މެދު ރާއްޖެ ތެރޭގެ އަތޮޅުގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ބުދަ ދުވަގެ ރޭގެ ވަގުތެއްގައި 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފައިކަަމަށް ބުނެވުނީ އޮޅުމަކުން ކަމަށާއި، އެ އަންހެން ކުއްޖާއަކީ 14 އަހަރުގެ އަންހެން ކުއްޖެއް ކަަމަށެެވެ.

އެ ކުއްޖާ ރޭޕް ކުރި މައްސަލާގައި ތުހުމަތު ކުރެވޭނ 4 މީހުން ހައްޔަރުކޮށްފައި ވަނީ މިއަދުއެވެ.

ފުލުހުން ވިދާޅުވީ، އެމައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ21 އަހަރުގެ ފިރިހެނަކާއި، 19 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން 18 އަހަރުގެ ފިރިހެނެއް ކަމަށެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ.

އެ ކުއްޖާ ރޭޕްކޮށްލާފައި ވަނީ ބުދަ ދުވަހުގެރޭ 20:15 ހާއިރު އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބަކުރުބެ

    ކީއްވެ 9 އަހަރުގެ ކުއްޖާގެ ވާހަކަ ނުދައްކަނީ؟

    21
    1
  2. ބޭޗާރާ

    ކައުންސިލް އިންތިޚާބާ ދިމާކޮށް ލާދީނީ ވާހަކަ ހުއްޓުވާލަން ރަނގަޅު ކުޅިވަރެއް ތިއޮތީ ފަށާފައި. ބާރަށް ކުރިޔަށް. ބާރަށް ކުރިޔަށް. ކައުންސިލް އިންތިޚާބު ނިމުނީމާ މަރުކޮމިޝަނުން ބެލި މައްސަލަތަކަށް ވީގޮތަށް ޗިކާގެ މައްސަލަ ނިމުނު ގޮތަށް ތިޔަ މައްސަލަތައް ނިންމާލީމާ ހުންނާނީ ބަރާބަރުވެފައި.

    46
    3
  3. އެޑިޓަރ

    ޓެރަރިޒަމް ގާނޫނު ހަރުކަށި ކުރި ގޮތަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ގާނޫނު ހަރުކަށި ކޮށް، އަދަބު ނުދެވެނީ ކީއްވެ؟

    15
  4. ވަޒީރެއާލާ

    އަހަންނަށް ހީވަނީ މިފަދަ ވާހަކަތައް ދެއްކި ވަރަކަށް މިކަން މިވަނީ ގިނަހެން. އެހެންނާފަހެ! ދެއަހަރުގެ ކުއްޖަކަށް ގޯނާކުރިފަހުން މުޅިރާއްޖެ މިދަނީ އެފަދަ އަމަލުތައް ކުރާމީހުނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުން. އެކަންކުރާމީހުނަށް މިއަޑު އިވޭހެނެއް ހިއެއްނުވޭ. މިހާރު ކޮންމެދުވަހަކު މިއިވެނީ ޖިންސީ ގޯނާއެއްގެ އަޑު. ކޮރޯނާ ވައިރަހަށްވުރެވެސް ބާރަށް ޖިންސީ ވައިރަސް މިތަނުގައި ފެތުރިގެން މިހިރަދަނީ. ކަމާބެހޭ މުއައްސަސާތައް ފޭލްވީބާ؟ ނޫނީ މިކަން އެއްވެސް ކަމަކަށް ސަރުކާރަށް ގަބޫލު ނުކުރެވެނީބާ؟ސަރުކާރުން ހިތްވަރުދޭ ކަމަކީބާ؟

    3
    1
  5. އެސޮރު

    އިއްޒަތްތެރި ރައީސް މަނިކުފާނައް އިންގުނީ ޒީރޯ ޓޮލެރެނއް އެކަނި ވިދާޅުވަންތޯ...؟

    2
    1