ޑޮކްޓަރަށް ދައްކަން އައިޖީއެމްއެޗަށް ގެންގޮސްގެން އުޅެނިކޮށް ފިލި ގައިދީ، ހޯދައި އޭނާ ހައްޔަރުކޮށްފިއެވެ.

ފިލާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޙުކުމް އިއްވާފައިވާ އއުމުރުން 24 އަހަރުގެ އައިސަރު ނަސީމެވެ.

އޭނާ ފިލާފައި ވަނީ ޑޮކްޓަރަށް ދެއްކުމަށް މިއަދު ހެނދުނު އައިޖީއެމްއެޗަށް ގެންގޮސްފައި ވަނިކޮށެވެ، އޭނާ ހޯދުމަށްފަހު މިހާރު ހައްޔަރުކޮށްފައިވާކަމަށް ކަރެކްޝަނުން ވިދާޅުވެއެވެ.

ކަރެޖްޝަނަލް ސާވިސް އުން ވިދާޅުވީ، މިއަދު ހެނދުނު އައިޖީއެމްއެޗް އިން ފިލި އައިސަރު ނަސީމު ފުލުހުންގެ އެހީތެރިކަމާއެކު ވަނީ ހައްޔަރުކޮށްފައި ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ 14:10 ހާއިރު ކަމަށް ކަރެކްޝަނުން ވިދާޅުވިއެވެ.

"މިހާރު މީހާ ހުރީ ކަރެކްޝަންގެ ބެލުމުގެ ދަށުގައި. މި މަސައްކަތުގައި ފުލުހުން ވެދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވަން". ކަރެކްޝަނުން ވިދާޅުވިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ އިން ކަމަށް މައުލޫމާތު ލިބެއެވެ.