ޒަމާނަށް ބޭނުންވާ ފަންނުތަކުގެ ބިންގަލަކީ ހިސާބުގެ އިލްމު ކަމަށާއި، އެ މާއްދާއަކީ މުހިންމު މާއްދާއެއް ކަމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޯލޮޖީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ކޮމްޕިއުޓަރ ޕްރޮގްރާމްކުރުން، އާޓިފިޝަލް އިންޓެލިޖެންސް، ކޮންސްޓްރަކްޝަން، ކުރެހުން، ސިވިލް އިނޖިނިއަރިން، ރޮބޮޓިކްސް، ކެމިސްޓްރީ، ފިޒިކްސް، އޭވިއޭޝަން، ފައިނޭންސް ފަދަ ކޮންމެ ދާއިރާއެއްގަވެސް އެންމެ މުހިންމީ ހިސާބު އިލްމު ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދީ ތަރައްޤީއާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، ހުރިހާކަމެއްގައި ސައިންސާއި ޓެކްނޯލޮޖީގެ މައްޗަށް ބަރޯސާވަމުންދާ ކަމަށެވެ.

އަދި އިމްތިހާނުތަކުން ހޯދާ މަތީ މާކުހާއި ލިބޭ ސެޓްފިކެޓްތަކަށްވުރެން ވަޒީފާތަކަށް މީހުން ނެގުމުގައި މިހާރު އިސްކަންދެނީ އެމީހެއްގެ އަޙްލާޤާއި ސުލޫކާއި ތޫނުފިލިކަމަށް ކަމަށާއި، މައްސަލަތަކާއިި ކުރިމަތިލުމާއި، މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ހުނަރަށް ކަމަށް އެ ބަޔާނުގައި ވެއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް އިވޭ އަޑެއް ހިސާބު އިލްމަކީ ވަރަށް ފޫހި މާއްދާއެކޭ. ހިސާބު ގައި ކިޔަވާދޭ ކޮމްޕްލެކްސް ކަލްކިއުލޭޝަންތައް ކިޔަވައިދިނުމުގެ ބޭނުމަކީ ކޮބާތޯވެސް ބައެއް ފަރާތްތަކުން ބުނަމުންދޭ". މިނިސްޓްރީން ވިދާޅުވިއެވެ.

އިތުރަށް މިނިސްޓްރީން ވަނީ ހިސާބު ފޮތުގަ ހުންނަ ނަންބަރުތަކާ ފޯމިއުލާތަކަކީ ޕްރެކްޓިސްކޮށްލަން އޮންނަ އެއްޗެއްކަމަށްވެސް ޤަބޫލު ނުކުރުމަށާއި، ޓެކްސްޓް ފޮތުގައި އަލިއަޅުވާލާފަވާ މާއްދާ ރަނގަޅަށް ފަހުމްކޮށްދީ، ކަންކަން ތަޖުރިބާކޮށް އެކްސްޕެރިމަންޓް ކުރުމުގެ ފުރުސަތު ދަރިންނަށް ހޯދަދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.

"ކޮންމެ ފޯމިއުލާއެއް ވެސް މުހިންމުވާ ގޮތް އެކުދިންނަށް ކިޔާދެވެންޖެހޭ. ދިރުއުޅުމުގައި އެ ފޯމިއުލާތައް އެޕްލައި ކުރާގޮތްތައްވެސް ކިޔާދޭންޖެހޭ". އެ މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން ވަނީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ސައިންސް ޓެކްނޯލޮޖީ އިންޖިނިއަރިންގ އަދި ހިސާބު އިލްމު ތައުލީމީ މަންހަޖުގެ ތެރެއިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް އެ މިނިސްޓްރީ އާ ހަވާލުކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހިސާބު

    މިއީ އެއްވެސް ޒަމާނަކަށްފެތޭ ޤައުމެއް ނޫން..ތިބުނާ ހިސާބެއް ކިޔަވައިގެންވެސް ޤައުމުގެ ކުށުގެ ރެކޯޑް ތަކެއް މަދެއް ނުވޭ..މަގުމަތީގަ ބިއްޖެހިފަ ތިބޭ ޒުވާނުން ގިނަވަނީ..ޅައުމުރުގައި ރަނގަޅު ތަރުބިއްޔަތެއް ނުދެވިއްޖެއްޔާ ހިސާބެއްނޫން، ހުރިހާ ހިސާބެއްގަވެސް ހުންނާނީ ކުށް..އެހިސާބުންވެސް ފެންނާނީ ބޮއެގެން ތިބޭ ކުދިން...

    7
    1
    • ދޮންދައިތަ

      ބަލަ އެހެން އެވަނީ ޖަރީމާތަކާ ހިސާބު އަދި ނުކިޔެވޭތީއޭ!
      އެހިސާބު ކިޔެވުނީމާ ޖަރީމާތައް ހުއްޓުވޭނީ!

  2. ކަސްރު

    ކޮބާތޯ އިންޓަނެޓް އަގުހެޔޮ ކުރުން

    13
    1
  3. ނަސީރާ

    ސައިންސއެންޑު ޓެކްނޮލޮޖީ މިނިސްޓަރީ އުވާލާފަ ތިޔަ މިނިސްޓަރީ ހިންގަން ކުރާ ޚަރަދުގެ ލާރި މަތީ ތައުލީމު ސައިންސުގެ ރޮނގުން ހޯދަން އުޅޭ ގާބިލު ކުދިންނައް ސުކޮލަޝިޕް ދިނުން މާ ފައިދާ ބޮޑުބާނެ. މަރުމޯލުންތަކަކައް މުސާރަދީދީ އިސްރާފުކުރުމައް ވުރެމާރަނގަޅުވާނެ.

  4. ޖަމާލު ބޭބެ

    މުލަކު ޖަމާލު ކޮބާ ކަލޭ ބުނި އަގުހެޔޮ ކުރި އިންޓަނެޓު. ކޮބާ ފުރަތަމަ 06 މަސް ދުވަސް ތެރޭ އަގުހެޔޮ ކުރަން ސަރުކާރުން ވީ ވައުދު. ކަލޭ އަދިވެސް އަގަ ތި

  5. Anonymous

    ބޭކާރު މިނިސްޓްރީ އެއް

  6. ހުސޭނުބޭ

    އެހެންވިއްޔާ ހިސާބު ޢިލްމާއި އަގުހެޔޮ އިންޓަނެޓާ ދެމެދު ވާ ގުޅުމަކީ ފަހެ ކޮބައި!

  7. Anonymous

    އެހެންނަމަ ދެން ކީއްވެ އިންޓަނެޓް އަގުހެޔޮ ނުކުރެވިގެން މިއުޅޭނީ. އެ އަގުހެޔޮކުރަން ކޮން މާއްދާއެއް މަދުވަނީ