ރައްކާތެރި ނޫން މާހައުލެއްގައި ތިބި ހަތަރު ކުއްޖަކު ދައުލަތައް ނަގާތީ ބަޔަކު އެކަމަށް ހުރަސްއަޅަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ މެދުރާއްޖެތެރޭގެ ރަށެއްގެ އެއް ޢާއިލާއަކަށް ނިސްބަތްވާ ހަތަރު ކުއްޖަކު ދިރިއުޅެމުން ދަނީ އެންމެ އެކަށީގެންވާ ރައްކާތެރި މާޙައުލެއް ކަމުގައިނުވާތީ، އެ ކުދިންތައް ރައްކާތެރި މާޙައުލަކަށް ނެގުމަށް މިއަދު ކުރަމުންދާ މަސައްކަތަށް ރަށުގެ ބައެއް ފަރާތްތަކުން ހުރަސްއަޅަމުން އަންނަ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ. އަދި އެ ކަމަށް ބަޔަކު ހުރަސް އަޅަމުން ދަނީ ކިހިނެއްކަން ޖެންޑާ މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

އެ މިނިސްޓްރީގެ އެ ޓްވީޓާއެކު، ގިނަބައެއްގެ ނުރުހުން އެރަށުގެ ރައްޔިތުންނަށް ދަނީ އަމާޒުވަމުންނެެވެ. އަދި ފުލުހުން ޖެންޑާ މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް އެދެމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ދައުލަތަށް ނަގައިގެންވެސް ރަގަޅަށް އެކުދިން ނުބެލެހެއްޓޭތީ މައްސަލައަކީ. އަނެއްކާ އެތަނުގެ ކުދިންގެ އަހުލާޤުގެ ވަރަށް ގޯސް

    33
    2
  2. Anonymous

    ދައުލަތުން ނަގަންޖެހޭނީ އާއިލާގެ ތެރެއިން ވެސް ރައްކާތެރިކަން ނުލިބެންޏާ. މައިންބަފައިން ނާއި އާއިލީ ލޯބި މަހުރޫމް ކުރުން އެއީ އެކުއްޖާގެ އަސާސީ ހައްޤަށް އަރައި އެކުއްޖާގެ އުފާތައް މަހުރޫމް ކުރުން. ސަރުކާރުން ތިކަން ހުއްޓާލުމަށް ގޮވާލަން.

    35
    2
  3. ޢިބޫ ހުޅުމާލެ

    ހިޔާގެ ނުރައްކާ މާބޮޑު އެހެން ވީމައި ކާކުބާ ޤަބޫލުވާނީ...

    30
  4. .......

    ދައުލަތަށް ކުދިންނަގަނީ އިހުމާލުވެގެން ކަމަށްވާއިރު، ގައުމު މިހާތަނަށް ގޮސްގެން މިއުޅެނީ ދައުލަތުގެ އިސް ފަނޑިން ކިހާ އިހުމާލެއްވެގެންކަން ހަމަ ނޭނގެނީބާ...؟ދައުލަތަށްކުދިން ނަގާ ވަކިތަނެއްގައި ބަންދުކޮށްގެން ގެންގުޅުމުން ހައްގުތަކެއް ގެއްލިގެން ނުދޭތޯ....؟
    ނުވަތަ
    ގައުމުގެ މުޅި ޅަފުރާ ދައުލަތައް ނަގައިގެން ބެލެހެއްޓޭނެތޯ...؟
    ކަންކަން ހައްލުވާމަގުން ކަންކުރާތީ އަދި އެއް ނުފެނޭ....އަދި ކުޅެނީ ޑުރާމާ

    27
    1
  5. ހުސޭުނުބޭ

    ރައްކާތެރި ނޫން މާހައުލެކޭ ބުނުމުން އަނެއް ސާޅީސް ސުވާލު އެބަ އާދޭ! ގެދޮރުގެ ސަބަބުން ކަމުގައި ވާނަމަ ކީއްވަނީ ކަލޭމެން ބަޖެޓުގެ 32 ބިލިއަން ދިރުވާލިއިރު އެ ކުއްދިން އުޅޭވޭވަރަށް ގެދޮރު މަރާމާތުކޮށްލާ ދިނިއްޔާ! އާމްދަނީގެ ގތުން ފަޤީރުނަމަ ކިއެއްވާނީ އެކުދިންނަށް ޚަރަދުކުރާ މީހުންނަށް ވަޒީފާއެއް ދިނިއްޔާ! ކަލޭމެންގެ އެކްޓިވިސްޓުންނަށް ބަރިބަރިޔަށް

    36
    3
  6. ޚުތާ ބެއްޔާ

    މިގައުމުގެ އިޖުތިމާއީ ނިޒާމު ވަނީ ކެންސަރު ބަލީގާ! ޜޭޑިއޭޝަން ގެ ޑޯސްތަށް ދިނަސް ފިލުވައިލެވޭނެ ކަމަށް ލަފާ ނުކުރެވޭ! މިގައުމުގެ ދަރިން މިހާލަތުން އަރައިގަތުމަށް ރާއިސް ޔާމީނު މަސައްކަތް ކުރެއްވީމާ އޭނާވީ އަނިޔާވެރި އަކަށް! މިގައުމުގެ ހަލާކަކީ ކާކުތޯ؟އޭނާ އެހެރީ މިހާރުވެސް ބޮޑުގޮޑިއެއްގާ ބައިންދާފައި!

    13
    1
  7. ދަންނަމީހާ

    އެކުދިންގެ ޢާއިލާމީހުން އެކުދިން ދެކެ ނުލާހިކު ލޯބިވޭ... އެމީހެއްގެ ފެންވަރުން ދޯ އެމީހަކަށް އުޅެވޭނީ. ޖެންޑާއިން ތިހާ ކަންބޮޑުވަންޏާ އެކުދިންނަށް ދިރިއުޅެވޭނެ ތަނަވަސްކަމެއް ހޯދައިދީ.. އެކުދިން އެކުދިންގެ މަަންމަ އާ ވަކިނުކުރޭ?

    15
    1
  8. އަންމު

    އިހުމާލޭ ކިޔާ ދައުލަތުން ޅަކުދިންގެ އެތައް ޙައްޤައްކަށް އަރާގަންނީ

    12
    1
  9. Anonymous

    " ގޭގަ އި ކުޑަ ހަތަރު ކުދިން ނިދާފަ އި އޮއޮ އްވާ ކު އްލި އަކަށް ފުލުހުންނާ އި ޖެންޑާގެ ބަޔަކު ގޭ ތެރެ އަށް ވަދެ އެއ އްވެސް ސަބަބެ އް، ކޯޓު އަމުރެ އް ނެތި ގޭގެ ވެރިން ވެސް ނެތް ވަގުތެ އްގަ އި އެ މީހުން މަސަ އްކަތް ކުރީ އެ ކުދިން ގެންދާށެވެ"

    2 އަހަރުގެ ކު އްޖާ ރޭޕްކުރި މަ އްސަލަ އިގާ އެކު އްޖާގެ ބަ އްޕަ ހަ އްޔަރުނުކުރެވުނީ ކޯޓު އަމުރެ އްނެތީމަޔޯ! މިޖެހުނީ ކޮންތާކު؟
    ޖެންޑާ މިނިސްޓްރީން ބުނީ އެ ކުދިން ގެންދަން ޖެހޭ ސަބަބަކީ އެ ކުދިން ދިރި އުޅުމަށް އެންމެ އެކަށީގެންވާ ރަ އްކާތެރި މާހަ އުލެ އް ނެތުމޯ! ރަ އްކާތެރި މާހަ އުލަކީ ބޮޑެތި ގެތަކާ ފަރުނީޗަރުލީ ތަންތަނެ އް ނޫން! ޝިދާތާ މުސާރަ އިން އެއ އްބަ އި މިކުދިންނަށް ސަދަގާތް ކޮ އްދިން ނަމަ އެންނު!
    މިނިސްޓަރުންނާ އި، މަޖިލީސް މެމްބަރުންނާ އި އިސްމަގާމުތަށް ފުރު އްވާ ބޭފުޅުންނަށް ކިހިނެ އްތޯ އެނގިލަ އްވާނީ ގިނަ ދިވެހިންގެ ދިރި އުޅުމުގެ ހާލަތަކީ މި އީކަން! ގޭގަ އި ރީތި ފަރުނީޗަރު ނެތަސް ލިބޭމިންވަރަށް ފު އްދަ އިގެން އުޅުމަކީ ހިތްދަތިކަމެ އް ނޫން! ޢެކުދިންނަށް ތިދިން ޝޮކް ހަނދާނުން ފިލުވާލަން މާ އުނދަގޫވާނެ!
    އެރަށު މީހެ އްގެ ދުލުން:
    " އެމީހެ އްގެ ތަނަވަސްކަން ހުރި މިންވަރަކުން ބެލޭނީ، ލިބޭ އެ އްޗަކުން ރަނގަޅު ކާބޯ އެ އްޗެ އް ދީގެން، ސުކޫލަށް ފޮނުވަ އިގެން އެ އުޅެނީ. އެހެންވެ އަޅުގަނޑުމެން މި އަދު މުޅި ރަށް މި ނިކުތީ އެ ކުދިންގެ ދިފާ އުގަ އި. އަޅާލުމާ އި އޯގާތެރިކަމަށްވުރެ ބޮޑު އެ އްޗެ އް ނޯންނާނެ. އެ ކުދިންނަށް އެ ކުދިންގެ މަންމަ ފަރާތުން އެކަން ލިބޭނެ. ދެން އެއީ ނިކަމެތި އާއ އިލާ އެ އް. އެކަމު އެ މީހުން އެ ތިބެނީ އިގެން، ލިބުނު މިންވަރަކުން ދިރި އުޅުން ހަމަޖަ އްސަ އިގެން,"

    " އެ ކުދިން އެ އީ ބަރާބަރަށް ސުކޫލަށްދާ ކުދިން. އެތަނުން އެ އްކު އްޖަކު މިިދިޔަ އަހަރު ރަށު ސުކޫލްގެ ކު އްޖާ އުޅޭ ގުރޭޑުން އެންމެ މޮޅު ދަރިވަރަކަށްވެސް ހޮވުނީ. ތިން ކުދިން ތެރެ އިން އެ އް ކު އްޖަކީ އުމުރުން ތިން އަހަރުގެ ކު އްޖެ އް. ފަތިސް ނަމާދަށް ނޫނީ ހުރިހާ ނަމާދެ އް ކުރަން މިސްކިތަށްދާނެ އެ ކު އްޖާ ކާފަ އާ އެކު ދާނެ. މި އީ އަޅާނުލާ ބަޔަކު ކުރާނެ ކަމެ އްތޯ,"

    ސަރުކާރަށް ގިނަ ކުދިންތަކެ އް ނެގީމަ އެހިސާބުން ނިމުނީކީ އެ އް ނޫނެންނުން! މިހާރުވެސް ތިބިކުދިންނަށް ރަނގަޅަށް އަޅާލެވެނީކީ އެ އް ނޫން!
    ނޫސްތަކުގެ ފަލަ ސުރުހީ ނުފަވާ ކީ އްވާނީ އެކުދިންނަށް ސަމާލުކަމެ އް ދިނި އްޔާ!

  10. ބަމަރސް

    ސަރުކާރު ބޭނުންވަނީ ޔޫރަޕުގެ ނިޒާމު ގެންނަން. އެހެންވެ އެމީހުންނަށް ޙައްލުނުވާއިރު ކިހިނެތް ސުކޫތު އައިސް ތިބޭ ސަރުކާރެއް މިކަން ޙައްލުކުރާނީ