ޙުކުމް ތަންފީޒު ކުރަމުން ގެންދިޔަ ގައިދީއަކު މިއަދު ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗަށް ގެންގޮސްގެން އުޅެނިކޮށް ފިލައިފިއެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފިލާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޙުކުމް އިއްވާފައިވާ ގައިދީއެއް ކަމަށެވެ.
އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ގައިދީ ފިލިއިރު އޭނާ ކައިރީގައި ކަރެކްޝަނަލް ސާވިސްގެ ދެ އޮފިސަރުން ތިބި ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި އުމުރުން 24 އަހަރުގެ އައިސަރު ނަސީމް ޑޮކްޓަރަށް ދެއްކުމަށް މިއަދު ހެނދުނު އައިޖީއެމްއެޗަށް ގެންގޮސްފައި ވަނިކޮށް ފިލާފައިވާ ކަމުގެ މައުލޫމާތު މިއަދު ކަރެކްޝަނަލް ސާވިސް އިން ފުލުހުންނަށް ދީފައިވާ ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުން ދަނީ ކަރެކްޝަނަލް ސާވިސް އަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މަރުޚަބާ ކޮމިޝަނަރ އޮފް ޕްރިޒަންސް 🙂
މި ސަރުކާރުން މަސްތުވާތަކެއްޗާއި ޖިންސީ ގޯނާ ގެ ބޮޑެތި މުޖިރިމުން ފިލުވައިދެނީ. ހޯރަ އިއްބެ ޗިކާ ފަދަ މީހުން މީގެ މިސާލެއް
ތިޔަ ބުނާ ޗިކާ އެއްގެ މައްސަލައިގެ އެންމެ ފުރަތަމަވެސް ދެވަނައަށް ވެސް ކުށް ސާބިތު ނުވާކަމަށް ހކުމްކުރީ ގަދަފަދަ ޔާމީނުވެރިކަމުގަ..ދެން ހޯރަ އިއްބެ ޖަލަށް ލައިފަ ހުކުމް ނިމެން ދުވަސްކޮޅަކަށްވީމަ ނެރުނީ
އެއީ ރޫޙާނީ މީހެއްބާ؟ ކަރެކްޝަންގެ 2 އޮފިސަރުން ކައިރީގައިތިއްބާ ފިލޭނީ ރޫޙާނީ މީހަކަށް ވާތީކަމަށް ފެންނަނީ.
އަދުގެ ސަރުކާރުގެ ހާލަތު. ކީއްތޯ ކުރާނީ. ބުއްފުޅި ޖައްސައިގެން ގެންގުޅެއް ޖެހެނީ
ވެރިއަކަށް ހުރިމީހާ ބަދަލުކޮށްފި، އޭނަ ބުނަނީ ދެން ރަނގަޅުވާނެއޭ. ހެހެހެހެ.
ފުޅު ސީޕީ ކަމާއި ޙަވާލުވިތާ 02 ދުވަސް
ފިލު ވީ
ފިލުވީ
އާ ސީޕީ އާއެކު ބާރު ސްޕީޑްގަ މަސައްކަތް ފަށައިފި
އޮފިސަރުން ކައިރީގައިތިބީ ނިދާފަތަ؟
ގަޔަކު އަތެން ނުލެވޭ. ވަނީ އަނިޔާ ކުރާކަމަށް. ބުއްފުޅި ސަރުކާރު. އަދިވެސް މަދީ ފިލާވަރު.
ބުއްފުޅި ސަރުކާރު އަދިވެސް މަދީ ފިލާވަރު. ގަޔަކު އަތެއް ނުލެވޭ. ވަރަންއެގި ހުރެ މިބުނަނީ.
މަރުހަބާ އައުކޮމިޝަނަރު.
އާނ އެހެންތާ ވާނީ މާލެ މީ ސަބް ކޮންޓިނެންޓަކަށް ވުރެވެސް ބިން ބޮޑު ތަނެއްވިއްޔަ ދޯ ލާދީނީ ސަރުކާރާ
އާކޮމިޝަނަރު ކުށްވެރިންނާއެކު އޮފިސަރުން ފޮނުވަނީ ލޯކަނުކޮށްފާބާ؟ ދެއޮފިސަރުން ތިބިއޯ.
ހާދަ ފަރުވާ ތެރި ތެރިޔޭ ދޯ ކަރެކްޝަނަލް ސާވިސް ޝައްކުކުރެވޭ ޢެއްޗެއްގެ މައްސަލައި ގެމުޖުރިމެއްނު މިސަރު ކާރެއްނުހިންގޭނެ އެެޭގެވިޔަފާރިނުކޮއްށެއް އެހެންވީމަ އެފަދަކުއް ވެރިން ދޫކޮއްގެން ޝައްކުވާ މަސްތުގެ ފިޔަފާރި ކުރިޔަށްދާނީ!
ސާބަހޭ ސާބަހޭ