މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހެވީ ވެހިކަލާއި ބަސް ދުއްވުމަށް އަންހެނުން ހޯދަން އިއުލާން ކޮށްފިއެވެ.

އެ ކުންފުނިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މި މަގާމު ތަކަކީ ހަމައެކަނި އަންހެނުންނަށް ހާއްސަކޮށްގެން ހުޅުވާލައިފައިވާ މަގާމުތަކެއް ކަމަށެވެ. އަދި މި މަގާމުތަކަށް 18 އަހަރާއި 35 އަހަރާއި ދެމެދުގެ ކޮންމެ އަންހެނަކަށްވެސް ކުރިމަތި ލެވޭނެ ކަމަށް އެމްޕީއެލް އިން ކޮށްފައިވާ އިއުލާނުގައި ވަނީ ބުނެފައެވެ.

މި މަގާމުތަކަށް ހޮވޭ މީހުންނަށް ފުރަތަމަ ދޭނީ ހަމަސް ދުވަހުގެ ތަމްރީނެވެ. އެމުއްދަތުގައިވެސް އެފަރާތްތަކަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށް ނިންމާފައިވާކަމަށް އެމްޕީއެލްގެ އިއުލާނުގައި ވެއެވެ. މި މަގާމުގެ އެލަވަންސަކީ 6000 ރުފިޔާއެވެ.

އެމްޕީއެލް އިން ހިންގާ ޓްރެިނިން ޕްރޮގްރާމް ތައް ފުރިހަމަ ކުރުމުން އެމީހަކަށް ހެވީ ވެހިކަލާއި ބަސް ދުއްވުމުގެ ލައިސަންސް ދެވޭނެ ކަމަށާއި އަދި އެއަށްފަހު ވަޒީފާގައި ދާއިމީ ކުރާނެ ކަމަށް އެއިއުލާނުގައި ވަނީ ބުނެފައެވެ.

މި މަގާމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލައިފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ މުއްދަތަކަށެވެ.

ހެވީ ވެހިކަލް އާއި ބަސް ދުއްވާ އަންހެނުން ރާއްޖެ އިން އެއްވެސް ވަރަކަށް ނުފެނެއެވެ. މާލޭގައި ޓެކްސީ ދުއްވަން ވެސް ހަރަކާތްތެރިވަނީ އެންމެ އަންހެނެކެވެ. ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ވަރަށް މަދު އަންހެނަކު ނޫނީ ޓެކްސީ ފަދަ ވެހިކަލެއް ވެސް ނުދުއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޢެމަންޖެ

  ޢިންސްޓޯލްމަންޓަށް ޓެކްސީކުރަން އެސްޓީއޯ އިން ނޫނީ އެމްޕީ އެލުން ކާރު ދޫކޮށްބަލަ! ޥާނެ އަންހެނުން!

 2. ހަނަފަސް

  ފިރިހެނުންނަން ކުއަނިޔާހުއްޓާލާ!!ތަފާތު ކުރުންހުއްޓާލާ! މިހާ ރުވަސް ކޮންމެ ދާއި ރާއަކައްކު ރި މަތިލުމުގެ ފު ރުސަތު ކަބަލުންނައް އޮވޭ އެކަމަކު ފިރިހެނައްނޯވޭ

  10
  2
 3. Anonymous

  ފެމިނިސްޓު ފިކުރު މި ލާދީނީ ސަރުކާރުން ފަތުރަނީ

  10
  1