އަންހެންކުދިން ހިތާނު ކުރުމަކީ ޖިންސީ އަނިޔާ ކުރުން ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޓްވީޓްގައި ނަޝީދު ވިދާޅުވީ އަންހެންކުދިން ހިތާނު ކުރުމަށް ފަތުވާއެއް ބޭނުން ނުވާ ކަމަށެވެ. އަދި އެއީ ހިތާނު ކުރުމުގެ ނަމުގައި ދޭ ޖިންސީ އަނިޔާކަމަށް ވިދާޅުވިއެވެ.

"އަންހެންކުދިން ޚިތާނު ކުރުމާއި ގުޅޭ ގޮތުން ފަތުވާއެއް ބޭނުމެއް ނުވޭ. މިހާރު ވާނީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު ފާސްކޮށް ތަންފީޒު ކުރެވިފައި. އެކުދިން ޚިތާނު ކުރުމޭ ކިޔާ ތިކުރަނީ ޖިންސީ އަނިޔާ. މިފަދަ ކަންކަމަށް ހިތްވަރުދޭ މީހުންނަށް ވެސް ފިޔަވަޅު އަޅަން ޖެހޭ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، އަންހެނުން ހިތާނު ކުރުމުގެ ހުކުމާއި މެދު ލަފަޔަކަށް އެދި ފަތުވާ މަޖިލީހަށް، އިސްލާމްކް މިނިސްޓްރީން ހުށަހެޅުމެއް ހުށަހަޅާފައި ވަނިކޮށެވެ.

އެ ހުށަހެޅުން ފަހުން އެ މިނިސްޓްރީން ވަނީ އަނބުރާ ނަގާފައެވެ. އަދި ސިއްހަތާއި ބެހޭ ވުޒާރާއިން ވެސް ވަނީ އެ ކަމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާ، އެއީ ހިއްވަރު ދޭ ކަމެއްވެސް ނޫން ކަމަށް ވިދާޅުވެފައެވެ.

އަަންހެނުން ހިތާނު ކުރުމަކީ އިސްލާމް ދީނުގެ ޝަރީއަތުގައި އޮންނަ ކަމެއް ނޫން ކަމަށާއި، އެމީހުން ހިތާނަ ކުރަން ނުޖެހޭނެ ކަަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްވެސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ފފފފ

    އެއަނިޔާ ލިބިފައިތިބި ހުރިހާ އަންހެނުންނަށް ދައުލަތުގެ ބަޖެޓުން ބޮޑުކޮށް ބަދަލުދޭންވީނު. އެމީހާގެ އުމުރާގުޅޭގޮތުން، އުމުރުން ވާ ދުވަހަށް އިތުރުވާ ގޮތަށް މިއަނިޔާއަށް ދައުލަތުން ބަދަލުދީބަލަ.

    27
    4
  2. ސަމީ

    ކޮބާ ހޯރަ އިއްބެ އޭނަ ދޫކުރީ ކާކު ލަދު ކުޑަ

    24
    4
  3. ބުއްޅަބޭ

    މައުމޫނު ދެން ކޮންމެ އެއްޗެއްކިޔަސްވެސް، އެއަކީ އެހާ ވެލޫޑް އެއްޗެއްވެސްނޫން! މުސްކުޅިވެގެންގޮސް ކިޔެ ނުކިޔޭ ނޭގެ މިހާރު!

    21
    7
  4. ކޮރަލް

    އަންނި އިސްލާމް ދިނާ އަލައިގަނެގެން އުޅޭ ސަބަބެއް ނޭނގެ އެވެ. ޑްރަގް ވިއްކުން ބުއިން ރާބުއިން ބޮޑު ކަމަކަށް ނުހަދަ އެވެ.

    26
    6
  5. މުކި

    ވަރަށް ރަނގަޅުވާހަކަފުޅެއް

    15
    21
  6. ޞަޖަު

    ބޮޑު ލާދީނީ ނަޝީދު ށް ދޫނުކުރެ ބޮޑު ވަބާއެއް މިއޮތީ ޖެހިފަ

    26
    9
  7. ނޫސްކިޔާމީހާ

    މިދެން ހާދަވަރުގަދަ ކަމެކޭ އަޅޭ މުޅިޤައު އަންހެންކުދިންގެ ތަންތަނާ އަޅާ ގަނެގެން ނެއްޓެން ނޭގިފަ. ބައެއް މީހުން ކުޑައެއް ބޮޑެއް ނުބަލާ އަންހެނުން ރޭޕްކުރުމުގަ. ޢަނެެއްބަޔަކު އަންހެނުން ހިތާނު ކުރާތީ .

    7
    3
  8. މަ

    މިފަހަރު މަ އަންނިއާ އެއްކޮޅު

    9
    11
  9. ފަގީރުކަލޯ

    ވީއިރު ކީއްވެ އަންހެންކުދީންނަށް އެވަރުގެ އަނިޔާއެއް ދޭ މީހުންނާ އެކަމަށް ބާރު އަޅާ މީހުންގެ މައްސަލަ ނުބަލާ ދޫކޮށްލައިގެން ތިބެނީ؟ ހަމަ ޔަގީން 80 އިން މަތީ ފިރިހެނަކަށް ކުޑަ އަންހެން ކުއްޖަކަށް އަނިޔާއެއް ވާވަރަކަށް އެކަމެއް ނުކުރެވޭނެ.

    2
    3
  10. އެސޮރު

    މިޔަކީ ކިޔޭނުކިޔޭއެއް، އުޅެވޭ ނޫޅެވޭ، އަމަލެއް ލަމައެއް ނެއް ހިނދުކޮޅު އަންނަ ބޭފުޅެއް.

    11
    4
  11. ސީސީ

    ކިހާ ބޮޑު ކަމެއް. ތިޔަ އަންހެނުން ނޫން އެހެން ވާހަކައެއް ދައްކަބަލަ. މުޅިންވެސް ރީތި ބަހުން ހަޔާތް ގޮވުން. އިސްލާމިކު މިނިސްޓަރުވެސް އަންހެން ކުދިންގެ 'އެތަންކޮޅު' އޭންގެ ޚިޔާލުގަ އެނބުރެނީ. ވަހުޝީ ވަހުޝީ ވަހުޝީ. ޗީޗީޗީ. ދެން އެހެރަ ނަޝީދު އަނގަފަޅާނެ ކަމެއް އެފެނުނީ. ބޯހަލާކު.

    4
    4
  12. Anonymous

    އަންހެނަކަސް ފިރިހެނަކަސް ހިތާނު ކުރުމަކީ ފައިދާހުރި ކަމެއްތޯ ނުވަތަ ނޫންތޯ ނިންމަން ކަލޭތީ ކާކު...

    އިންސާނުންނަަށް ގޮތް ކިޔާނީ އިންސާނާ ޚަލްގު ކުރެްްވި ފަރާތުން.. އެއީ ކަލެއާ މަށާ ބެހޭ ކަމެއް ނޫން.

    9
    1
  13. ޙަސަނާ

    މީނަގެ ރޭވުމައްލަފަޔައް އެދުނީ ވެސް ބޭނުމަކި މ 5 އަހަރު ތެރޭ ކޮންމެސް އެެއްޗެއްކިއައިގެންވެސް ދިވެހޮޒުވާނުން ދީނާދުރުކުރުން ..

    2
    1
  14. އަހަންގޯތިސޮރު

    އޭ ކައޭ އަނެއްކާ އެކަން ނުފަށްޓަށްޗޭ އޭރުން މިއުޅޭ ރީނދޫ ފިރިހެނުން ކުދި އަންހެންކުދިން ކާލުމަށް އާ ވިޔަފާރިއެއް ފަޢްޓަފާނެ. ކަލޭ ތީ ނުރައްކާ މީހެކެވެ . އަބަދު ތިހުންނަނީ ހިނދުކޮޅު އައިސްފަވިއްޔަ ކޮންމެ ފަދަ ގަރާރެއްވެސް މަޖީހަށް ހުށައަޅާ ބަލައިވެސް ގަނެފާނެ

    2
    1
  15. ނަޝީދަށް

    ކަލޭތީ ދެއުޅި އެއއްނުވާ މީހެެއް.

    4
    1
  16. އަހްމަދު

    އެކަމަށް ހިތްވަރުހޯދަން ސިޓީ ފޮނުވީ އިސްލާމިކް މިނިސްޓަރު. އެހެންކަމުން އިސްލާމިކް މިނިސްޓަރާ މެދު ހަރުކަށި ފިޔަވަޅު އަޅުއްވާ.

    2
    1
  17. ޑެންމާކް

    އިސްލާމްދީނާށް ފުރައްސާރަ ކުރުމަކީ ކުފުރުވުމެއް.

    5
    1
  18. .......

    ފިރިހެނުންން ހިތާނުކުރުމުން އަނިޔާއަކަށް ނުވެފަ އަންހެނުން ހިތާނު ކުރުންް އަނިޔާއަކަށްވަނީ ކޮން ހަމައަކުންތޯ....؟އެއީ އެއްވެސް ކަހަލަ އަނިޔާއެއްނަމަ އިސްލާމްދީނިގައި އެކަން ހުއްދަ ކަމަކަށްވާނެތޯ....؟

    4
    1
    • ކުއްޖާ

      އެވެސް އަނިޔާއެއް. ޓެރަރިޒަމްގެ އަމަލެއް . ކުއްޖާއަ ކުރެވޭ ޓޯޗަރު ކުރުމެއް. މުޅި އުމުރު ހިތުން ނުފިލާ ނަފްސާނީ ޖިސްމާނީ ޖިންސީ އަނިޔާއެއް ލިބޭކަމެއް.

      1
      6
  19. މުހައްމަދު ނަސީދު

    މި އަންނި އަކީ ޤުރުއާން އާއި ސުންނަތް ނޫން ގޮތެއް ހޯދަން ބޭނުންވާ މީހެއް. އިސްލާމް ދީނުގައި ކަމެއް އޮންނަ ގޮތެއް މި މީހާ ބަލާކަށް ބޭނުމެއް ނުވާނެ! "އެޖެންޑާ 19" ވަރައް ތަފާތުވާނެ. އެންމެހާ ދިވެހިންނޭ ވިސްނަވާ!!! ދިވެހިންގެ އަތުން އިސްލާމް ދީން ނެގިގެން މި އޮއްދަނީ.

    1
    1
  20. موسى

    އިބިލީހުގެ ބަހަށް ކޮންމެހެން ރައްދު ދޭންޖެހޭ ހެއްޔެވެ؟ ޝަރުޢީގޮތުން އައިސްފައިވާ އެއްވެސް ކަމެއްގައި ބަސްކިޔުމުގައި އިބިލީހަށާއި އެނޫންވެސް ޝައިޠާނުން ނަކަށް އެއްވެސް ހައިސިއްޔަތެއް ނެތް!