިހުމާ ލުވީ އިބޫ ސޯ ލިހު. ކުޑަކުއްޖަކާބެހިގެން ޖަ ލަށް ހުކުމްކުރި މީހަކު ދޫކުރީ ޤާނޫނާ ހި ލާފަށް ދޫކުރީ އިބޫ. ތީފުރަތަމަ އިހުމާ ލު. އަވަހަށް ފިޔަވަޅު އަޅާ.

    83
    1
  15. ޛސހސޖ

    އެގެ މަނައަކި މިހަރު އަޅަލަށެއެވެ.

    35
  16. ވަގުކިނބޫ

    ހޯރައިއްބެ ދޫކޮއްލީވެސް ކުރިން އަޅާނުލީމަތަ ހެވާލާ ކަހަލަ ވާހައެއް ދައްކަބަލަ

    75
  17. މުހައްމަދު

    ކުރީ ސަރުކާރު ކުރީ ސަރުކާރު ، ހަމަ އެއް ލަވައެއްހެން ހީވަނީ. މިޔްޒިކުހުރީ ރެގޭ ވައްތަރައް.

    65
  18. ދަވާލި19

    ބަލަ ކުރިންއަޅާލެވުނުކަމުންތާ ހޯރަ އިބުރާހީމާ ޖަލައްލާފަހުރީ އެކަމަކު މިނިވަންކުރީ އިބުރާހީމެއްނޫންތަ؟

    65
  19. ކެޔޮޅު

    ތަރައްގީގެ ޕުރެޖެކްޓްތައްވެސް ވިލިމާލެބްރިޖުވެސް ކުރީސަރުކާރުން ބޮޑުބައި ނިންމިނަމަ މިހާރުނިމެންވެއްޖާސްދޯ؟

    42
  20. ހަޖަމް

    ފަސް އަހަރުގެ ވެރިކަމެއް ނިމިގެންދާއިރުވެސް ކުރިއޭ ކުރިއޭ، ބަލަކުރިން އަޅާނުލާތީއޭ މިސަރުކާރު ރައްޔަތންގެނައީ،

    44
  21. ކެޔޮޅު

    ޖިންސީގޯނާ އިތުރުވީ ހޯރައިއްބެ ދޫކޮއްލާފަ މޯދީއައް ބައިއަތުހިފީމަ!!

    53
  22. މަސީހު

    ރައީސް ވިދާޅުވީ ސަރުކާރުގެ އެއްވެސް މުވައްޒަފަކު ކުޑަކުދިންގެ ކަމެއްގައި އިހުމާލުވެއްޖެނަމަ އެ މުވައްޒިފަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. އެހެންކަމައްވަނީނަމަ ތިޔަވިދާޅުވި ބަސްފުޅައް އަމލީސިފަގެންނަވާ ހޯރައިއްބެދޫކޮއްލުމުން އެބަޖެހޭނޫންތޯ އަމިއްލަޔައް ފިޔަވަޅުއެޅެން އިސްތިއުފާދެއްވާ.

    43
  23. Anonymous

    ކުރިނޭ ފަހަތޭ ކިޔާނެ ކަމެށް ނެކަންނޭގެ ދިވެހިން ލިޔަފަވާ ގާނޫނުގަ އޮންނާނެ ތިކަމުގެ ހަލު އިވުނުމީހަކޭ ފެނުނު މީހަކޭ ކުރިމީހަކޭ ހުރިހާއެން މެންގެ ވާހަކަ ވެސް ގާނޫނުގަ އެބަ ބުނޭ އެކަކަ ވެސް ރެކެވޭނެ ޖާގަގާނޫނުން ނުލިބޭ ގާނޫނު އަރާހުރިހާ އެންމެން ނާ އަރާހަމަކުރަން އެބަޖެހޭ އޭރުން ޖިންސީ ފުރަސާރަ ވެސް ގެވެސިއަނިޔާ ވެސް ހަލު ލިބޭނީ ރައީސް މިބާވަތުގެ މަސަލަތައް ގާނުނުގަ ބުނާ އެންމެންނަ ތަންފީޒު ކޮދީ

    22
  24. ބުޙާރީ

    ގާނޫން އަސާސީން ރައީސް ހަނިކޮށްފަ އޮތް ކަމެއް މާފުނުދެވޭނެ ކުއްވެރިޔަކަށް ހުކުމުން މުއްދަތު ކުރުނުކުރެވޭނެ ކަމެއްކަން އެގިހުރެ ދިވެހި ލޮބުވެތި ހުރިހާ ކުދިންނަށް ރައީސް ތި ވީ ވަރަށް ބޮޑު އިހުމާލެއް.

    30
  25. ފެންވަރު

    އޭނަޔަށްކިހިނެއް ފިޔަވަޅެއް އެޅޭނީ ވެރިކަމަށްއައީވެސް ކައްޗަށް ފިޔަވަޅުއަޅަ މުން މިހާރު އެހުރީ ވެސްކައްޗަށް ދެން ކިހިނެތް ސީދަލަ ފިޔަވަޅެއް އަޅާނީ ސީދާފިޔަވަޅެއް އަޅަން އުޅުނަސް ނޭޅޭނެ އަދިވެސް ކުރިޔޭފަހޭ ނުކިޔާ ތިމާގައިގަ ހުރި ދައްފެންވަރާއި އެކަށީގެން ވާވަރުގެ ވާހަކަދެއް ކޭތޯބަލާބަލަ އިބޫކަލޭ ލަދުގަންނަން ޖެހޭނެމިއަދު ކުރީ ސަރުކާރު ތަކުވާހަކަ ދައްކަން ކަލޭފަދަ ފެންވަރެއްނެތް ދަށުދަރަޖައެއްގެ މީހަކާ އެކަށީގެން ވާމަޤާމެއް ގައެއްނޫން މިއަދު އިބޫކަލޭތިހުރީ ދެންވެސް ކުރީއޭނުކި ޔާހުރިއްޔާ ކަލޭބޭޒާރު ވެލަދުގަންނަން ޖެހުން ކުޑަވާނެ ތިމާއަށް ކުރިޔޭކިޔެން އެބައޮތް ތަ ކުރީގައެއް ނުންތަ ކެރަފާ ބައިވެރިވެގެން 19 ދިވެހީން ޝަހީދުކުރީވެސް ކުރީގައި ހެދިހުރިހާ ތަނަކަންނު ކަލޭމިހާރު ބޯކޮއްޕަމުން ތިދުވަނީ އެހުރިހާތަނަކައް ވަދެ ކައިބޮއެނިދާ ފެންވަރާ ތިހަދަނީ ކުރީގެ ސަރުކާރުތަކުން އެހުރި ހާތަނެއް ހަނދާފަހުރީ މަނޫތަ ދެންވެސް ކުރިޔޭނުކިޔާތި ކުރިޔޭ ކީމަ އެންމެބޮޑަށް ހަނދާންވަނީ މުޅިދިވެހިރާއްޖެ ސިއްސުވާލި ބިރުވެެރި ދުވަސް އެއީ ބަޑި ބުރާފަތި އެހެންވީމާ ކުރިޔޭ ކިޔުމަކީ ހާއްސަކޮއް ގޯސްކަމެއް ވެއްޖިއްޔާ ކެރަފާޔާގުމެއްވޭ ރައީސްމައުމޫން ކައިރީ އަހާލަބަލަ ކެރަފާއާއިލާ އަކީކޮންކަމެއް ބޭނުން ވެގެން އުޅޭބައެއްތޯ ކުރީގެވާހަކަ ދައްކަން ރމައުމޫން ވަރަށް މޮޅުވާނެ އެހެންވީމަ އިބޫދެން ކުރީގެވާހަކަ ދެއްކިޔަކަސް މިފަހަރު ކައުންސިލް އިންތިހާބު ގެވޯޓުހޯދަން ރަށްރަށަށް އަރައި ކުރިޔޭކިޔާފަ ރަށްޔަތުން ގުބޯހެއްދިޔަސް ރަށްޔަތުން ކުރިޔެކޭ އެއްފަދައި މިފަހަރުވެސް ޕޕ އެމްއަށް ވޯޓުދޭގޮތައް ރަށްޔަތުން ތިބީނިން މައިގެން ދެންމިފަހަރު ވެސްބޭނުމިއްޔާ ވައްކަން ކޮއްގެން ނަމަވެސް ރަށްޔަތުން ނައް 5 އަހަރުން ކޮއްދޭން ވަޢުދުވި ކަންތަކޮއްދެވޭތޯ އުޅެބަލަނުކިވާ އިބޫގެ ފެންވަރަކީ ހަނުހުރުން ކަމައްގަބޫލުކޮއްބަލަ!!!

    30
  26. ޒަމް ޒަމާ ޒަމް

    ފެއިލް ފެއިލް ރޯމަހެއްހެން ތެޅޭނިކަމެއް ނެތް. ފެއިލް ފެއިލް ފެއިލް މުންޑު ބޮލުގައި އެޅުނީ

    43
  27. ރޫޓް ކޯސް

    ވަގުތު ޓީމް އިންވެސްޓިގޭޓްކޮށް ހޯދަބަލަ އަސްލު މި ވާގޮތް. ކޮންމެ އަތޮޅަށް ޖެންޑާގެ އެންމެ ސެންޓަރެއް، އެންމެ މުޢައްޒަފަކާއިއެކު، 24 ގަޑިއިރު ޚިދުމަތްކުރަންލާފަ ތިބެނީ، ދަތުރުކުރާނެ އުޅަނދެއް ނޯވޭ. މިއީ ސަރުކާރުން މުހިއްމު ކަމަށް ނުދެކޭކަން އަންގައިދޭ ހެއްކެއް. އަޅާކިޔާލަބަލަ އެހެން މުއައްސަސާތަކުގެ މުއައްޒަފުންގެ އަދަދާ. ކިހިނެއް މިވަރުން ކަންކަން ހައްލުކުރާނީ؟

    24
    1
  28. ތުމްސޭ

    ވޯޓަށް މޮޅު ވާހަކަ ދައްކަނެ ކަމެއް ނެތް. ޥޯޓު ގާތްވެފަ ނެތްނަމަ މިފަހަރުވެސް ތިބޭފުޅާ ހުންނެވީހީ ހަނު. ބޮޑެތި ކަންކަންވެ ނިމި މީހުން ކެކޭ އިރުވެސް ކަހަރު ވަކެކޭވެސް ހީނުވެ ތިބޭފުޅަ މީގެ ކުރިންވެސް ހުންނެވީ . ތިބޭފުޅާއާ ތިޔަ ސަރުކާރަށްވެސް ވ ނާއުއްމީދުވެފަ މިހުރީ.. ވ ވެދުން.

    33
  29. އަފީ

    މިސުންޕާސަރުކާރު ވެރިކަމައްއައިފަހުން
    މިކަހަލަކަމެއްނުހިގާދުވަހެއް އަދިނުދޭ މީހާދަހާ
    ސުންޕާސަރުކާރެކޭ ބަ ލަފަސްއަހަރު ވެސް
    މީހަކުމިގައުމުގަ ވެރިކަން ކޮއްފައެދިޔައީ
    މިކަހަ ލަ މުސީބާތްތަކެއް މާތްﷲމެދުވެރި
    އެއްނުވޭ މިއިބޫސުންޕާވެރިކަމުގެހުވާ
    ކުރިދުވަހުންފެށިގެން މިކަހަ ލަ ކަމެއް
    ނުހިގާދުވަހެއްނުދޭ މީސުންޕާސަރުކކާރެއް

    30
  30. ހިމާރުލް ޤައުމު

    މަނިކުފާނު ވެރިކަމުގަ އަފްޢާމް ދެއްވީ ކުޑަކުދިންނާ ބެހިގެން ޖަލަށްލާފައި ހުތި މީހަކަށް. މި ވެރިކަން ފެށީ ކުޑަކުދިންނާ ބެހުމަށް ހިތްވަރު ދެމުން. ދެން ކީކޭތޯ ތި ވިދާޅުވަނީ

    35
  31. މުޙައްމަދު

    ރައީސް ތީ އެއްވެސް ވަރަކަށް މިހާރު ދިވެހިން އިތުބާރު ކުރާ ބޭފުޅެއްނޫން ތި ދައްކާވާހަކަވެސް އަމިއްލަ ޕާޓީ މީހުންވެސް ޤަބޫލެެއްނުކުރާނެ..

    30
  32. އަލީ

    އަޅެ ފަހެ އަޖައިބެއް ނުވާނެ. ކުރީގެ އެއްވެސް ކަމުނުދާތީ ތިބޭފުޅާއާ ވެރިކަން ހަވާލުކޮށްފަ ތިހުންނެވީ. މިފަހަރުދެން މިކަމާ އާޅާލަދެއްވަވާ. ޕްލީޒް...

    15
  33. މޮޔަދިޔެ!

    ދީނަށް ފުރަ އްސާރަ ކުރުން އިތުރުވީ އަހަރެން އއަޅަ އި ނުުލަ އި އޮތީމަ!

    16
  34. Anonymous

    ކުރިން އަޅާނު ލާ އޮތީމައެއް ނޫން. ދީން އެއްފަރާތްކުރާތީ އަންނަ ވަބާތައް އެއީ. އޮރިޔާމުން އުޅެން ހިތްވަރު ދޭތީއާއި ރަގަޅު ބޯ ހިޔާވަހިކަމެއް ފޯރުކޮށް ނުދެވޭތީ ވާގޮތްގޮތް އެ ހުންނަނީ މަންމަ ބައްޕަ ދަރިން އެއްކޮޓަރީގައި ދިރި އުޅުމަކީ ތިފަދަ ކަންކަމަށް މަގު ފަހިކޮށްދޭކަމެއް . އަދި އޭނާގެ ޖިންސީ އެދުން ހާޞި ލުނުވުމުން އެފަަދަ ކަންކަމަށް މަގު ފަހިވޭ. ދިރާސާއެއް ކުރުމެއް ނެތި ގޯސްކޮންމެ ކަމެއް ކުރީ ސަރުކާރުގެ ބޮ ލުގައި އެޅުވުމުގެ ބޭނުމެއް ނެތް. ރައީސްކަން ލިބުމާއެކު އެންމެ ފުރަތަމަ ދޫކޮށް ލި މީހުންގެ ތެރޭގައި އެފަދަ މީހެއް. އެވެސް ކުރީ ސަރުކާރު. އިޖްތިމާޢީ ފޭރާން ރަގަޅު ނުކުރާހާ ހިނދަކު ތިކަންކަން ރަގަޅެއް ނުކުރެވޭނެ. ހެދުން ލައިގެން އެކަމު ގައިގާ ދަވާދު ލައިގެން އަންހެންވެރިން ބޭރަށްނިކުމެއް އުޅުމަކީ ކުށެއް ނޫން އެފަދަ އަންހެނަކަށް ބެ ލި މީހަކު އެކުރީ ޖިންސީ ފުރައްސާރަ. ދައުލަތުގެ ވަޒީފާތައް އަދާކުރާ މީހުންނަށް އިސްލާމް ދީނުގައި އަންގަވާފައވާގޮތަށް ހެދުން އަޅާ ބަަޔަކަށް ލާޒިމް ކުރުވަންވީ

    12
  35. ރަޝީދު

    ކޮންމެ ކަމެއްވީމާ އެހެންމީޙެއްގެ ބޮލަށް ކަނޑާލަނީ ތިމާއަށް ކަންކަންނުވުމާއި ތިމާގެ ނުކުޅެދުންތެރިކަމުގެ ސަބަބުންނެވެ.ތިމާ އެތަކެއް އަހަރު މަޖުލިސްގައި މެންބަރެއްގެ ގޮތުގައި ހުރިއިރު ކިތައްބިލް ހުށަހެޅިންތޯ،އަދި ކިތައްފަހަރު ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ވާހަކަ ދެއްކީ ކިތައްފަހަރުތޯ އަމިއްލަ ންފަސާއި ސުވާލުކޮށް ހަނދާން އާކޮށްލުމަކީ ވަރަށް ރަނގަޅުކަމެއްކަމުގައި ދެކެމެވެ.

    19
  36. ޖަޒީރާ ބޯއީ

    މީ ހަގީގަތުގައިވެސް ވަރަށް ނުބައި ނުލަފާ ހާވާނެއް، ހޯރަ އިއްބެ ހުރީ ހައްޔަރުގަ ކަލޭމެން އައިސް އޭނަވެސް ދޫކޮށްލީ. ލަދެއް ޔަހާތެއްނެތް

    19
  37. އަބާ

    ޖިންސީ ގޯނާ އިތުރުވަނީ މަސްތުވާ ތަކެތި ގިނަ ވީމަ އިންސާނުން އެބޭނުންކޮށް ގެން ހަމަ ބުއްދިން ނެއްޓޭ ހިނދު ކޮޅު ތައް ގިނަވާތީ ގާނޫން އޮތީ ފައިންއަރާ ފިޔަ ބިންދާ ލާ ފައި . ސްކޫލްތަކުގައި ސައިކޯ ވެދާނެތީ އަޒާބުގެ ވާހަކަޔާ ނަރަކަ ވާހަކަ ކިޔާ ދިނުން ހުށްޓުވީމަ އެފެންނަނީ ބޮޑު މަންޒަރު ވަރަށްސާފެއްނު . ﷲއަށް ބިރުވެތިނުވެ ބިރު ފަހަނައަޅަންޏާ ވަލު އޫރުވެސް ގިނަވާނެ. ބުއްޅަބޭ ބޭ ނުންވަނީ އެގޮތްދޯ ދެން އެންމެން އަތްޖަހާ މަމިއުޅެނީ މަގޭ އަންހެންދަރި ގޮވައިގެން މި ގައުމުން ދާން. އުޅޭ ވަރު ތަނެއްނޫން

    11
  38. ަފކ

    ކުރީގަ ވެރިކަން ކުރި މީހުންގެ ބޮ ލައްމަހާ ލާތިކަންވެސް

  39. ސަންގޯރު

    މިކަހަލަ ނުކިޔަވާ ތަނެއްދޮރެއް ދޮރާޓެއް ނޭންގޭ ބީތާއިން ވެރިކަމަށްގެނައި މީހުން އުފާފާޅުކުރޭ
    މީ މިޤައުމަށް ވެރިވެފައިވާ ބޮޑުމުސީބާތެއް މި މުސީބާތުން މިންޖުކޮށްދެއްވުމަށް ﷲ ހަޟްރަތަށް ކެޑިނޭޅި ދުއާކުރަންވީ

    11
  40. އާދަނު

    އަބަދުވެސް ކަންކަން ކުރަން ނޭނގޭމީހުން އެހެން މީހުންގެ ބޮލުޣައި އިލްޒާމު އަޅުވާނެ. މިހާރު މިހުރީ އެކަމުގެ ކަތެއް. ހުރިހާކަމެއް ދޫކޮށްލާފަ. ގެއަށް ދިޔައްޔާ މާތާހިރުވާނެ. ހެހެހެ.

  41. މިއަދު

    ތިވިދާޅުވީ ޖާހިލިއްޔަޒަމާނުގެވާހަކަތޯ

    10
  42. ކަންނެލި އޮޑި

    އެނގޭތަ މިހާރު މިއޮތީ ރޭޕިސްތާނާ ގާތްގުޅުން އުފެއްދީމަ ސިލްވާނު އަރާފަ. މީހުން ބުނެއުޅޭ މީހެއްގެ އަނތްބަކާއެކު ތުނޑުކުނަލެއްގެ ދެކޮޅުގައި ތިއްބަސް ސިލްވާނު އަރާނެއޭ.

  43. ހުސެން

    ހޯރަ އިއްބެ ދޫކުރި ހިންނަވަރު ނޫރާނީގޭ އިބުރާހީމް މުހައްމަދު ސޯލިހު އަށް ފިޔަވަޅު އެޅޭނެތަ؟އިސްތިއުފާ ދޭން ކެރޭނަތަ؟އިސްިއުފާ ދޭން ކެރޭނެހޭ ؟ފެއިލް ވީ މި ސަރުކާރު.މިއީ ހޯރަ އިއްބެ ދޫކުރި ކުޑަކުދިންނަށް ރަހުމުނުކުރާ ސަރުކާރު.ކޮން ތިކިޔަނީ އިންތިހާބު ބޯ މަތިވީމާ ރައްޔިތުން ބޯކާން؟

    11
  44. މިއަދު

    ހޯރައިއްބެއަށްވެސް ޒީރޯ ޓޮލަރަންސް 2019 ވަނަ އަހަރުގެ 32 ބިލިއަންރުފިޔާގެ ބަޖެޓަށްވެސް ޒީރޯ ޓޮލަރަންސް އެމްޑީއޭގެ ލާދީނީ ރިޕޯޓް ލިއުނުމީހުންނަށްވެސް ޒީރޯ ޓޮލަރަންސް ސާބަހޭ މިރައީސަށް

    10
  45. މުސްކުޅިބޭބޭ

    ރައީސުލްޖޫމްހޫރިއްޔާ އަށް ދަންނަވަން އޮތީ ކުރިން ނުކުރެވި ހުރި މިފަދަ ނޭއްގާނީ އަމަލު ތަކާއި ގޭންގް މާރާމާރީ އަދި މަސްރުވާތެކެތި މައިތިރި ކޮއްލައި މުޅި ރާއްޖޭގައި އަމަން އަމާންކަން ގާއިމް ކޮށްފިނަމަ މަނިކުފާނު މިރާއްޖޭގެ ތާރީހުން ނުދެކޭ އަދި އަބަދުމެ މަނިކުފާނުގެ ވާހަކަ އައުކޮށް ކޮށް މިސާލު ކުރައްވާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ. އެވަރިހަމަ ޑިކްޓޭޓަރޝިޕެއްގެ ދަށުން މިފަދަ އިސްލާހީ ފިޔަވަޅު އެޅުމަކުން މައްސަލައެއް ކަމުގައި ނުދެކެން..އޭރަށް އަބަދުމެ ރައްޔިތުންގެ ފުރިހަމަ އަގުލަބިއްޔާތާއެކު ވެރިކަން މަނިކުފާނު ކުރެއްވާނެ ކަން ހަމަ ކަށަވަރު...

    1
    6
  46. ވަޒީރެއާލާ

    ހޯހޯ އިބުރާހިމާ. ތިހެން ބުނެވޭކަށްނެތް. ކުރީ ސަރުކާރުން ކުޑަކުދިންނާ ބެހިގެން ޖަލަށްލާފާ ތިބިމީހުން ސީދާ އިބުރާހިމް އެމީހުން ދޫކޮށްލީ. ތިޔައުޅެނީ ހެއްދެވިފަރާތައް ވެސް އޮޅުވާލަންކަމަށްތޯ؟ މިކަމަކުން އިބްރާހިަމަކަށް ބޯދަމާ ގަނެވޭކަށް ނޯންނާނެ. އެމްޑީޕީ ނޫން ސަރުކާރެއްއތުވެއްޖެނަމަ އެމައްސަލަ ހުށަހަޅާނަށް. އެމްޑީޕީގެ ސަރުކާރެއްގައި ނުބަލާނެތީ.

    10
  47. ބޮލި މުލައް

    ކުރިޔަށްވުރެ ރަނގަޅުކުރަން ވެރިކަން ދިނީ ދެންވެސް ކިޔާނީ ކުރިއޭތަ؟
    ބަލަ ކުރިން ކުޑަކުދިން މީހުނަށް ބޮޑެތި އަދަބުތައް ދީ ޖަލަށްލާފަ ތިއްބާ ތިމާ ވެރިކަމަށް އައިސް އެމީހުން މިނިވަންކުރި ހަނދާންވޭތަ؟

    9
    1
  48. ިއިންސާނާ

    މައްސަލަ އަކީ މި ގައުމަށްއަރާ ކޮންމެ ވެރިއަކުވެސް އުޅެނީ ޓޮމް އެންޑް ޖެރީ ކުޅުމުގަ ޤައުމަށް ވާނުވާ ބަލާ އެއްވެސް ވެރިއަކު ނެތް.. ރައީސް އިބޫ ހޯރަ އިއްބެ ދޫ ކޮއްލީ ޕާޓީއަށް ޓަކާ.. ރައީސް ހަމަ ތި ވިދާޅުވީ ހެޔޮފުޅެއް. އަޅާނުލެވުނީމަ ވީގޮތް ހަމަ މީ. ބެލެނިވެރިޔާއާ ދޭތެރޭ ވެސް ފިޔަވަޅު އެޅުން މުހިންމު.. މީހުނާ ރައްޓެހި ވެގެން އުޅޭއިރު 1 1 އަހަރު ވިއަސް މި ދިވެހިންނަށް އޯކޭ. ދެން މި ކިޔަނީ ޖިންސީ ގޯނާ އޭ. ކޮބާތަ އަޅެ މި ދިވެހިންގެ ހޭ.؟ މީހަކު ކޮސް ނުވިއްޔާ ދެރަ.

    5
    1
  49. ބެޓެރިހަސަނު

    މިއީ އިހުމާ ލު ސަރުކާރު. ރ ޔާމީން ވެރިކަމާހަވާލުވެ ވަޑައިގެން ތިޔަކިޔާހެން ކުރީސަރުކާރެކޭ ވިދާޅުވަމުން ކަމުންރެކޭކަށް ބޭކާރުވާހަކަތަކެއްވިދާޅެއްނުވޭ. ޢަމަ ލުން ސާބިތުކަމާއެކުއެކަން ރައްޔިތުންނައް އެވަނީދައްކުވާދެއްވާފަ. އެއީގާބި ލް ވެރިންނަކީ.އެއީހަގީގަތުގަވެސް މިގައުމު އާރާސްތުކޮށްދެއްވަން އެނގިވަޑައިގެން ހުންނެވި ފަޚްރުވެރި ކެރޭ އެންމެގާބި ލް ރައީސްއަކީ. އެމަނިކުފާނު ޖަ ލުތޭރިތަކުގަ ހައްޔަރުކުރީ ޝައްކެއްވެސްނެތް ތިޔައެމްޑިޕީ އަށް ހަމަ ހަޖަމްނުކުރެވުނު އެތައްއެތައް ސަބަބުތަކާހުރެ. ނާގާބި ލް ސަރުކާރަކުން ހިންގާދޯހަޅި ދެއުޅިއެއްނުވާ ކޮންމެކަމެއް
    ގާބި ލިއްޔަތު ވެރިޔަކަށް ވީތީ އެމަނިކުފާނައް އެނގިވަޑައިގަތުމާ އެކަންކަން ރައްޔިތުންނައް ފުރިހަމައިތުބާރާ ޔަގީން ކަމާއެކު ތި ލަކޮށްދެއްވަމުން ގެންދެވުމަކީ އެމްޑީޕީ ސަރުކާރު އެއްފަހާރާ ދެކަމުހާޖަތައްދެވޭވަރު ކަމަކަށްވީތީ އެކަންހަޖަމު ނުކުރެވި ނުވީތާށް އެންމެފަހުން ގޮސް ސަރުކާރުވެއްޓިދާނެކަމުގެ ބިރުއޮތަތީ ސާބިތުނުހިފޭ އެއްވެސް ތާކުންތާކުނުޖެހޭ ކަމެއްއެމަނިކުފާނުގެ އުސްތަށިފުޅުގަ އަޅުވާ ހުކުންކުރައްވަންހުރިގާޒީ ގެބޮ ލުގަވެސް ކަންތައްގަނޑެއްއަޅުވާ ގާޒީއަށްވެސް އެތައްކަމެއްކުރިމަތިކުރުވާގެން ހުކުންބަދަ ލު ކުރަން، ނުފޫޒުފޯރުވާ ކުރިމަސައްކަތް ނާކާމިޔާބުވުމުން މުޅިޖުޑިޝަރީ ފުނޑާ ލުމައްފަހު ހުކުންކުރުވީ. ﷲ އިރާދަކުރެއްވިއްޔާ ތިޔަދައްކާ ހޮޅިވާހަކަތައް މީގެއެތައްދުވަހެއްކުރިން ރ ޔާމީން އެވަނީ ރައްޔިތުންނައް އޮޅުންފި ލުވާދެއްވާފަކަމުން މިއަދު ކިތަންމެވާހަކައެއްދެއްކިޔަސް ރައްޔިތުންނައް ހަގީގަތަކީ ކޮބާކަން ދަނީއެންގި ސާބިތުވަމުން.

    8
    1
  50. ސައު

    މި ސަރުކާރު ދީނާއި ދުރު ވީމާ ވަމުންދާ ގޮތް. މުޖުތަމަޢުގައި ފަސާދަ އިތުވެ ނާމަންކަން ވެރިވަމުންދަނީ އެންމެފަހުން އާންމު ވެގެންވާ ބޮޑު ކޯފާއެއް އަންނާނެ. ޢިލްމުވެރިންގެ ޒިންމާ އެއް ނެތް. އެމީހުން ނޫޅޭ މުޖުތަމަޢުގައި ޢާންމު ވާ ޝިރުކާއި ކުންކަރާތްތައް ހުއްޓުވާކަން. އެމީހުންގެ ދުނިޔެ ވީ އަރާމް ބޭނުންވަނީ. ބައްލަވާ ކުރީގެ ބޮޑެތި އިލްމުވެރީން ހައްޤަށް ވަކާލާތު ކުރުމުން ކުރިމަތިވި އިމްތިހާންތައް. މިހާރު މިތިބަ ޢިލްމުވެރިން ބޭނުމެއް ނުވޭ އިމްތިހާނުގައި ޖެހެން. އަރާމް ދިރުއުޅުން އާހިރުގައިވަނީ ގަދަފަދަ އަޒާބު.

    8
    1
  51. ސާޖީ

    ނޫނޭ ކަލޭ ތީ ފައްކާ މީހެއް... ދެން ކުރި ބާއްވަމާ ހިނގާ... މިހާަރު ގައިމު ކަލޭ ތިހިރީ ވެރިކަމުގާ... މިހާރުވެސް ތިއުޅެނީ އެ އަނިޔާވެރި މުނި ކާފަގަނޑާ ބަފާ ވެސް ދޫކޮށްލާގެން... ކަލޭ ވަކި ދޫދޭލެއް ކުޑަތެ؟؟؟؟ ޕޯޑިއަމްތައްދޮށަށް އަރާ ނިކަން މޮޅެތި ވާހަކަ ދައްކާނެ.... ރަޓޯ ފަޓޮ.....

  52. އިންސާނާ

    އަސްލު ހަޤީޤަތަކީ މިކަން މިހެން އިތުރުވީ މިކަހަލަ ކަންކަން އާއިލީ ބޮޑު ސިއްރަށް ހަދާތީ. އަދި ސިޔާސީ ބޭނުންތަކަށް މިކަހަލަ މީހުނަށް މާފު ދޭތީ. އެއްވެސް ޕާޓީ އަކުން އެ ޕާޓީ ގެ މުހިންމު މީހަކަށް ޒީރޯ ޓޮލަރެންސް އުސޫލު ނުގެން ގުޅެތީ. މީދެން ވަރަށް ވާހަކަ.

  53. ސަންތިމަރިޔަބު

    ޖިންސީ ގޯނާ އިތުރުވީ ކުރިން އަޅާނުލެވި އޮތީމަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
    ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މީހަކު މަނިކު ފާނު މައާފު ދެއްވާ އަދަބުލުއި ކޮއްދެއްވާ ބޮޑު ހުކުމެއް ތަންފީޒުކުރަން އޮއްވާ 3 ދުވަހަށް ހުކުމް ކުޑަކުރެއްވީ ކުރިން އަޅާނުލެވި އޮތީމާތޯ؟ މީގެ ސަބަނުން އެފަދަ ނުލަފާ މީހުންނަށް ހިތްވަރުލިބި “ ބިރަކާނުލާ މަޖާކުރަން”ފެށުމުން އެހެން ބަޔެއް ގެ ބޮލަށް ކަޑާލާ ޒިންމާ ނެގުމުން ބަރިއްޔަވެ ގަތުމަކީ ޒިންމާދާރު ވެރިޔެއްގެ ކިބައިން ފެނިގެން ވާނެސިފައެއް ނޫން ކަން ކަން އިބިލީހު ކާއިވެންޏަށް ދާތަން މިފެންނަނީ
    ހަމަހިނިއަންނަނީ ހަމަހިނިއަންނަނީ

  54. ކަނަމަނަ

    ހިތަންއަރާ އަހަރުމެންނައް މިލިބުނީ ހޭބުއްދިސަލާމަތުންހުރިވެރިއެއްބާވައޭ

  55. އިންސާނާ

    އަސްލު ހަޤީޤަތަކީ މިކަން މިހެން އިތުރުވީ މިކަހަލަ ކަންކަން އާއިލީ ބޮޑު ސިއްރަށް ހަދާތީ. އަދި ސިޔާސީ ބޭނުންތަކަށް މިކަހަލަ މީހުނަށް މާފު ދޭތީ. އެއްވެސް ޕާޓީ އަކުން އެ ޕާޓީ ގެ މުހިންމު މީހަކަށް 0 ޓޮލަރެންސް އުސޫލު ނުގެން ގުޅެތީ. މީދެން ވަރަށް ވާހަކަ.

  56. ވެރިން

    ރަންގަޅު ކަމެއް ބޮޑު ޕްރޮޖުކްޓެއް ގައުމަށް މުޖުތަމައަށް ފައިދާ ހުރިކަމެއް މިކަން ކަމުގަ ނުބުނާނެ ކުރިޔޭ.

  57. ޞާލިހް

    މިސަރުކާރުން ވަރަށް މިކަމާ އަޅާލަމުން ގެންދަވަނީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް. އެންމެ ފުރަތަމަ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމަށް ދެއްވާ ޒީރޯ ޓޮލެރެންސްގެ ދަށުން ކުޑަކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގައިގެން 10 އަހަރަށް ޖަލަށްލާފަހުރި ހޯރަ އިއްބެ ދޫކޮށްލީ.

  58. ޚަތީބް

    އެންމެދެރަވަނީ މިކަލޭގެއައް ވޯޓް ހޯދަދީ ވޯޓްދީ ހޮވާދެވުނީމަ މިހާރު ވވވވވ ހިތާމަކުރަން

  59. އިބުރާހީމް

    ކޮން ކުރިއެކޭ ފަހެކޭކިޔާކަން މިހާރު ރައީސަން ކަމުގައި ހުރި ކަލޭ ދެއްވީނު ޤާނޫނީ ފިޔަވަޅު އަޅަން ކުރީ ސަރުކާރުންތަ ހޯރަ އިއްބެ މިނިވަންކުރި އިބްރާހީމް ނުޙައްމަދު ސީލިޙް ތާހިރެއްނޫން އަގަ އަރުވާކަން

  60. ޖަލިހަ

    ފާޅުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރަނީ ވެސް ކުރީގެ ސަރުކާރާއި ހެދިތަ

  61. Anonymous

    ދުނިޔެ މަތީގައި ވާ އެންމެ ފާޙިޝް ޢަމަލުތައް ކަމަށްވާ އެއްޖިންސުގެ ގުޅުން ހިންގުމަށް ތާއީދުކޮށް މި ރާއްޖޭގައި ބޭނުން ދީނަކަށް އުޅުމުގެ ފުރުސަތު ދޭން ގޮވާލާ ބައިގަޑެއް

  62. އިސްމާލުފުޅު

    ހޯރަ އިއްބެ ވެސް ދޫކޮށްލީ ކުރީ ސަރުކާރުން ދޯ؟ކަމުން ރެކެން ބަހަނާ ދެއްކުމުގެ ބޭނުމެއް ނެތް. ނު ވާނަމަ ކުރެ ވޭ މީހުންނާ ހަ ވާލުކޮށް، އެއްކައިރި ވެލައް ވާ.

  63. Anonymous

    މި ސަރުކާރު ބަދަލުކުރަން މާ ބޮޑަށް ވެސް ލަސްވެއްޖެ. ރައްޔިތުންނަށް ޤައްދާރުވަނީ

  64. ފޭން

    މި މީހުންނަށް ވޯޓް ދެވުނީ ތީވެސް ހިތާމަކުރަން.

  65. Anonymous

    ވަގު ސަރުކާރު އިބްރާހިމް މުހައްމަދު ސޯލިހު މިވަގުތު މި ވަގުތަށް އިސްތިއުފާ ދިނުމަށް ގޮވާލާ މުޒާހަރާ ކުރަންވީ

  66. Anonymous

    ކޮންފަދަ ޖާހިލު ސަރުކާރެއްތަ އަދިވެސް އެހެން މީހުންގެ ބޮލުގައި ތަހުމަތު އެޅުވުންް. މުޅި މަޖިލިސް އޮތީ މި ބައިގަޑު ގެ އަތުގައި ދެން މި ކިޔާ ލަވަ އަހަރުމެން ނަށް ނޭންގޭ

  67. Anonymous

    ސެލްފީ ނެގުމާއި ބައިސްކަލް ދުއްވުން. ގުޑް ގަވަނަރސް ނޯ އެކސްޕީރިއަންސް. ފެއިލް

  68. ފަތީލާ

    މީ ކޮންތާކުން މީހުންތައް ހޮވާފަހުރި ބުރާންޗެއްތަ!

  69. އެޑަމް

    ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ރިކޯޑް އޮތީ ވެސް އެމްޑީޕީ ގައި. ނިކަން ކެރެންޏާ ބައްލަވާ.

  70. Anonymous

    ކުރިޔޭ ފަޅޮލޭ ނުކިޔާ ކަލޭމެންނަކަށް ވެރިކަމެއް ކުރާކަން ނޭގޭ. ނޭގޭއިރު ރޯނު އެދުރު ވެގެން މިއުޅެނީ. ކަމެއް ގޯސް ވުމުން އެހެން ފަރާތްތަކުގެ ބޮލުގައި އަޅުވަން ކަލޭމެންނަށް އިގެނީ

  71. އެސޮރު

    އަޅޭ ކުރިންނޯ މިވެރިކަމުގަ ނޫންތަ ޖިންސީ އަނިޔާ ކުރާ މީހުންނަށް ހިމާޔައްދީ ރައްކާތެރިކަން ތިޔަ ފޯރުކޮށްދެނީ. ތިޔަކަހަލަ މޮޔަ ވާހަކަ ނުދައްކާ އަވަހަށް އިސްތިއުފާ ދީފަ ގޭގަ އޮވެބަލަ.

  72. Anonymous

    ހުރިހާ ގޮތަކުން ވެސް ފެއިލް ވެފައިވާ ސަރުކާރެއް

  73. ސަރާ

    ބޭކާރު ވާހަކަ ނުދައްކާ،،، ހޯރައިއްބެ ދޫކޮށްލުން މިކަމުގެ އަސްލަކީ،،،،

  74. Anonymous

    މީނާގެ ލަދުހަޔާތް ކޮބާ ޕޯޑިއަމަށް އަރާ ވާހަކަ ދައްކާއިރު

  75. Anonymous

    ބޯބުރާންތި މީހުން ހީކުރީ އޮޅުވާލެވޭނެ ކަމަށްތަ

  76. ޔެސްބޮސް

    އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައި މި ރާއްޖޭގައި ހުރިހާ ޖަރީމާ ތަކެއް އަންމުވީ

  77. ގުދޯ

    ފާޅުގައި ގައުމަށް ގައްދަރުވާ މީހެއް. އެމްޑީޕީގެ ބަލާވެރިކަމުން މި ޤައުމު ސަލާމަތް ކުރައްވާށި.

  78. Anonymous

    ޅަ ލިބޮލެއް ފިއްތާ ދިޔަ ފެލުމުން ނުކުންނާނީ ކުރުނބާ ފެން ނޫނީ މެންޑަރިން އޮރެންޖު ދިޔަ އެއް ނޫނޭ ހަމަ އެގޮތަށް އެމްޑީޕީ ވާނީ އެމްޑީޕީ އަށް ނުކުންނާނީ ވެސް ލާދީނީ ދިޔަ.

  79. ލަދިންނީ

    ޅަ ލިބޮލެއް ފިއްތާ ދިޔަ ފެލުމުން ނުކުންނާނީ ކުރުނބާ ފެން ނޫނީ މެންޑަރިން އޮރެންޖު ދިޔަ އެއް ނޫނޭ ހަމަ އެގޮތަށް އެމްޑީޕީ ވާނީ އެމްޑީޕީ އަށް ނުކުންނާނީ ވެސް ލާދީނީ ދިޔަ އެވެ. ވަރަށް ސަލާމް ދިވެހީންނޭ ހޭއަރާބަލަ