ފުލުހުންގެ އިންޓެލިޖެންސާއި، ފުވައްމުލައް ސިޓީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ފުވައްމުލައް ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ބަޔަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ، 23 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

ފުލުހުން ވިދާޅުވީ، އެ މީހުން ހައްޔަރުކޮށްފައި ވަނީ، ފުވައްމުލައް ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު 10:50 އެހައިކަންހާއިރު ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.

އެ މީހުން ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ހުރި 32 ރަބަރު ޕެކެޓު ފެނިފައި ވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު