މާލޭގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލާގައި މިރޭ ހައްޔަރު ކުރީ ސިފައިންގެ މީހެއްކަން "ވަގުތު"އަށް ކަށަވަރުވެއްޖެއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ، މިރޭ އިރޮއޮއްސި 18:30 އެވެ.

އޭނާގެ މައްޗަށް ފުލުހުން ކުރަނީ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، ބްލެކްމެއިލްކުރުމުގެ އިތުރުން ރޭޕްކުރުމުގެ ތުހުމަތެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ސިފައިންގެ މީހަކު ހައްޔަރުކުރުމާއި ގުޅިގެން އެމްއެންޑީއެފް އިން އެއްޗެއް ހާމަކޮށްފައިނުވި ނަމަވެސް، އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، ފުލުހުން ބަލަމުންދާ މައްސަލައެއްގައި ސިފައިންގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމުގެ މައުލޫމާތު ރަސްމީކޮށް ފުލުހުން އެމްއެންޑީއެފަށް އަންގާފައިވާ ކަމަށެވެ.

އެ ކުއްޖާ ރޭޕްކޮށްފައި ވަނީ، ކޮން އިރަކުކަން ފުލުހުން ހާމަކޮށްފައެއް ނުވެއެެވެ.

އެމްއެންޑީއެފް އިން ވަނީ ސިފައިންގެ މީހެއްގެ ފަރާތުން އެފަދަ ދަށު ދަރަޖައިގެ ލާއިންސާނީ އަމަލެއް ހިނގާފައިވާ ކަމުގެ މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާ ކޮށްފި ނަމަ އެ މައްސަލައެއް ވަގުތުން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

ކުޑަކުއްޖަކަށް ރޭޕް ކުރި މައްސަލައެއްގައި ސިފައިންގެ މީހަކު ހައްޔަރުކުރިއިރު، އުމުރުން ތިން އަހަރު ކުއްޖަަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި 76 އަހަރުގެ ފިރިހެނަކުވެސް މިއަދު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އިންސާާނާ

    އަޅެ ކަލޯ އިންނާނެ މީހަކު ނުވީތަ.. ކާކަށްދޯ ކެރޭނީ ތިކަހަަލަ ގޮތެއްނެތް މީހަކާ އިންނަންވެސް ކެރޭނީ. ސާބަސް ހަމަ ކަލޯއަށް ކުރި ހުވަޔަށް ރައްކާތެރި ނުވެވުނުތާ އެކީ މަސައްކަތްކުރާ ރަޙްމަތްތެރިންނަށްވެސް ނުވިސްނި.. މީހުން އެއްޗިހި ކިޔާނެކަން މުޅި ހުރިހާ ސިފައިންގެ އެންމެނަށް ވިއްޔާ.

    45
  2. މުހައްމަދު ދީީދީ

    ރައިސް މުހައްމަދު ނަޝިދުއަށް
    މަޖިލިސް ކުއްލި ޖަލްސާއެއް ބާވަގެން ވިޔަސް . މާފުނުދެވޭނެ . ކުށުގެ އަދަބުގެ މުއްދަތު ކުރުނުކުރެވޭނެ ކުށެއްގެ ގޮތުގައި .ތަހުގީގު ބަންދުގެ މުއްދަތު ތަހުގީގު ނިމެންދެން މުއްދަތު ޖަހަންޖެހޭ ކުށެއްގެ ގޮތުގައި ޖިންސީ އަނިޔާގެ ކުއް ހަދަންޖެހޭ. ސުކުއްރިޔާ ޒީރޯ ޓޮލަރެންސް.

    36
    3
    • Anonymous

      ލާދީނީ ހަރުކަށި ހައްދު ފަހަނަ އަޅާފައިވާ އެމްޑީޕީގެ ލާދީނީ ނަޝީދުމެން ހޯރައިއްބެ ކިޔާ މީހަކު ދޫކުރީ އެއީ ކޮން ގާނޫނެއް ގަވާއިދެއްގެ ދަށުންތައް. 18 އަހަރު ނުފުރޭ ކުއްޖަކާއި އެކު ޒިނޭކުރަން ތިއްބާ އަތުލައިގަތީ.

      26
      3
  3. ނަން

    ބުލެކްމެއިލް ކޮށްފާ ތިވަނީ ކިހިނަކުން؟ އެކުއްޖާވެސް ތީގަ އެބަހުރި އެމީހަކާ ވާހަކަ ދެކެވިފަ. އުޅޭނެ ގޮތަކަށް އުޅެން ބޭއްތިއްބީމަ ވާނީ ޗަހެންނު. ފޯނު ތަކާ ލެޕް ތަކާ އެއްޗިސް ދީފަ އިންޓަނެޓް ގުޅުވާފަ ބައިތިއްބާ ނަންވާނީ އޭރަކު އޮންނަ ސަރުކާރެއް.

    40
    9
  4. ހިޔާ

    ދިވެހިރާއްޖޭގެ 18 އަހަރުން ދަށުގެ އާބާދީ ގެ ގިނަ ކުދިން ނަކީ މައިންބަފައިން ގެ އިހުމާލުން ހަލާކުވެފައިވާ ކުދިން. ކުޑަކުދިން ނާ ބެހުމުގެ ވާހަކަ ސޯސަލްމީޑިއާގަ ދައުރުވާ އިރު، ކާކު ތޯ ވިސްނާލީ، ފެންނަން އޮތް ހަގީގަތަކީ ތިމާގެ ދަރި ރޭގަޑު ހަތަރު ދަމު ކޮންމެސް ފިރިހެނެއްގެ ސައިކަލް ފަހަތުގައި، ނޫނީ ޕާޓީ ކުރުމުގައި، ދެން ކަމެއްވާއިރައް، އެންމެން އެވާހަކަ މި ދައްކަނީ ދަރިން އުޅޭ ނޫޅޭ ގޮތަކަށް އުޅެން ދޫކޮށްފައި، ރާއްޖޭގެ ހެދިފައިވާ ގާނޫނު ތަކުން 18 އަހަރު ނުވާ ކުދިންނަށް ބެލެނިވެރިން ނާ ނުލައި މަގުމަތީ އުޅޭ ކަމުގައިވާނަމަ ހުއްޓުވައި އެކުދިންގެ މައިންބަފައިންނާ ދޭތެރޭ ފިޔަވަޅުއެޅެންޖެހޭ.

    65
    2
  5. ގެމަ

    އާޗާ ޕޮލިހުންނަކީ ހަމަ ނަމޫނާ ބައެއް! މީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ތިބޭ ބައެއް މިއީ އަދި. މީ މިމީހުންގެ ފެންވަރު ހުރި ހިސާބު. ފެއިލްޑް ޕޮލިސް!

    22
    6
  6. މަންމަ

    ނެތެއްނު ސަލާމަތެއް. ދީނާ ގައުމު ހިމާޔަތް ކުރަން މާތްﷲ ގަންދީ ހުވާކޮށްގެން ތިބޭ މީހުންވެސް ކުޑައަންހެން ކުދިން ލޫޓުވަމުން ދުވަނީ. ގައުމުގެ އަންހެން ދަރިންނަށް ނުދެވުނު ހިމާޔަތެއް ގައުމަށް ދެވޭނެތަ؟

    36
    2
  7. މޮޔަެބެ

    ދިވެހި ފިރެހެނުން ހާދަ މުރުއްވަތް ތެރިކަން ނެތިއްޖެޔޭ އެހާ ވަހުޝީވީމަ މަބިރުގަނޭ . މަމިއުޅެނީ ރާއްޖޭން ދާން މަގޭ އަންހެންދަރި ޔަށް އިންނާނެ މީހަކު ހޯދައި ދޭން އެހެން ގައުމަކަށް އެންމެންނަށް ސަލާމާ ހެޔޮދުއާ މަގޭ ފަރާތުން. އާފަހެ ދުލަކުން ބުންޔަކަސް އެލަކުނިއްނާމުން ރޭޕިސްތާނާ އެއްފެންވަރު ވެއްޖައޫ ވިއްޔަ

    20
    2
  8. ަެއެޑަމް

    ކީއްވެބާ މިމިހަާގެ ނަމާއި ފޮޓޯ އާއްމުނުކުރަނީ ؟؟؟؟؟؟؟؟؟؟؟؟

    17
  9. Anonymous

    ތިއީ ހައްދު ފަހަނަ އެޅި ހަރުކަށި ގޮތް ކުޑަ ރަހުމުކުޑަ ލާދީނީ ސިފައިންގެ މީހަކު ކުރިކަމެއް. ރޭޕް ސިފައިން.

    10
    2
  10. މޯދީ

    ސީޒަން ފެށުނީ. ތިޔަ ބުނާ ކުޑަކުދިން ބޮޑެތި ފިރިހެނުންނާއި އެކު ލާހޫރޭ ތަން ނުފެނަ މީހެއް މާލޭގަ އުޅޭތަ. ގެސްޓްހައުސްތަކާ އަނދިރި ތަންތަނުގަ ޤުރުއަާން ކިޔަވަންތަ ތިބެނީ. ކޮބާ މައިންބަފައިން. ބެލެނިވެރިން. އަހަރެން ހައިރާންވޭ ހަމަ. ފައިސާއަށް ތިކަންކުރާ 18 އަހަރުން ދަށުގެ ކުދިން އުޅެއޭ ވެސް މީހުން ކިޔާ.

    19
  11. ޖަރުމަނު އަލީ

    ކުޑަ ކުއްޖަކަށްވަނީ ދިވެހިރާއްޖޭގެ ގާނޫނުގައި 18 އަހަރު ފުރުމުން ކަމަށް އޮތަސް ކުއްކާ ބާލިއުވެ ފަތްފަޅާގެން ބޭރުތެރެއަށް ނުކުމެ ދުވަންފަށާ ރާއްޖޭގައި 14 އަހަރުން ނެއްޓޭއިރަށް އަދި މިފަދަ ކުދިން ރުހުމުގައި ވަރަށްގިނައިން އެކުދިން ލޯބީގެ ގޮތުންގުޅިގެން އުޅޭ ކުދިންނާއެކު އެކި ގޮތްގޮތަށް އުލޭ، ރާއްޖޭގައި ކައިވެނި ކުރެވޭ އުމުރު އެބަޖެހޭ އިތުރަށް މުރާޖާކުރަން، އެމްއެންޑީއެފްގެ މީހާއަށްވެސް މިދިމާވީ މިފަހަރު މިހެން.

  12. މުސްކުޅިޔާ

    މުސްކުޅިން ނިކަން ހިތް ކިޔާނެ ކުޑަކުދީންނަށް. އެކަމަކު 14 އަހަރުވީމާ ހިތެއް ނުކިޔާނެ. 6 އަހަރު 7 އަހަރުފުރުނީމަ ހޭވެސް ނުހުންނާނެ.

  13. މާރީ

    ތިގާނޫނު ބަދަލްކުރަންވީނޫންތޯ 15 އަހަރުވީމަ ބޮޑުމީހަކައްވީ އަންހެނާ ބާލިޣުވުމަށް ފަހު އެއަންހެނާ ފިރިހެނުންނަށް ބޭނުންވާނެ ކަންނޭގެނީތޯ ފިރިހެނުންގެ ބޮލުގައި ތިޒިމްމާއަޅަނީ ތިކުއްގިނަވަނީވެސް ތިކަމާއިހެދި އަހަރެން މީއަންހެނެއް އަހަރެންގެ އުމުރުން 15 ހަރުގައި މީހަކާއި އިނީ 16 އހަރުގައި ފުރަތަމަ ކުއްޖާވިހައީ 35 އަހަރުވީއިރު 10 ކުދިން ވިހައީ ﷲ ހުގެރަހުމަތުން އަޅުގަނޑުގެ ސިއްހަތު ރަންގަޅު އަދި ކުދިންގެ ސިއްހަތު ރަންގަޅުﷲ ހުގެރަހުމަތުން ކުދިންވެސް ރަންގަޅު 15 އަހަރުން ދަށުގައި ތިބޭނީ ކުޑަކުދިން ކަމަށް މިމްމާފަ ގާނޫނު ބަދަލްކުރޭ

  14. ޙަކީމް

    މާރިޔާ ގެ އަސްލު ކުޅިގަނޑު ފެށުނީ ދޯ، ދިވެހިންނޭ ވިސްނާގެން ތިބޭތި، މި ޤައުމަށް އިންޑިޔާ ސިފައިން ގެނެސް ދާއިމީ ކޮށް ބޭތިއްބުމަށް ކުރައްވާ ސިލްސިލާގެ މަސައްކަތް ފެށިފަ ތި އޮތީ، ހުރިހާ ވުޒާރާ އެއް ބަދުނާމު ކުރާނެ، ޑިފެސް މިނިސްޓުރީން މާރިޔާ އެންމެ ބޮޑަށް ބަދަލް ހިފާނީ، އަނެއްކާ އެބުނާ ބަޤާވާތުގެ ބައިވެރިވި މީހެއބާ ތީ؟

    3
    1