ހުކުރު ޚުތުބާގެ މެދަކާ ހިސާބުން ފެށީ ކުޑަކުދިންނަށް އަޅައިލުމާއި ރަހުމުކުރުމުގެ މުހިންމުކަމާ މެދުގައެވެ. އެ ކުދިންގެ ޖިސްމާއި ނަފްސުގެ ތަބައީ ސިފަތައް ބިނާވެގެން ވަނީ ކުލުނާއި ރައްކާތެރިކަން ލިބިދިނުމުގެ މުހިއްމު ކަމުގެ ވާހަކައިންނެވެ. މިސާލެއްގެ ގޮތުގައި ނެގީ ޖަނަވާރުން ވެސް އެސޮރުމެންގެ ދަރީންނަށް އަޅާލުމާއި އޯގާތެރިކަމާއި ރައްކާތެރިކަންދޭ ވާހަކައިންނެވެ. އޭގެފަހުގައި، ޚުތުބާ އަމާޒު ކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށެވެ. ކުޑަކުދިންނަށް ރަހުމުނުކުރާ މީހުންނަކީ އެބައެއްގެ ހިތްތަކުން ރަހުމަތާއި ކުލުނުވެރިކަން ނެތިކުރައްވާފައިވާ އަނިޔާވެރި ބައެއް ކަމާއި އެމީހުންނަކީ އިންސާނުންގެ ސިފައިގައި ތިބި ނުބައި މަހްލޫގުންތަކެއްގެ ގޮތުގައި ޚުތުބާާގައި ސިފަކުރިއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ކުޑަކުދިންނަށް ކުރިމަތިވާ ލާއިންސާނީ އަމަލުތައް ތަކުރާރުވަމުން ދިއުމަކީ ބޮޑުވެގެންވާ މުސީބާތެއް އަތުވެދާނެ ކަމެއް ކަމުގެ އިންޒާރު ވަނީ ދީފައެވެ. އެހެންވެ، ޚުތުބާގައި ނަސޭހަތްތެރިވީ ކުޑަކުދިންނާ މެދުގައި ހިންގާ އެފަދަ އަމަލުތަކާ މެދުގައި ވިސްނާނުލައި ނުތިބުމަށެވެ. ރާއްޖޭގެ ރީތި ނަމާއި ޝަރަފް ދަމަހައްޓަން މަސައްކަތް ކުރާ ބަޔަކަށްވެ، ދަރީންނާއި އާއިލާތައް ތަމްސީލްކުރާ ބައްޕައަކަށް ނުވަތަ މަންމައަކަށް ވުމުގެ މުހިންމު ކަމާ މެދުގައެވެ.
"ގައުމެއް ފަސާދަވެގެންދާނީ އެ ގައުމެއްގައި ދިރިއުޅޭ މީހުންގެ ސްލޫކާއި އުޅުންތަކާއި ގުޅުންތައް ގޯސްވެގެންނެވެ. ފަރުދުން ހިންގާ ޖަރީމާތަކުގެ ސަބަބުންނެވެ. ރައްކާތެރިކަމާއި އިތުބާރު ކުރެވޭ މަގާމުތަކުގައި ތިބޭ މީހުންގެ ފުށުން ފާޅުވާ ލާއިންސާނީ އަމަލުތަކުންނެވެ. ކުޑަކުދިންގެ ނިސްބަތުން ގައުމުގެ ބޮޑެތި މީހުން ބޮޑުވެ ތަސައްރަފް ފުދޭ ބައެއް ކަމުގައި ނުވާތީއެވެ. ގައުމެއްގެ ހާލަތު މާތް ﷲ ބަދަލުކުރައްވާނީ އެ ގައުމެއްގެ އެންމެހާ ފަރުދުންގެ އަމިއްލަ ނަފްސުތައް ހެޔޮ މަގަށް މިސްރާބުވެގެން ދިޔަ ދުވަހަކުންނެވެ،" ޚުތުބާގައިވެއެވެ.
ޚުތުބާގައި ވަނީ މައުސޫމް ކުޑަކުދިންނާ އެންމެ ގާތްކޮށް އުޅޭ މީހުންގެ ފުށުން އެ ކުދިންނަށް ކުރިމަތިވާ ލާއިންސާނީ އަމަލުތައް ތަކުރާރުވަމުން ދިއުމަކީ މުޅި އިންސާނިއްޔަތު ވެސް ލަދުވެތިވާން ޖެހޭ ވަރުގެ ޖަރީމާއެއް ކަމަށް ބުނެފައެވެ.
އެއްވެސް އާރެއް، ބާރެއް އަދި އަމިއްލަ ނަފުސު ދިފާއު ކުރާނެ ފަންނެއް ނުވަތަ ހުނަރެއް ނެތް ކުޑަކުދިންނާ ދިމާކޮށްލާ، ރަޙުމު ކުޑަ މީހުން ކަމުގައި، އެ ކުދީންގެ ބެލެނިވެރީންނާއި، ގާތް މީހުން ވެގެން ދިޔުމަކީ، ބޮޑުވެގެންވާ މުސީބާތަކަށް ވެގެން ހިނގައިދާނެ ކަމެއް ކަމުގެ އިންޒާރު ވެސް ޚުތުބާގައި ދީފައިވެއެވެ.
ޚުތުބާގައި ވަނީ އިންސާނީ މުޖުތަމައުތަކުން މިއަދު ފެންނަމުންދާ މަންޒަރުތަކާއި، އިވޭ އަޑުތަކާއި ހިނގާ ޙާދިސާތަކުން އިންސާނިއްޔަތުގެ ޝުއޫރެއް ހިނގާ ކޮންމެ މީހަކު ފިތްކަނޑައިގެންދާވަރުވާ ކަމަށް ބުނެފައެވެ.
ޚުތުބާގައި ބުނި ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާތައް ކުރުމާއި ޖިސްމާނީ އަނިޔާތައް ދިނުމަށް ޖެހިލުން ނުވާ އިންސާނުން އަހަރުމެންގެ މުޖުތަމައުގެ ތެރޭގައި އުޅޭކަމީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ކާރިސާއެކެވެ. އަދި މިކަންކަން ތަކުރާރުވެ ނުދިއުމަށް ހެޔޮ ލަފާ އަދި ޒިންމާދާރު މުސްލިމެއްގެ ގޮތުގައި ތިބެން ޖެހޭ ކަމަށް ވެސް ޚުތުބާގައިވެއެވެ.
”ކުޑަ ކުދީންނާ މެދު ހިންގޭ ބޮޑެތި ޖަރީމާތަކުން ހިތްތަކަށް ބިރުވެރިކަންވެރިވެއެވެ. މައިންނާއި ބަފައިންނާއި އަމިއްލަ ދަރީން ވަކި ކުރަން ނޭނގޭ އިންސާނުން، އިންސާނީ މުޖުތަމައުތަކުގައި އުޅޭތީއެވެ. އިންސާނުންގެ ސިފާގައި، އިންސާނީ ތަބީއަތު ގެއްލިފައިވާ މީހުންވެސް ދިރިއުޅޭތީއެވެ.“ ޖިންސީ ގޯނާކުރާ މީހުންނަށް އިޝާރާތްކޮށް ހުކުރު ޚުތުބާގައިވެއެވެ.
ބޮޑެތި މީހުންގެ ކިބައިން، ކުޑަކުދިންގެ ނަފުސުތައް އެދި ގޮވަނީ، އަޅައިލުމަށާއި، ރަޙުމުކުރުމަށް ކަމަށްވެސް މިއަދުގެ ޚުތުބާގައިވެއެވެ. އަދި އެ ކުދިންގެ ޖިސްމާއި ނަފްސުގެ ތަބައީ ސިފަތައް ބިނާވެގެންވަނީ، ކުލުނާއި ރައްކާތެރިކަން ލިބިދިނުމުގެ މައްޗަށް ކަމަށް ވެސް ހުތުބާގައިވެއެވެ.
”މި ކައުނުގައި ލައްވާފައިވާ ދިރޭ ކޮންމެ މަހްލޫގަކަށް އެންމެ ބޭނުންވާ ކަމަކީ، އަޅައިލުމާއި އޯގާތެރިކަމެވެ. ޖަނަވާރުންވެސް އެ ސޮރުމެންގެ ދަރީންނަށް ރައްކާތެރިކަން ބޭނުންވާކަން ދަނެއެވެ. އަޅާލައެވެ. ރަހުމާއި ކުލުނު ހިއްސާކުރެއެވެ. ކުޑަކުދީންނަށް ރަޙުމުނުކުރާ މީހުންނަކީ، އެބައެއްގެ ހިތްތަކުން ރަހްމަތާއި ކުލުނުވެރިކަން ނެތިކުރައްވާފައިވާ އަނިޔާވެރި ބަޔެކެވެ“ މިއަދުގެ ހުކުރު ހުތުބާގައިވެއެވެ.
ހުތުބާގައިވާ ގޮތުން އިތުބާރު ކުރެވޭ މަގާމެއްގައި ހުރި އެއްވެސް މީހަކު ކުޑަކުދިންނަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ދިނުމަކީ ދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ކަމެކެވެ. އެއީ އިސްލާމް ދީނުގައި ހަރާމް ކަމަކަށްވީ އިރު، އެފަދަ ކަންކަން ކުރާ މީހުން ﷲ ގެ ކޯފާއަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ޚުތުބާގައިވެއެވެ.
ޚުތުބާ ނިންމާލީ ކުޑަކުދިން އަނިޔާ ކުރުމާއި އިހުމާލުވުން ނެތި ކުރެއްވުމަށް އެދި ދުއާ ކުރަމުންނެވެ.
ހުކުރު ޚުތުބާގައި ޖިންސީ ގޯނާ ކުރާ މީހުންނަށް ހުރި ނުބައިކަމުގެ ވާހަކަ މި އައީ، ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނި ކާފަ ރޭޕް ކުރި މައްސަލަ ފެންމަތިވެފައިވަނިކޮށެވެ. އެ މައްސަލައިގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ކުއްޖާ އަށް އިހުމާލުވިކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފައެވެ.
އެ ކަން ހިނގި ފަހުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ވަނީ ހާމަވާން ފަށައިފައެވެ. އަދި އެކަމުގެ ތުހުމަތުގައި ގިނަ ބަޔަކު މިހާރު ވަނީ ހައްޔަރު ވެސް ކޮށްފައެވެ.
އަދިވެސް إسلامي شريعة ގެ ވާހަކައެއް ނާދޭ
ތިއީ شيخ ންތޯ ސުވާލު އުފެދޭ
ހަތް އުޑުމަތިން شريعة ބާވާލެޢްވީ ދިވެހިރާއްޖޭގެ ޝޭޚުން
ޑުރަގާ ކުޅެ وظعى قانون ހަދަންތޯ
الله ގެ ގަދަފަދަ عذاب إنتظار އިންތިޒާރު ކުރޭ
وظيفة އަށް نفس ތިވިއްކާލަނި
ކޮބާތަ އިސްލާމް ދީނުގަ އެއަމަލު ހިންގި މީހުން ނަށް ދޭންޖެހޭ އަދަބު،
އޮރިޔާމުން އާޓިފިޝަލް ބީޗުގައި އަންހެނުންނާ ފިރިހ ހެމުން
ބޭންޖެހިޔަކަސް ތިކަމަށް ހައްލެއް ނެތި
ނަޝީދު ކައިރީ ބުނޭ اخرة އަށް ޥަރަށް ފުންކޮށް ވިސްނާށޭ الله سبحانه وتعالى އަކީ عقوبات ދެއްވުމުގައި جبار ވަންތަ اله އޭ
އެއިލާހ ހު ވަނީ ވަރަށް ކައިރީގަޔޭ
قريب جدا
އެމީހުން ޖެހިލުން ނުވާނެ ބަހަކުން އެއަށްވުރެ ޖާހިލު ބައެއް އެއީ. ޖެހިލުން ވާނީ ނިކަން ހަރުކަށި އަދަބުދީގެން.
ދަރީންނޭ ކަންފަތް ބީރު ކަނު ބަޔަކައް އިވޭނެ އަޑެއް ފެންނާނެ މަންޒަރެއް ނޯންނާނެއެވެ. އެމްޑީޕީގެ ފިކުރަކީ މިއަދު އެފަދަ މީހުން ގެ ފިކުރެވެ އެއީ ހަމަ ހަލާއްކޮއް ފަނާކުރާމީ ހުންނެވެ. އެފިކުރަކީ ހުރިހާ ރަނގަޅު ކަމެއްގެ ހަލާއކެވެ. އެކަމަކު އެމީހުނަކައް އެކަމެއް ނުވިސްނޭނެ އެވެ. އަދިޤަބޫލެއް ވެސް ނުކުރާނެއެވެ. ތިމަންމެން މިއީހަމަ އިސްލާހަށް އުޅޭބަޔެއް ކަމަށްބުނެ އެފިކުރު ގައިދެމިތިބޭނެއެވެ.ނަމަވެސްއެއީ ހަމަހަލާއކޮ އްފަނާކުރާމީހުން ނެވެ.
ރާއްޖޭގެ ރީތި ނަމާއި ޝަރަފް ދަމަހައްޓަން ކުރާ ކަމެއްގެ ގޮތުގައި ނޫން ބަލަން ވީ އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ގޮތަށް
ޖެހިލުންވެގެން ކަންކަން ހުއްޓޭނަމަ، ކުރިން ތިވަރުގެ ޚުތުބާ ނެގެނެސްދެނީ ކީއްވެ. މިވެސް ކޮންމެވެސް ބަޔަކު ޒިންމާ ނަގަންޖެހޭ ކަމެއްނުން..ޚުތުބާ ކިހިނެއް އަޑުއިވޭނީ! މޫދުގަ ނޫނީ ހަފްތާ ބަންދު ޗުއްޓީގަ، ދެވޭ މީހާވެސް އެހިސާބަށް ފޯރާނީ ގަމަތްދޭން ފަށާ ތަނަށް..
މިޔަދުގެ ހުކުރު ހުތުބާ އަޑުއިވުމުން ހިތްފަޅާގެން ދާވަރުވި.އަސަރުން ފުރިގެން ދާވަރުގެ ހުތުބާއެއް.ހުތުބާ އަޑު އިވިގެންވެސް އެހެން އުޅޭ މީހުން ރަގަނޅުވާނެނަމަދޯ.
ދިވެހި ފުލުހުންގެ ޒިންމާދާރުކަމާމެދު ސުވާލު އުފެދޭ
އަދިވެސް إسلامي شريعة ގެ ވާހަކައެއް ނާދޭ
ތިއީ شيخ ންތޯ ސުވާލު އުފެދޭ
ހަތް އުޑުމަތިން شريعة ބާވާލެޢްވީ ދިވެހިރާއްޖޭގެ ޝޭޚުން
ޑުރަގާ ކުޅެ وظعى قانون ހަދަންތޯ
الله ގެ ގަދަފަދަ عذاب إنتظار އިންތިޒާރު ކުރޭ
وظيفة އަށް نفس ތިވިއްކާލަނި
ޝޭޚުންތޯ
ވަހުޝީމީހުންނާއި ދައްޖާލުންގެ ސިފަ ލިބިފަ ތިބި “ޑިމޮކްރަސީީ” ގެ ވަސްވާހުގަ އުޅޭބަޔަކަށް ޚުތުބާޔަކުން އަދި ކިޔެއްތަ ގުރުއާނާއި ރަސޫލާގެ ސުއްނަތުންވެސް ޖެހިލުމެއްނުވާނެ ކަމުންތާ އެކަންތަށް އެކުރަނީ!
ޖޯޖްބުޝް ގެނެސް ބަހައްޓާފަ ލައިލަތުލްޤަދްރު ވިލޭރޭގެ ވާހަކަ ކިޔައިދިނުމެކޭ ތިޔަބައިގަނޑައް ތިވާހަކަ ކިޔާދިނުމެކޭ އެއްވެސް ތަފާތެއް ނުހުންނާނެ. ތިތާގަ ގިނަވާނީ ހުކުރައްނޫނީ މިސްކިތައް ނާރާމީހުން. ސާފުސީދާ މުސްލިމުންނެއްނޫން ތީކީ. ހުރިހާވެސް މައްސަލައަކީ އެއީ.
މީސްތަކުން އިސްލާޙްވާނީ މާތްالله ބާއްވައި ލެއްވި قرأنއާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ޠާހިރު ސުއްނަތް މީސްތަކުންނަށް އުންގައްނައިދީ މިދެއްނެވި ދެމަސްދަރުގެ މައްޗައް މީސްތަކުންތަރުބިއްޔަތުކޮށް ބިދްޢައިގެ ނުބައިކަމާއި ބިދްޢަވެރިންގެ ނުބައިކަމުގެ މައްޗައް މީސްތަކުންނަށް އިޒާރުދީ ޢިލްމު އުނގައްނައިދީގެންނެވެ.
ފައްކާ. ދެން ހަމަ ގައިމުވެސް ރާއްޖެއަކު ޖިންސީ ގޯނާއެއް ނުކުރާނެ.
ޖިންސީގޯނާކުރާމީހުންނަކައް ތިޔަ ޚުތުބާއަކުން ކުރާނެ އަސަރެއް ކުޑަވާނެކަމުގައި ދެކެން. އެހެނީ ތިޔަ ޚުތުބާގަ އިސްލާމީޝަރީއަތުގެ ހައްދުގެ ވާހަކަ ދެވިފައި ނުވާތީ..