ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމްވެސް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަލްއުސްތާޒު އަބްދުއްރައޫފް އިބްރާހިމް އައްޔަންކުރުމާ ގުޅޭގޮތުން އެ
ކޮމިޝަނުގެ މަޝްވަރާއަށް ރައީސުލްޖުމްހޫހޫރިއްޔާ އެދިވަޑައިގެންފައިވަނިކޮށް މިދިޔަ ޑިސެންބަރު މަހުގެ ތިންވަނަ ދުވަހު ފަނޑިޔާރު ރައޫފުއާ ގުޅޭގޮތުން އެ ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
އެ ޝަކުވާތަކާ ގުޅޭގޮތުން އެ ކޮމިޝަނުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އަށް މަޝްވަރާ ދިނުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އަބްދުއް ރައޫފް އިބްރާހީމާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެންނާއި އަދި އެ މައްސައާ ގުޅިގެން އެ ކޮމިޝަނުން ހޯދި މައުލޫމާތަށް ރިއާޔަތްކޮށް، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ރައޫފު އައްޔަން ކުރުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް އެ ކޮމިޝަނަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ރައޫފުގެ ނަންފުޅު ރައީސް ޖޭއެސްސީއަށް ފޮނުއްވީ މިހާރު ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރަކަށް ހުންނެވި މުއުތަސިމް އަދުނާނާއި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ހުސްނުއް ސުއޫދުގެ ނަންފުޅާއި އެކުގައެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އިންނަވާ މެމްބަރެއްގެ ގޮތުގައި އެންމެ ފަހުން ހުންނެވީ ވެސް ފަނޑިޔާރު ރައޫފެވެ. ސުޕްރީމް ކޯޓަށް އައްޔަންކުރަން އޭނާގެ ނަން ފޮނުވުމުން އެ މަގާމުން ވަނީ އިސްތިއުފާ ދެއްވައިފައެވެ. ރައޫފުގެ އިތުރުން ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައީސް ސޯލިހު ފޮނުއްވެވި އެ ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒުވެސް ސުޕްރީމް ކޯޓަށް އައްޔަން ކުރަން ނުފެންނަ ކަމަށް ޖޭއެސްސީން ވަނީ ލަފާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކެޔޮޅު

    ދިޔާނާގެ ނަން ނޫނީ ދެން ހަމަ ހިލާ ފާހެއްނުވާނެ.

  2. މިއަދު

    ތިއުޅޭ އެމްޑީއެން ރިޕޯޓްލިއުނު ލާދީނީ ބައިގަނޑުގެ ނަން ފޮނުވަބަލަ އެއިރުން ފާސްވާނެ

    10
  3. މަރިޔަމް މޫސާ

    މިހާރު ވެސް މަޑުކަށީގެ މީހެއްގެ ނަން ދީބަލަ. ފާސްވާނެ. ޝަރުޢީ ދާއިރާއިން (އިސްލާމީ ތަޢުލީމު) ކިޔަވައިފަ ހުރި މީހެއް އެޖެންޑާ 19 އަކަށް ކަމަކު ނުދާނެ.

    10
  4. އަލިރަތް

    ހުންނާނީ ރާކަނިމަސް ކެވިފަ، މާ މޮޅުތަކެއް ވާނެކަމަށް ތިޔަ އުޅޭ ބައިގަނޑާ ގުޅިގެން އުޅެނިކޮށް ތިޔަ އޮތީ ކަށިޖަހާފައެވެ.

  5. ޢަލި

    ޜައޫފޫ ...... ހުންނާނެ ޑީލް ހެދިފަ