ސިނަމާލެ ބްރިޖުގައި މަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެއިން މާލެއަށް ދަތުރު ކުރަމުންދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނޭނގެއެވެ.

މަންޒަރު ދުށް މީހަކު ބުނީ، އެކްސިޑެންޓުވީ ފަހަތުން ދުއްވާފައި އައި ސައިކަލު، ކާރުގައި ޖެހިގެން ކަމަށެވެ.

އެކްސިޑެންޓުވި ކާރު އަދި ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ވަނީ ވެފައެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު