ބައެއް ބިދޭސީން ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ކާބޯތަކެތި ތައްޔާރުކުރަމުން އަންނަ ކަމަށާއި، އޭގެތެރޭގައި ކުދިން އިންޓަވަލްއަށް ގެންނަ ބައެއް އެއްޗެހިވެސް ހިމެނޭކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މިކަން ހާމަކޮށްފައިވަނީ އެ އިދާރާއިން ހިންގި ރޫޓިން އިންސްޕެކްޝަންތަކުގައި ފާހަގަ ކުރެވިފައިވާ ކަންކަމާއި ގުޅޭގޮތުން ހާމަކުރި މައުލޫމާތު ތަކެއްގައެވެ.

އިމިގްރޭޝަންގެ އޮފިޝަލަކު މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ، ބިދޭސީން ކާބޯތަކެތި ތައްޔާރުކުރަމުންދާ ބައެއް ތަންތަން އިންސްޕެކްޓްކޮށްލުން ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ކާބޯތަކެތި ތައްޔާރު ކުރާ ތަންތަން ފާހަގަ ކުރެވުނު ކަމަށެވެ. އޭގެ ތެރޭގައި ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ފިހާރަތަކުގައި ވިއްކަން ހުންނަ ހެދިކާގެ ބާވަތްތަކާއި، އިންޓަވަލަށް ބޭނުން ކުރާ ތަފާތު ބާވަތްތައްވެސް އެ ފަދަ ތަންތަނުގައި ހަދަމުންދާ ކަމަށެވެ.

އިމިގްރޭޝަނުން ވަނީ މިކަންކަމަށް ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް އެދިފައެވެ.

އަދި ދަރިފުޅަށް ގަންނަ އިންޓަވަލްގެ ރައްކާތެރިކަމާމެދު ޔަގީންކަން ހޯދަންޖެހޭ ކަމަށާއި، ފިހާރަތަކުގައި ވިއްކަން ހުންނަ ކާބޯތަކެއްޗަކީ ސާފުތާހިރުކަމުގެ މިންގަނޑު ހިފެހެއްޓިގެން ތައްޔާރުކޮށްފައިވާ ތަކެތިތޯ ބަލަންޖެހޭ ކަމަށް އިމިގްރޭނުން އޮފިޝަލް ވިދާޅުވިއެވެ.

ސުކޫލް ކުދިންގެ އިންޓަވަލްއަށް ބޭނުންވާ ބާގާ، ހޮޓްޑޯގް، ސޭންޑްވިޗް އަދި ހެދިކާގެ ތަފާތު ބާވަތްތައް ވަރަށް ގިނަ ފަރާތްތަކުން ވިއްކައެވެ.

އިމިގްރޭޝަނުން ވަނީ، ކާބޯތަކެތީގެ ސާފުތާހިރު ކަން ބެލެހެއްޓުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާ ގުޅިގެން އެކަން ހުއްޓުވަން ފިޔަވަޅު އެޅުމަށް ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހަޤީގަތް

    ތިއީ ހަމަ އަހަރުން ދިވެހިންގެ މައްސަލަ...

    49
  2. އަހައްމަދޫ

    އަޅެ ކީއްވާނީ އެމީހެއްގެ ދަރިޔަށް ބޭނުންވާ އިންޓަވަލް އެބަޔަކު އަމިއްލައަށް ތައްޔާރުކޮށްލިއްޔާ. ދިވެހިންނަށް މިހާރުއެވަރުވެސް ނުވޭ

    40
  3. ރަސްގަތު

    މިފަދަ ކަންތައްތަކުން ސަރުކާރުގެ މަތިފަޑި ފެއިލްވެފާވާކަން އެގިހާމަވެގެންދަނީ

    23
    8
  4. Anonymous

    މިފަދަ ކަންތައްތަކުން ސަރުކާރުގެ މަތިފަޑި ފެއިލްވެފާވާކަން އެގިގެންދަނީ

    18
    5
  5. ދޯނި

    ކޮންމެ ކަމެއް ވިޔަސް ހަމަ ވަގުތުން ސަރުކާރޭ ކިޔަނީ ކީއްވެތަ؟ދެން ސަރުކާރުން ޖެހެނީ ކޮންމެ ދުވަހަކު ދަރީންނަށް ނާސްތާ ދީފަ އިންޓަވަލްވެސް ދޭންތަ؟އަޅެ މީދެން ކިހާބޮޑުވެއްޖެ ކަމެއްތަ؟ކޮބާތަ މި ފަގީރު ދަރީންގެ މައިންބަފައިން. ޢެމީހެއްގެ ދަރީންގެ ދުޅަހެޔޮކަމާއި ސާފުތާހިރު ކަމާއިމެދު ސަމާލުވާން ޖެހޭނީ އެމީހަކު އަމިއްލައަށް. ސަރުކާރަކުން ނޫން. ތިހިރީ އޮޅފަ. ޙެހެހެހޭ

    13
    8
  6. ނަލަގޮމާ

    ކޮންމެ ކަމެއް ވިޔަސް ހަމަ ވަގުތުން ސަރުކާރޭ ކިޔަނީ ކީއްވެތަ؟ދެން ސަރުކާރުން ޖެހެނީ ކޮންމެ ދުވަހަކު ދަރީންނަށް ނާސްތާ ދީފަ އިންޓަވަލްވެސް ދޭންތަ؟އަޅެ މީދެން ކިހާބޮޑުވެއްޖެ ކަމެއްތަ؟ކޮބާތަ މި ފަގީރު ދަރީންގެ މައިންބަފައިން. ޢެމީހެއްގެ ދަރީންގެ ދުޅަހެޔޮކަމާއި ސާފުތާހިރު ކަމާއިމެދު ސަމާލުވާން ޖެހޭނީ އެމީހަކު އަމިއްލައަށް. ސަރުކާރަކުން ނޫން. ތިހިރީ އޮޅފަ. ޙެހެހެހޭ

    1
    6
  7. ކަކުނި ކަވާބު

    މިވަރުވާއިރުވެސް މިކަންކަމުގައި ޒިންމާނަގާނެ ބަޔަކު ނުތިބޭނެ އެމީހުން މިޤައުމުގައި އުޅެނީ އުޅެނެގޮތަކަށް. އެވެރިން ޤައުމަށް ލިބޭ ޑޮލަރުކޮޅު ބަންގާޅަށް ކަހާލާއިރު އިސްތައްޓެކޭވެސް ހިތައްނާރާ.

  8. މަބޭ

    ހަމަތިގިތައް ހުޅުމާލޭ އިންޑަސްޓްރިޔަލްއޭރިޔާގަ ވެހިކަލްމަރާމާތުކުރާ ގަރާޖުހިންގާތަންތަންތަނުގެ މަތީގަމީހުންނިދާބައިގަ ބަދިގެހަދައިގެން ކާއެއްޗެތިތައްޔާރުކޮއް ސަޕްލައިކުރޭ މީއެތަންތާންގެދިވެހި ވެރިންނައް އެންގިގެންހިންގާބޮޑުވިޔަފާރިޔެއް.

  9. ދިރުން

    އަޅުގަނޑު އުއްމީދުކޮއްގެން ހުރީ ތިވިދާލުވާ ތަންތަނުގެ ނަންވެސް ހާމަ ކުރަށްވާނެކަމަށް. ސިއްރުކޮއްގެން ވާނެ ފައިދާ އެއްނޯއްޏާނެ. ވުމާއިއެކު ހާމަކޮއްލަށްވާ

  10. ހައްގު

    އެޗް ޕީ އޭ ފެއިލް ވެފަ އޮތްކަން މި އިނގެނީ... ތީ އިމިގްރޭޝަނުން ކުރަން ޖެހޭ ކަމެއް ނޫން.. އެޗްޕީ އޭގެ ަަމސަތްކަތް ވެސް މިކުރަންޖެހެނީ އެހެން މުވައްސަސާއަކުން.. ސަރުކާރު ފެއިލް ވެފަ އޮތްކަން މި އިނގެނީ

  11. ހަންސްނާ

    މޮޅެތި ރެސްޓޯރަންޓް ތަކުން ކާ ތަކެތިވެސް ހުންނާނީ މިހާލުގަ، އެންމެ ރަނގަޅު ގޮތަކީ ގޭގައި ކާ ތަކެތި ތައްޔާރުކުރުން

  12. ދިވެހިންގެލޭ

    މި ދިވެހިރާއްޖެ ނޫނީ ނުވާނެ ބޭރުމީހިން އައިސް ވަގަށް އެތެރެވެގެން ވަގުވިޔަފާރި ބޭރުމީހުން އަމިލައަށް ހިންގެން އޮންނަ ގައުމެއް. މީގެ ޒިންމާ ނަގަން ޖެހޭނީ ސަރުކާރު. ދެން އިމިގްރޭޝަން. މިގޮތައް ބޭނޫންހާ ވިޔަފާރިއެއް އެއްވެސް ހުއްދައަކާނުލާހިންގެނީ ވަރަށް ދޯދިޔާވީމަ. ދިވެހި އާދައިގެ މީހެއް ވިޔަފާރިއެއް ކުރަންޏާ މި މީހުން ކައިރިން ނަގަންޖެހޭ ހުރިހާ ހުއްދައަކާ އިންޕެކްޝަން ހަދައިގެން ނޫނީ ހުއްދައެއް ނުދޭ. އެކަމަކު މި ބިދޭސީ މީހުން ބޭނުންތާކު ބޭނުންވިޔަފާރިއެއް އެބަކުރޭ.