ވަގަށް ނަގައިފައިވާ ކެޔޮގަނޑަކާއެކު މާލެއިން މީހަކު ހައްުޔަރުކޮށްފިއެެވެ.

އެ މައްސަލާގައި ފުލުހުން މިއަދު ހައްޔަރު ކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރެހެނެކެެވެ.

ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 07:18 ކަންހާއިރު ބޮޑުތަކުރުފާނު މަގު ސްޓީލް ހާރޑްވެއަރ ކައިރިން ގޯންޏެއް ހިފައިގެންދިޔަ 38 އަހަރުގެ ފިރެހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު ވަގަށް ނަގައިފައިވާ ކެޔޮގަނޑެއް ފެނިފައި ވާކަމަށެވެ.

މިމީހާ ހައްޔަރުކޮށް މިމައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ،

މީގެ އިތުރުން ފުލުހުން މިއަދު ވަނީ، ވައްކަމުގެ އިތުރު ދެ މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންބެ

    ފެށުމަކީ މަސްތުވާތަކެތި. މިހާރަކަށް އައިސް އަބަދު މަސްތުވެފަ ޒުވާނުން. ރަށްރަށުގެ ގޮނޑުދޮށަށް ލައްގަނީވެސް ކިލޯކިލޯ އިން ކަނޑުމަތީން ސްމަގުލް ކުރަނީ ޓނުޓަނުން. މި ސަރުކާރުގެ ދޯދިޔާ ސިޔާސަތު.

    17