ބުރާސްފަތި ދުވަހު ހިމަބިއްސަށް ޓެސްޓް ކުރެވުނު މީހުންގެ ތެރެއިން ޕޮޒިޓިވްވި ދެމީހުންގެ ތެރޭގައި ހުޅުމާލެ ޣާޒީ ސްކޫލުގެ ދަރިވަރަކު ހިމެނޭކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ހުޅުމާލެ ޣާޒީ ސްކޫލުގެ ދަރިވަރަކު ހިމަބިއްސަށް ޕޮޒޮޓިވް ވެފައިވާއިރު އެ ސްކޫލުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން 33 ދަރިވަރަކު މީސްލްސްގެ ވެކްސިންގ ޑޯޒްތައް ފުރިހަމަކޮށްފައި ނުވާކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ، ބަލިޖެހިފައިވާ މީހަކު ފެނުމުން، މިހާރުވެސް އެސަރަހައްދެއްގައި އަމަލު ކުރަމުންދާ ގޮތަށް، މައުލޫމާތު ދިނުމާއި އިތުރަށް ދެނެގަތުމާއި، ވެކްސިން ފުރިހަހަމަ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭ ކަމަށެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހި އަލުން ފެތުރެން ފެށިފަހުން މިހާތަނަށް 6 މީހަކަށް އެބަލި ވަނީ ޖެހިފައެވެ.

ޣާޒީ ސްކޫލުގެ ދަރިވަރަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާއިރު އެސްކޫލަކީ 1500 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިމަބިއްސަށް ސްކޫލް ދަރިވަރަކު ޕޮޒިޓިވް ވެފައި ވާއިރު ގިނަ ބަޔަކު އަންނަނީ ސްކޫލްތައް ބަންދު ކުރުމަށް މީސް މީޑިއާގައި ގޮވާލަމުންނެވެ. ނަމަވެސް ސްކޫލްތައް ބަންދު ކުރުމުގެ ވިސްނުމެއް އަދި އެޑިއުކޭޝަން މިނިސްޓްރީން ނުގެންގުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޯކިބާ

    އެ 33 ކުދިން އެއީ ހަމަ މުޅިންވެސް ދީނީމީހުންގެ ކުދިންތަ؟ އަޑީދައުލަތުން މިކަމާ އަދި އެއްޗެކޭވެސް ނުބުނޭ، ކޮމެންޓެއްވެސް ނުކުރޭ.

    5
    1