ކުރިގެ އިކޮނޮމިކް މިނިސްޓަރ އަދި މިހާރުގެ މާވަށު ދާއިރާގެ މެންބަރުގެ ފާޑުކިޔުންތައް ސަރުކާރުގެ ކޯލިޝަނަށް އަމާޒުވެއްޖެއެވެ.

ސައީދު ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވެފައި ވަނީ އިންތިހާބު ބޯމަތިވުމުން އަންނައިރު، އިދިކޮޅު ކޯލިޝަންގެ ހިމެނޭ އިސް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

މިނިސްޓަރ ސައިދު ވިދާޅުވީ، އިންތިހާބު ބޯމަތިވަމުން އަންނައިރު، އެމްޑީޕީ މީހުން ބުނަނީ ސަރުކާރު ސްލޯވަނީ ކޯލިޝަނާއި ހެދި ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީގެ މީހުން ބުނަމުން ދަނީ އެމްޑީޕީއަކީ "ލާދީނީ"ޕާޓީއެއް ކަމަށާއި، އެމްއާރްއެމް އިން ބުނަމުން ދަނީ ދިމުކުރާތީ ވިސްނުން އިސްކުރަންޖެހޭނެ ކަމަށެވެ. އަދި ކޯލިޝަަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނާނީ އެމްޑީއެން ރިޕޯޓަށް ސަރުކާރު ފިޔަވަޅުއަޅާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވި، ބައެއް ވާހަކަތަކަކީ އިދިކޮޅު ކޯލިޝަންގެ ހިމެނޭ ޕާޓީތަކުން އެކި ޖަލްސާތަކުގައި ދައްކާފައިވާ ވާހަކަތަކެވެ. ސައީދު ވިދާޅުވީ، އިންތިހާބު ނިމުމުން އިދިކޮޅު ކޯލިޝަނުން ބުނަނީ މިއީ ރައްޔިތުންގެ އުންމީދީ ސަރުކާރު ކޯލިޝަން ކަމަށެވެ.

އޭނާ މިގޮތަށް ވިދާޅުވިއިރު، ދާދި ފަހުން ކ.އަތޮޅު ގުރައިދޫގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވަން އެރަށުގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކޯލިޝަނަށް ވަަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ނަޝީދު ވިދާޅުވީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަން ލަސްތަކެއް އުޅެނީ ބައެއް ކުންފުނިތަކާއި ބައެއް މިނިސްޓްރީތަކުގައި އެމްޑީޕީގެ ފިކުރުގެ ބޭފުޅުން ނެތުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޭޗާރާ

    ސައީދޫ. ސައީދުމެން ތިޔަ ކިޔާ ލަވަޔަށްވުރެ މޮޅު ލަވައެއް މިހާރު އެބަކިޔައޭ. އެއީ ކައުންސިލުގެ އިންތިޚާބުގެ ތެރޭގައި ލާދީނީ ކިޔައިފާނެތީ އެކަން ހުއްޓުވަން ކުޑަކުދިންނާބެހެނިއްޔޭ އެބަކިޔައޭ. ސައީދުމެން އަދިވެސް ތިތިބީ ނިދާފައި.

    10
    1
    • ހޯރައިއްބެ ދޫކޮއްފަ

      ލާދީނީ ކިޔައިފާނެތީ އެކަން ހުއްޓުވަން ކުޑަކުދިންނާބެހެނިއްޔޭ އެ ކިޔަނީ އިންޑިއާ ޑިޕްލޮމަޓުން ހުޅުވި ޚާއްޞަ ދޮރަކުން. މިހާރު މޑޕ އަތުން މިގައުމުގެ ކޮންޓުރޯލު، ގެރިތަކުގެ ކޮންޓުރޯލުގެ ދަށުގައި އޮންނަ ރޭޕް ކެޕިޓަލް ކަމަށްވާ މޯދީމެންގެ ބާރުގެ ދަށަށް ދާތީ ހިތާމަކުރަން.