މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ހިނގަމުންދާ މުހިއްމު ކަންތައްތަކާއި، އެކަންތައްތަކުގެ ތަފްސީލް ހިމެނޭ ޚަބަރުތަކެވެ.

23:01

22:32

ރާއްޖޭގެ އުތުރުގެ ރަށެއްގައި ތިން މީހުންގެ ގޭންގަކުން 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފިއެވެ.

21:50

ހޮންކޮންގް އިން ކޮރޯނާވައިރަސް ފެނުނުކަން އޮފިޝަލުން ކަށަވަރު ކޮށްދީފިއެވެ.

20:14

ސްކޮޓްލޭންޑުގައި 4 މީހަކު ކޮރޯނާވައިރަސް އަށް ޓެސްޓު ކޮށްފި. މި 4 މީހުންނަށްވެސް ވައިރަސް ޖެހިފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވޭ.

20:13

ވިއެޓްނާމް އިން މި ވައިރަސް ފެނިފައި ވަނީ ޗައިނާގެ ދެ ފަތުރުވެރިންގެ ގައިން.

19:44

މި ވައިރެސް ޖެހުނު ކަމަށް އެންމެ ބޮޑަށް ބެލެވެނީ ވާލު ސޫޕެއްގެ ސަބަބުން ކަމަށް ސައިންސްވެރިން ބުނެފި.

19:27

ސިންގަޕޫރުން ކޮރޯނާވައިރަސް ފެނިއްޖެ ކަމަށް އެ ގައުމުން ހާމަކޮށްފި.

19:22

ދ. ކުޑަހުވަދޫގަައި މޫދަށް ގޮސް އުޅެނު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ.

18:45

ސައުދީ އިންވެސް ކޮރޯނާ ވައިރަސް ފެނިއްޖެ.

18:37

ހީކުރެވުނު ވަރަށް ވުރެން ފަސޭހައިން ކޮރޯނާވައިރަސް ގައިން ގަޔަށް އަރަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ހާމަކޮށްފި.

18:35

ކޮރޯނާވައިރަސް މިހާރު ވަނީ ޗައިނާގެ ބޮޑެތި ހުރިހާ ސިޓީތަކަށް ފެތުރިފައި.

16:14

ވިލިގިނލީގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ސީއީއޯ ސަސްޕެންޑްކޮށްފި. އޭނާ ސަސްޕެންޑްކުރީ އެޗްއާރްސީއެމް އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން.

15:59

މާލޭަގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި ސިފައިންގެ މީހާ ސަސްޕެންޑްކޮށްފި

15:36

ޗައިނާގައި ކޮރޮނާވައިރަސް ފުރަތަމަ ފެތުރެން ފެށި ސިޓީ ކަމުގައިވާ ވޫހާންގައި ތިބި ދިވެހިންގެ ހާލު ކަންތައް ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީން ބަލަމުންދޭ - ފޮރިން މިނިސްޓްރީން

14:55

ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗަށް ގެންގޮސްގެން އުޅެނިކޮށް ފިލި ގައިދީ، ހޯދައި އޭނާ ހައްޔަރުކޮށްފި. އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު މެންދުރު 14:10 ހާއިރު، އޭނާ މިހާރު ހުރީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި

14:29

13:40

"ސީއެންއެން" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާތަނަށް ޗައިނާގެ 25 ސަރަހައްދަކަށް ކޮޮރޯނާ ވައިރަސް ވަނީ ފެތުރިފައި.

13:04

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އދ.ގެ އާއްމު މަޖިލީހުގައި ތަޤުރީރު ކުރައްވަން ކުރެއްވި ދަތުރުފުޅަށް 4.1 މިލިއަން ރުފިޔާ ޚަރަދުވިކަން ރައީސް އޮފީހުން ކަށަވަރު ކޮށްދީފިއެވެ.

12:45

ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ޗައިނާގެ ވޫހާން ކަރަންޓީންކޮށް، އާއްމު ދަތުރުފަތުރު މެދުކަނޑާލާފައި ވާއިރު އެ ސްޓޭޓްގައި ހަ ދިވެހިން އެބަތިބި ކަމަށާއި ނަމަވެސް ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން ވެސް އަދި ފޮރިން މިނިސްޓްރީން ވެސް އެމީހުންނާއި މުއާމަލާތު ކޮށްފައި ނުވާ ކަމުގެ މައުލޫމަތު ލިބިއްޖެއެވެ.

11:55

ޗައިނާގެ 25 ސްޓޭޓަކުން ކޮރޯނާވައިރަސް ފެނިއްޖެ.

11:55

ޕާކް ކުރާނެ އެކަށީގެންވާ މިންވަރެއްގެ ޖާގައެއް ދެއްކުމެއް ނެތި ޤަވައިދާއި ހިލާފަށް ޕާކް ކުރާ ވެހިކަލްތަކުގައި ސްޓިކާ ޖަހާތީ ފުލުހުންނަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ސްޓިކާ ޖެހުމުގެ ބަދަލުގައި ވެހިކަލްތައް ޓޯވ ކުރުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.

11:16

ޙުކުމް ތަންފީޒު ކުރަމުން ގެންދިޔަ ގައިދީއަކު މިއަދު ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗަށް ގެންގޮސްގެން އުޅެނިކޮށް ފިލައިފިއެވެ.

11:01

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވެއްޖެއެވެ.

10:39

އިސްރާއީލްގެ ވެރިރަށް ތެލްއަވީވްގައި އޮތް މުސްލިމުންގެ ގަބުރުސްތާނެއްގައި ގެދޮރު އަޅަން އިސްރާއީލްގެ ކޯޓަކުން ހުއްދަ ދީފިއެވެ.

10:01

ކޮރޯނާވައިރަސް ޖެހިގެން ޗައިނާ އިން ރިޕޯޓް ކުރި މީހުންގެ އަދަދު 581 އަށް އަރައިފި. މިހާތަނަށް ޗައިނާގެ 25 ސްޓޭޓަކުން ކޮރޯނާވައިރަސް ފެނިފައިވޭ.

މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ބުނާ ގޮތުގައި ކޮރޯނާވައިރަސް ޖެހިފައިވާކަން ކަށަވަރުވާ މީހުންނާއި ބައްދަލުވެ، ގާތްކޮށް އުޅުނު 5897 މީހަކު ވަނީ ފާހަގަ ކުރެވިފައި.
4928 މީހަކު ތިބީ އޮބްޒަވޭޝަންގައި.
969 މީހަކު ވަނީ އޮބްޒަވޭޝަނަށް ފަހު ދޫކޮށްލާފައި.
ބަލި ޖެހިފައިވާކަމަށް ޝައްކު ކުރެވޭ 392 މީހަކު އެބަތިބި.
ބަލި ޖެހިފައިވާކަން ކަށަވަރު ކުރެވިގެން 95 މީހަކަށް ފަރުވާ ދެމުން އެބަގެންދޭ.

09:56

އުމުރުން ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ރަސްމީ އިދާރާތަކުން ބުނާ ވާހަކަވެސް ގަބޫލުނުކޮށް، ވާހަކަދެއްކި އެމްޑީޕީގެ ކެންޑިޑޭޓަކަށް ވަރަށް ބޮޑަށް މީސް މީޑިއާގައި ފާޑުކިޔުން އަމާޒުވެއްޖެއެވެ.

09:44

މަކާއޯ އިން ކޮރޯނާވައިރަސް ޖެހިފައިވާ ދެވަނަ މީހަކު ފެނިއްޖެ.

09:44

ވުހާންގައި ކޮރޯނާ ވައިރަސް ފެތުރިފައި ވަނީ ހަރުފައެއްގެ ސަބަބުން ކަމަށް ވެދާނެ ކަމަށް ރިޕޯޓްތައް ބުނެފި.

09:27

އާއަހަރު ފާހަގަ ކުރުމުގެ ހަރަކާތްތައް ކުރިއަށް ނުގެންދަން މަކާއޯ އިން ނިންމައިފި. މަކާއޯ އިން ވެސް އާއަހަރު ފަށާނީ ޗައިނާ އާއި އެއް ދުވަހެއްގައި. އެއީ ޖަނަވަރީ 25. ނަމަވެސް މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް އިން ސަލާމަތްވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިއަހަރު އާއަހަރު ފާހަގަ ކުރުން ކުރިއަށް ނުގެންދަން ވަނީ ނިންމާފައި.

09:06

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ތާރމަލް ކެމެރާ ބަހައްޓައިގެން ހުން ހުންނަ ކަމަށް ދައްކާ މީހުން ދެނެގަތުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށައިފިއެވެ.

08:55

ޖިންސީ ގޯނާ އިތުރުވީ ކުރިން އަޅާނުލެވި އޮތީމަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރޭ ވިދާޅުވުމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، ފާޑުވިދާޅުވެއްޖެއެވެ.

08:46

އެމެރިކާ އިން ފެނުނު ކޮރޯނާ ވައިުރަސް ޖެހިފައިވާ މީހާ އާއި ގާތްކޮށް އުޅުނު 16 މީހަކު ފާހަގަ ކުރެވި، އެމީހުންގެ ހާލަތު ބަލަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެއްޖެ.

01:33

އެއީ 2009 ވަނަ އަހަރު ފެތުރުނު ސުވައިން ފްލޫ އާއި 2014 ވަނަ އަހަރު ޕޯލިއޯ ފެތުރުމާއި އެފްރިކާގައި އެބޯލާ ފެތުރުމާއި، 2015-2016 އަށް ޒިކާ ވައިރަސް ފެތުރުމާއި 2018 ގައި އެބޯލާ ފެތުރުން

01:30

ޑަބްލިއު.އެޗް.އޯ އިން އެމެޖެންސީ އިޢުލާން ކުރާނީ މަދު ހާލަތެއްގައި. 2009 ވަނަ އަހަރުން ފެށިގެން 5 ފަހަރެއްގައި ޑަބްލިއު.އެޗް.އޯ އިންވަނީ ޕަބްލިކް ހެލްތް އެމަޖެންސީ އޮފް އިންޓަރނޭޝަނަލް ކޮންސާން އިޢުލާންކޮށްފައި

01:21

ކޮރޯނާވައިރަސްއާ ގުޅިގެން މިވަގުތަށް އެމެޖެންސީ އިޢުލާން ނުކުރަން ޑަބްލިއު.އެޗް.އޯ އިން ނިންމައިފި

ޑަބްލިއު.އެޗް.އޯ މިހާރު ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއު.އެޗް.އޯ އިން ބުނީ "އައުޓް ބްރޭކް" އެއްގެ ގޮތުގައި ކަނޑައަޅާ މުޅި ދުނިޔެ އަށް އެމެޖެންސީ އިޢުލާން ކުރުމަށް އަދި އިތުރު މަޢުލޫމާތު ބޭނުންވާ ކަމަށް. އަދި އެމެޖެންސީ އިޢުލާން ކުރުމާމެދު ގޮތެއް ނިންމުމަށް މާދަމާ އަނެއްކާވެސް ޑަބްލިއު.އެޗް.އޯ ގެ ދެ އޮފިޝަލަކު ބައްދަލު ކުރާނެ

 

 

01:10

ޑަބްލިއު.އެޗް.އޯ އިން ބުނެފައިވަނީ ޗައިނާގެ ވުހާން ކަރަންޓީން ކުރުން ވެގެން ގޮސްފައިވަނީ މި ވައިރަސް ކޮންޓްރޯލް ކުރުމަށް އެޅުނު މުހިންމު ފިޔަވަޅަކަށް ކަމަށް.

01:09

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެފައިވަނީ މިވައިރަސް ޑައިގްނޮސް އެހެން ޤައުމުތަކުން ހެދިފައިވަނީ ވައިރަސްއާ ގުޅޭ މަޢުލޫމާތު ޗައިނާއިން އެހެން ޤައުމުތަކަށް ހާމަ ކުރުމުން ކަމަށް.

 

01:07

ކޮރޯނާ ވައިރަސްއާ ބެހޭ ގޮތުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ނޫސްވެރިންގެ ބައްދަލުވުމެއް މިހާރުދަނީ ކުރިޔަށް

00:55

 

00:17

ޗައިނާހެ ވުހަން ސިޓީއަށް ކޮންމެހެން ދާން ޖެހިއްޖެ ހާލެއްގައި ނޫނީ ދަތުރު ނުކުރުމަށް އިނގެރޭސި ވިލާތުގެ ހާރިޖިއްޔާއިން އެދިއްޖެ

ފާއިތުވި 24 ގަޑިއިރުތެރޭގައި ފާހަގަ ކުރެވުނު ޚަބަރުތަކަށް ބަލާއިރު މިއަދުވެސް ވަނީ ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއްގެ ޚަބަރު ލިބިފައެވެ. އެގޮތުން 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ސިފައިންގެ ބޭކަލަކު ހައްޔަރުކުރި ޚަބަރުވެސް ހިމެނެއެވެ.

އިއްޔެ ހިނގި ކަންކަމުގެ ތެރޭގައި ހަ އަހަރުގެ ކުޑަކުއްޖަކު ކަނު ބަނުމަށްފަހު ޖިންސީ ގުޅުން ހިންގި ޚަބަރުވެސް ހިމެނެއެވެ.

މިރޭ ވަނީ ލޯންޗް އެކްސިޑެންޓެއްގައި މީހަކު ނިޔާވެފައެވެ.

ދުނިޔޭގެ މަސްރަހުން ވެސް މިއަދު ފާހަގަ ކުރެވުނު އެންމެ މުހިއްމު ޚަބަރަކީ ކޮރޯނާވައިރަސްގައި މަރުވި މީހުންގެ އަދަދު 17 އަށް އެރި ޚަބަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާބަސް

    ވަގުތު މީހުން މިއުޅެނީ ޖިންސީ އަކުން ނުނައްޓައިގެން..

    3
    8
  2. ސާފު

    ޓީމުން ޔަޤީން ކޮއްލަދީބަލަ ރޭގަ އެއަރޕޯޓްގަ ހާލުދެރަވެގެނ އުޅުނު ފަތރުވެރިޔަކު ޗެކްކުރިއިރު ޕޮޒިޓިވް އޯ ކޮރޯނަރ އަށް . ޢަޅެ ސެކުރިޓީއަަށް ގުޅާފަ ކޮންފާމް ކޮއްލަދީބަލަ