ހުޅުމާލޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް، ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުން ވިދާޅުވ،ީ މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 7:25 ހާއިރު ކަމަށެވެ.

އަދި އެ އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލޭ ޗަނބޭލިމަގުން އުތުރަށް ދުއްވާފައި ދިޔަ ކާރެއް އަނބުރާލަން، ޔޫ ޓާން ނަގަން އުޅުމުގެ ތެރޭގައި ކާރުގެ ރޭސް ޕެޑަލްއަށް ފިއްތިގެން ކޮންޓްރޯލުން ނައްޓާލައިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. ނަަމަވެސް އެ އެކްސިޑެންޓުގައި ޕާކުކޮށްފައި ހުރި ދެ ސައިކަލަށް ވަނީ އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ.

ފުލުހުން ދަނީ މިކަން އިތުރު ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަހާންގީރު

    ފުލުހުން އިތުރަށް ބަލަބަލާ ހުރޭ ހެޔޮނުވާނެ ސާބަސް

    14
  2. ކުށް

    ކުށްމަދު ކުރާ ށޯ ތީކިހިނެއް ވާނެކަމެއް ތިއުޅެނީ ދޮޅު އަހަރުގެ ތުއްތު ކުއްޖާ ރޭޕް ކުރި ބޮޑު3ސިންގާއަށް ގޮތެއްނެހެދިގެން ދެން ކިހިނެއް ކިތަމެބޮޑު ބޮޑު އޮޕަރޭޝަނެއް ކުރިޔަސް ކުށް މަދު ކުރާނީ ފަހަރެއް ގައި ގުނަވަންތައް ބުރިކުރާ އޮޕަރޭޝަނެއް ކޮއްފިއް ޔާމު ފަހަރެއްގައި ކާމިޔާބުވެދާނެ!