މ.ކޮޅުފުށީ އިރުދެކުނު ފަރާތުން ބަނޑުން ޖަހާލާފައިވާ ބޯޓެއް އޮޔާދާތީވެ، މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މި ކަމަށް ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ބަންޑުން ޖަހާލާފައިވާ ބޯޓު އޮޔާދާނީ ތ.އަތޮޅާއި ދ.އަތޮޅާ ދޭތެރެއިން ކަމަށެެވެ.

އެހެންކަމުން، ރޭގަނޑު މި ސަރަޙައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުތަކުން މިކަމަށް އިތުރަށް ސަމާލުވުމަށް ކޯސްޓްގާޑުން ކުރެއެވެ.

އޮޔާދާ އެ ބޯޓަކީ މ އަތޮޅު މެދުުފުށި ރިސޯޓު ކައިރިއަށް ބަންޑުން ޖަހާލި ބޯޓެކެވެ. އެ ބޯޓަކީ ލަންކާ މަސް ބޯޓެކެވެ.

އެ ބޯޓު ބަންޑުން ޖަހާލާފައި އޮތް ސަރަހައްދުގައި ފުލުހުންނާއި ސިފައިންވެސް މީގެ ކުރިން ހަރަކާތްތެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ާވަތުބަތާނަ

    ތިހުރިއާއެއްޗެއްނުކިޔާ އޭތި ގެނެސް ބަނދަރަކަށް ވައްދަންވީނު

  2. ޝާހް، ރ.ވާދޫ

    މީގެކުރިން އެބޯޓު ކައިރީ އެމްއެންޑީއެފުން ހަރަކާތްތެރިވިއޯ. ކިހާތާހިރު، ވޯޓު އޮޔާދާނެ ތަނަކަށްދާން ދޯކޮށްލާފަ، ދަތުރުކުރާމީހުން ބަލާށޭކިޔާފަ، މިމީހުން އަރާއެއްފަރާތުގަ. ކިހާފަސޭހަ.