ވިލިގިނލީގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ސީއީއޯ ސަސްޕެންޑްކޮށްފިއެވެ.

އޭނާ ސަސްޕެންޑްކޮށްފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ. އެހެން ނަމަވެސް އެއީ ކޮން މައްސަލައެއްކަން އެނގިފައެއް ނުވެއެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އޭނާ ކުޑަކުދިންގެ ހިޔާގެ މަސްއޫކިއްޔަތުތަކުން ދުރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ، އެ މައްސަލައަކީ އެހެން ކޮމިޝަނަކުން ބަލަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިޔާގެ ސީއީއޯ ސަސްޕެންޑްކުރިއިރު، އެތަނުގެ އުޅޭ ކުއްޖަކަށް ފުރައްސާރަ ކުރާ ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެެތަނުގައި އުޅެމުންދާ ކުއްޖަކަށް ފުރައްސާރަ ކުރާ ވާހަކަދައްކާ ވީޑިއޯއެއް ދާދި ފަހުން މީސް މީޑިއާގައި ވެސް ވަނީ އާއްމުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝައްފަ

    ތަން ހިންގަން ނޭނގޭ ސިޔާސީ މީހުން ފާޑުފާޑުގެ މަގާމު ތަކަށް ލާތި އަދިވެސް. ސަރުކާރުން ބަލަހައްޓާ ކުދިން ހަލާކު ކުރަނީ މިކަހަލަ މީހުން ހަމަ.

    11
  2. ގުލްދަސްތާ

    މީނާ ހުރި ސްކޫލްގެ ޕްރިންސިޕަލްކަމުން ކަޑާލީ ޒިންމާ ނުއުފުލައިގެން. ޢެކަމަކު މި ސަރުކާރުން އެނާއަށް ވަޒީފާދީ ބަދަލުގެ ފައިސާދިނުމަށްފަހު ބޮޑު މަގާމު ދިނީ. މިހާރު މިޖެހުނީ އެއް ތަނެއްގައިދޯ

    13