މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު އިއްޔެ ކުރިއަށް ގެންދެވި ކެމްޕޭން ހަރަކާތްތަކުގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ގެނެސްދިނުމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިތުރު ދައުރަކަށް މާލޭ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ ޝިފާ މިހާރު ކެމްޕޭން ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ޓިކެޓް ހޯއްދެވުމަށެވެ. އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.

ކެމްޕޭން ކުރެއްވުމަށް ޝިފާ އިއްޔެ ވަނީ ވިލިމާލެ އަށް ވަޑައިގެންފައެވެ. ވިލިމާލެ އަށް ވަޑައިގެން ކެމްޕޭން ހަރަކާތްތައް ހިންގެވި މަންޒަރު ފެންނަ ފޮޓޯތައް ރޭ ސިޓީ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި އާއްމު ކުރުމުން ގިނަ ބަޔަކު ފާޑުކިޔަން ފެށުމާއި އެކު ފޮޓޯތައް ވަނީ މިހާރު ރިމޫވް ކޮށްފައެވެ.

ޝިފާގެ ކެމްޕޭން ކައުންސިލްގެ ފޭސްބުކް ޕޭޖްގައި އިސްތިހާރު ކޮށްފައި ވާއިރު ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާ ބުނާ ގޮތުން ސަރުކާރު މުވައްޒަފަކު އެމީހެއްގެ ވަޒީފާ ބޭނުންކޮށްގެން ނުވަތަ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމަކީ ކުށެކެވެ. އެކުށުގެ އަދަބަކީ ތިން އަހަރުގެ ދުވަހަށް ޖަލަށް ލުން ނުވަތަ ގޭބަންދު ކުރުން ނުވަތަ އަރުވާލުން ކަމަށް އެ ޤާނޫނުގައި ބުނެފައި ވެއެވެ.

ޝިފާ އިތުރު ދައުރަކަށް މޭޔަރު ކަމަށް ކެމްޕޭން ކުރައްވަމުން ގެންދަވާއިރު މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް މި ދައުރުގައި އެކަށީގެންވާ މަސައްކަތެއް ޝިފާ އަށް ވެސް އަދި ކައުންސިލްގެ އެހެން މެންބަރުންނަށް ވެސް ކުރެވިފައި ނުވާކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އަދި ކައުންސިލް އިންތިޚާބާއި ދިމާކޮށް ކައުންސިލްގެ ހަރަކާތްތައް އިތުރު ކޮށްފައިވާ ކަމަށާއި އެއީ ވެސް ކައުންސިލްގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރަމުން ގެންދާ ކެމްޕޭނެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖަރުމަނު އަލީ

    ހަތަރުވަރަކަށް ބަލިކުދިންނާއެކު މިދައްކާލި ފޮޓޯއިންވެސް ސިފާގެ ހަގީގަތް އެގޭނެ. ރައްޔިތުންނޭވެ ވިސްނާށެވެ.

    29
    • ޕސޓ

      ވިސްނާފަ ޑޮކްޓަރަށް ވެސް ދައްކުވައިފިން.. ބަލި ކަމަކަށް ނުބުނޭ

      1
      3
  2. ބޯހަލާކު

    މީހަމަ މޮޔައިންގެ ގައުމެއް..ދީނައް ފުރައްސާރަކުރީމަވެސް އޯކޭ، ރޭޕްކުރީމަވެސް އޯކޭ، ބަޖެޓް ހުސްކޮއްލީމަވެސް އޯކޭ...!!؟؟؟

    39
  3. ޗީޗީ

    މައު މޫނު ނަންވާނީ

    14
  4. މަންޖެ

    ޝިފާ ތިއީ ފެއިލްވެފައި ހުރި މީހެއް. ކޮންކެންޕޭނެއް ކުރާކަށް. ސިޓީ ކައުންސިލަށް ކުރެވުނުހާވެސް ކަމަކީ ޕާކިންޒޯނު ހަދާ ކުރިން ޕާކުރާ ތަންތަނުގައި ދެ ރޮނގުދެމުން. އެނޫން އެއްވެސް ކަމެއް ނުކުރެވޭ. ދެން މިހާރު މާކަންކަން ކުރާކަމަށް ދެއްކިގެން ފަޔަށް ހިނިއަރައިގެން އުޅޭހެން އުޅޭނެ ކަމެއްނެތް

    15
    1
  5. ހުސްޕާޓޭ

    ތިވަރުން ވާނެތަ! ފަހަރަކު ކިތަކެއްތަ! ކުދީނޭ ރަނގަޅު ފުރުސަތެއް ތިލިބުނީ ޑޮލަރު ޖީބަށްޖަހާލަން އެކަކުވެސް ބުދުކުރާތި ހަމަ ހަބޭސް

  6. Anonymous

    މަގުމަތީ ހުރި ހޮޅިތައް ނަގަން ބުނިފަހުން މިހާރު ހީވަނީ މަގުމަތީ ހުރި ހޮޅިތައް އިހުނައްވުރެންމާ ގިނަވެއްޖެހެން. މަގުތައް މޮނީޓާރ ކޮއް ބެލެހެއްޓުމުގައި ސިޓީ ކައުންސިލުން ވަނީ ފެއިލްވެފައި.