ދ. ކުޑަހުވަދޫގަައި މޫދަށް ގޮސް އުޅެނު މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ނިޔާވެފައި ވަނީ އެރަށު ހިނާމާގޭ އުމުރުން 55 އަހަރުގެ ހުސައިން ރަޝީދު އަހްމަދެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ކުޑަހުވަދޫ ހުޅަނގު ފަރާތު ފަޅުތެރޭގައި އޮއްވާއެވެ.

އެރަށު ކައުންސިލް މެންބަރު ޖަމީލް "ވަގުތު"އަށް ވިދާޅުވީ، އޭނާ ފެނުނީ އެރަށު ހުޅަނގު ފަރާތު މޫދުން ކަމަށެވެ. އަދި އޭނާއަކީ އާދައިގެ މަތިން މޫދަށް ގޮސް އުޅޭ މީހެއް ކަމަށާއި، މިހާތަނަށްވެސް އޭނާ މޫދަށް ގޮސްފައި ވަނީ އެކަނި ކަމަށް ޖަމީލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވިގޮތުގައި، އެ މީހާއަކީ ސިއްހަތުވެސް ރަނގަޅު މީހެކެވެ. އަދި އޭނާގެ ހަށިގަނޑު މިވަގުތު އޮތީ ރަށު ހޮސްޕިޓަލްގައި ކަމަށް ޖަމީލް ވިދާޅުވިއެވެ.

އޭނާ ނިޔާވެފައި ވަނީ މިއަދު ހަވީރު 6:30 ހާއިރު ކަމަށް ޖަމީލް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެ މީހާ ނިޔާވީ ގެނބިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢާޝޯހު

    ޢު މުރުން ދުވަސްވީ މީހެކޭ.؟ އަދި 60 އަހަރުވެސް ނުވާ މީހެއް.

    20
  2. މަރިޔަމް

    ހުސް ކުއްލި މަރު??

    24
    2
  3. މަމްދޫޙާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ... ކޮންމެ މަރަކީ ދިރިތިބީންނަށް ވާ ޢިބުރަތެއް.
    މާތްﷲގެ ރުއްސެވުމާއި ފުއްސެވުމާއިއެކު މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި. އާމީން...

    54
    1
  4. ކުއްލި

    ކޮންމެ މަރަކީ މިސަރުކާރަށް އިބުރަތެއް ބިބޫގެ އުފާވެރި އާއަހަރަށް ކުއްލި އަލްވަދާއު ކީ ކިތައްވަނަ މަރުތަ މިއަހަރުގެ ކުއްލިމަރު

    6
    2
  5. އިލްޒާމް

    އިބޫ ދ. ކުޑަހުވަދޫ މޫދައްގޮސް އުޅުނު މީހަކު މަރުވެފަ އޮއްވައި ފެނިއްޖެޔޯ ތިމާމެން ކުރާނުބައި ކަންތައް އެހެން މީހުންގެބޮލު ގައި އެޅުވުމުގެ ނަތީޖާއެކިގޮތްގޮތަށް ފެންނަމުން މިދަނީ

    8
    2
  6. ހައްވަ

    މަށަށް ހީވަނީ މީ އުމުރުން 60 އަހަރުގެ ޖުވާނެއްހެން