އުމުރުން ދެއަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ރަސްމީ އިދާރާތަކުން ބުނާ ވާހަކަ ގަބޫލުނުކޮށް، އަދި އެ ކުއްޖާ ރޭޕް ކުރިކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ދިފާޢުގައި ވާހަކަދެއްކި އެމްޑީޕީގެ މެންބަރު މަދީހާ އަބްދުﷲ ގެ ކެންޑިޑެސީ ބާތިލް ކުރަން އެމްޑީޕީން ނިންމައިފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި، ގއ.ކަނޑުހުޅުދޫ ކައުންސިލް މެމްބަރުކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ފޯމް ހުށަހަޅާފައިވާ މަދީހާ އަބްދުﷲ ގެ ކެނޑިޑޭސީ ބާތިިލްކުރަން އެމްޑީޕީން ނިންމާފައިވާކަން އެމްޑީޕީން ކަށަވަރު ކޮށްނުދިން ނަމަވެސް "ރާއްޖެޓީވީ" އިން ވަނީ އެ ޚަބަރު ކަށަވަރު ކަށަވަރު ކޮށްދީފައެވެ.

އޮންލައިން ނޫހެއް ކަމަށްވާ "ސަން" އަށް މަދީހާ ދިން އިންޓަވިއުއެއްގައި ބުނީ ތުއްތު ކުއްޖާ ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުއްޓެވެ.

"ދެއަހަރު ކުއްޖަކު ތިން ފިރިހެނަކު ވެގެން ރޭޕް ކުރި ނަމަ އެކުއްޖާ އެހާ ހެޕީކޮށް، ދުވެ އުޅޭނެ ހެއްޔޭ އަހަރުމެންގެ ސުވާލަކީ. އެކުއްޖާ ދުނިޔޭގައި އޮންނާނެހޭ އެވަރު ކުރި ނަމަ. މިހާރު ފަރުވާ ދިނުމަށްފަހު މާލެއިންވެސް ވަނީ ދޫކޮށްލާފައި. އެވަރުވީ ނަމަ ކުއްޖާ ދޫކޮށްލާނެތޯ. އެކުއްޖާ ދުނިޔޭގައި އޮންނާނެތޯ އެވަރު ކުރި ނަމަ" މަދީހާ ބުންޏެވެ.

މަދީހާގެ ވާހަކަތަކާއި ގުޅިގެން އޭނާގެ ކެންޑިޑެސީ ބާތިލް ކުރަން ގިނަ ބަޔަކު މީސް މީޑިއާގައި ގޮވާލާފައި ވެއެވެ.

މަދީހާ ދެއްކި ވާހަކަތަކަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެމްޑީޕީ އިން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ހުއްޓުވަމީ އެމްޑީޕީގެ އެންމެ މައި އެއް ވިސްނުން ކަމަށެވެ.

މަދީހާ އަކީ ދެއަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކާފަގެ ކޮއްކޮ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ☹️☹️☹️

    މަދީހާ އަކީ ދެއަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކާފަގެ ކޮއްކޮ އެކެވެ.( މިއީ ދޯ ދިފާއުގަ ނިކުތް ސަބަބަކީ)

    76
    1
  2. ޑަރެ

    ބާތިލް ކުރާނެތާ، މީހުން ވޯޓު ނުދޭނެކަން ޔަގީން ވާތީ.

    80
    1
  3. ބިންގޯ

    ???????????????

    31
    1
  4. Anonymous

    ތިޔަ ކިޔާ އުޅެނީ އަދުން އެޅުވުންް ދެއްތޯ

    57
    5
  5. ސަހު

    ބުހަހަހަހާހާހާ ???
    ޢަދިވެސް ފުއްޕާ ..
    ކާފަގެ ދިފާއުގަ ނިކުމެ ??

    57
    3
  6. ޚަލީލުﷲ

    ދާއިރާގެ ރައްޔިތުންގެ ތާއީދުނެތްކަން އެގޭތީ ނަންވަން ކުރި ކަމެއް!

    52
  7. ލޮލް

    އެހެންވީއިރު ކީއްވެތޯ އިހަވަންދޫ ކުރީގެ ކައުންސިލް މެންބަރު އަދި މިހާރުގެ ތައިލެންޑު އެމްބަސީގެ ސީނިއަރ މަޤާމުގައި ހުރި މީހާ އާއި މެދު ފިޔަވަޅު ނޭޅުނީ އަދި ކީއްވެތޯ އެމްޑީއެންގެ ރިޕޯޓު ލިޔުނު އެ ޖަމްޢިއްޔާގެ މެންބަރު ނޫޟިން ވަހީދު ރައީސް އޮފީހުގެ ސީނިއަރ މަޤާމުގައި ބަހައްޓާފައިހުރީ؟؟؟؟؟؟

    78
    2
  8. ވެރިން

    ތީކީ މަދީ ހާގެ އެކަނި ވިސްނުން ހުރިގޮތެއް ނޫން މުޅި މޑޕ ގެވެސް ވިސްނުން ހުއްނަ ގޮތް.އެހެންވީމަތާ ދުނިޔޭގަވެސް އޮތްއެންމެ ތިކަ ހަލަ ކަންތައް ގިނަ ގައުމުގެ އުންގަށް ވެއްޓިގަނަގެން ލޮލާ ލޯ ދިމާކުރީ.

    52
    4
  9. މަކިނބޫ

    މީނައާ އެންމެ އެކަށީގެން ވަނީ ބޮޑު ބަދިގެއެއްގަ 100 ވައްތަރުގެ ބިޔަ މަސްތައް ކަނޑަން ބޭންދިއްޔާ ! މިކަމަށް މީނައަށް ދީބަލަ ޓިކެޓެއް މީހަކު

    30
    1
  10. ހޭޝް

    ތުހުމަތު ގައި ބަންދު ކުރެވޭ މީހުންނަކީ އަދި ކުއްވެރިންނެއް ނޫން... ބިރުވެތިވޭ

    9
    16
  11. މޫސުމް

    ތިއުޅެނީ ރޭޕް ގެމާނަ ނޭންގިގެން ވެގެންއުޅޭ ގޮތެއް....މިހާރު އެ ތުއްތު ކުއްޖާގެ ދހިފާއުގައި ވާހަކަ ދައްކާ ތަނެއް ނުފެނޭ...އަސްލު ވާގޮތަކީ ދިވެހިނަށް އަންނާނެ ވަރަށް ތަފާތު މޫސުމް ވަރަށް އަވަސް އަވަހަށް..އެގޮތުން މިއީ ރޭޕްގެ ދުވަސްވަރު..ދުވަސްކޮޅަކުން ދަނޖެހޭ މޫސުމް. އިރުކޮޅަކުން ގެއްލޭ މޫސުމް. މަހެއްފަހުން ޖިންނި އަވަލާ މޫސުމް..މިނޫނީ ދުނިޔޭގަ ނޯއްނާނެ މިހާ މޫސުން ގިނަ ޤައުމެއް..ކިނބޫ މޫސުމް......

    28
  12. ބޭޗާރާ

    ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ބޮލަށް ލާދީނީ ކަނޑާލާނެތީ އެ ވާހަކަ ދެއްކިޔަ ނުދޭން ޖަހާފައި އޮތް ސްޓަންޓެއް. މިހާރު އެއްވެސް މީހަކު ލާދީނީގެ ވާހަކަ ނުދައްކައި މިދައްކަނީ ކުޑަކުދިންނާބެހޭ ވާހަކަ. ދެބޯގެރި ދުއްވުމުގެ ލާމަސީލު ނަމޫނާއެއް.

    17
    2
  13. އަހުމަދު

    ސުކުރިއްޔާ އެމްޑީޕީ

    3
    17
    • އަތެ

      ދެން އިވޭނީ ކޯޑިނޭޓަރުކަން ދިންއަޑު ބާތަށް އަތްޖަހާ

      7
      1
  14. ކުރަފި

    ޝަރުއީ ކޯޓަކުން ހުކުމެއް ނީއްވާހާހިނދަކު މީހަކު ހަމަ ބުނެލާ ބުނުމެއްގެމައްޗަށް އެއްވެސްމީހަކީ ކުށްވެރިއެއްކަމަށް ކަނޑައެޅުމުގެ އިހުތިޔާރު އެއްވެސްމީހަކަށް ނުވަތަ ނޫސްތަކަށްވެސް ލިބިގެނެއްނުވެއެވެ. އެފަދަ މީހުންގެ ދިފާއުގައި ވަކީލުންނަށްވެސް ވަކާލާތުކުރެވެއެވެ. މިއާއި ހިލާފަށް އަފުރާޝީމު މެރިކަމަށް ޝަރުއީ ކޯޓުތަކުން ނިންމާފައިވާ މީހާގެ ދިފާއުގައި ވާހަކަދެއްކި އެއްވެސް މީހަކު އަދި ކުށްވެރިވެފައެއްނެތެވެ.

    7
    3
  15. އިބްރާޙީމް

    ދިވެހިންންކީ ތަންދޮރު ނުދަންނަ ގަމާރުންކަން މި ރޭޕް ކޭސް އިންވެސް އެނގިގެން ގޮސި، ކިޝެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކީ ޝަރުއީ ކޯޓަކުން ހުކުމެއްކުރަންދެން އިނޮސެންޓް މީހެއް.. އެ މީހަކީ ކުއްވެރިއެއްކަން ނިންމާނީ ރައްޔިތުންނާއި ނޫސްވެރިންނެއްނޫން.... ކޯޓުން އެމީހަކީ ކުއްވެރިއެއް ނޫންކަމަށް ނިންމިއަސް ނުވިސްނޭ ދިވެހިންނަށް އެކަން ހަޖަމެއްނުވާނެ، މީޑިއާއިން ބުންޗޭ ބުންޗޭ ކިޔާފަ ލިއުނު ޚަބަރު އޮނަނީ ގަބޫލު ކުރެވިފައި، ގޯސްވެފައި އޮންނަނީ ޝަރުއީ ދާއިރާ. އެމްޑީޕީން ނިންމި ނިންމުން ރަނގަޅެއްނޫން. މަދީހާ ނެތް އެކަމަމަށަ ހިއްވަރުދީ އެއްވެސް އެއްޗެކޭ ބުނެފަ. ތުޙުމަތެއްގައި ހައްޔަރު ކުރެވޭ މީހާ އޭނަގެ މައުސޫމް ކަން ސާބިތު ކުރުމަށް އިސްލާމް ދީނުގަވެސް އޮވޭ.

    5
    3
  16. ޢަލީ

    ކުޑަ ކުދިންނަށް ހައްގު ތަކެއް ވާފަދައިމް ޚާއްސައެހީއަށް ބޭނުންވާ މީހުންނަށާއި މުސްކުޅިންނަށްވެސް ހައްގު ތަކެއްވޭ. މި މައްސަލާގައި މުސްކުޅި މީހަކު ހައްޔަރު ކުރެވުނީ ތުހުމަތެއަގައި، އެ ކުއް އޭނާކުރިކަމަކަށް އަދި ސާބިތެއްނުވޭ، އެހެން އެކަން އޮތް ހިނދު ހައްގު ކަށަވަރު ކުރަން އެމީހާއާއި އެމީހާގެ ހައްގައް އަރައިގަތުމަކީ ދިވެހިންގެ ނާތަހްޒީބް ކަން ހާމަ ވެގެން ދިޔަކަމެއް. ޙައްގުތަށް ކަށަވަރު ކުރާނީ އެހެންމީހިންގެ ހައްގުތަކަށް އަރައިގެންނޫން. އެ ތިންމީހުންނަކީ އެ ކުއްޖާ ރޭޕްކުރި ތިންމީހުން ކަމަށް ސާބިތު ވެެއަޖެނަމަ އިސްލާމީ ޝަރީޢަތުގައި އޮތް ގޮތުގެ މަތިން އެ ތިންމީހުނަށް އަދަބު ދޭންޖެހޭނެ

    5
    2
  17. ޣޮސރ

    ރާއްޖެއަކީ غير مسلم އުޅޭ ތަނެއް قانون އަކީވެސް
    އެމްޑީޕީ ގެ ސޫރަ الله ބާވައިލެއްވި شريعة مجلس
    رئيسއަކަށ