ވައިކަރަދޫއަށް ނިސްބަތްވާ މުހައްމަދު ރައިޝަން އަހުމަދު ރައިއްކޮގެ ނުކުޅެދުންތެރިކަމެއް ހުރިނަމަވެސް، އޭނާގެ މޮޅުކަމުން އޭނާއަކީ ރާއްޖޭގެ ސްޓީވެން ހޯކިންސްގެ ގޮތުގައި، ޕްރޮފެސަރ އުގައިލް ސިފަކޮށްފިއެވެ.

ސްޓީވެން ހޯކިންސްއަކީ މަޝްހޫރު ސައިންސްވެރިއެކެވެ. ނާރުތަކަށް ޖެހޭ ނުރައްކާތެރި ބައްޔެއް ޖެހި ފުރޮޅުލީ ގޮނޑިއެއްގައި އިންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް ހޯކިންސްއަކީ މޮޅު އެހާމެ ކުޅަދާނަ ބޭފުޅެކެވެ. އޭނާ ފިޒިކްސް އާއި ހިސާބު އިލްމުގައި ހައްދަވާފައިވާ ދިރާސާތަކަކީ ފަހުގެ ތާރީޚްގައި އެންމެ ފާހަގަ ކޮށްލެވޭ ދިރާސާތައް ކަމުގައި ވަނީ ވެފައެވެ.

ހޯކިންސް ވަނީ އުމުރުން 76 އަހަރުގައި އަވަހާރަވެފައެވެ.

"ރައިޝަން އަކީ ރާއްޖޭގެ ސްޓީވެން ހޯކިންސް"ކަން މީސް މީޑިއާގައި ލިޔުއްވަމުން ޕްރޮފެސަރ އިތުރަށް ވިދާޅުވީ، ނުކުޅެދުންތެރިކަމަކީ ތަފާތުކަމެއް ކަަމަށްވި ނަމަވެސް އެއީ ހުރަހެއް ނޫން ކަމަށެވެ.

ރައިޝާންއަކީ އޯލެވެލްގައިވެސް މޮޅު ހުނަރު ދައްކާލި ކުއްޖެކެެވެ. އޭނާ ވަނީ އެސްއެސްސީ އިމްތިހާނުން އޭ ސްޓާ އަކާއި ފަސް މާއްދާއިން އޭ ފާސް އަދި އެއް މާއްދާއިން ސީ އަދި ބީ އެއް ހޯދައިފައެވެ.

އަދި ރައިޝާންގެ އޭލެވްގެ ނަތީއްޖާއަށް ބަލާއިރު، އޭނާ ވަނީ އޭލެވެލްގައި އިސްލާމާއި ދިވެހިން އޭ، ކެމިސްޓްރީ އާއި ބަޔޮލޮޖިން ބީ އަދި ސީޕީއީ އާއި ފިޒިކްސް އިން ސީ އެއް ހޯދާފައެވެ.

ރައިޝާންއަކީ ސްޕައިނަލް މަސްކިއުލާ އެޓްރޮފީ ޓައިޕް ދޭއްގެ ސަބަބުން، ހިނގުމުން މަހުރޫމުވެފައިވާ ކުއްޖެކެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޟައިން

    ޙެޔޮނުވާނެ ތިޔަބުނަނީ ކަލަކު ވޮޑިގެންވާ ކަން ގަބޫލް ނުކުރާ އެ ޖާހިލްގެ ވާހަކަތޯއެވެ
    މަރުވެ ދިޔައީ ބޮޑު ކާފަރެއްގެ ގޮތުގައެވެ
    ޢެފަދަ މީހެއްގޮތުގައި އަހުރެމެން ނުލަށްވާށި.

    53
    6
  2. Anonymous

    ކަލަކު ވޮޑިގެންވާކަމަށް ގަބޫލުނުކުރާ ބޮޑު އޭތިސްޓަކާ މުސްލިމް ދަރިއަކާ އެއްފަދަ ނުކުރޭ އުގައިލޫ

    52
    7
  3. ބާރީ

    ތިބުނީ ދީން ގަބޫލު ނުކުރާ ހޯކިން ގެ ވާހަކަ ދޯ؟ ރައިޝާންގެ އޭލެވްގެ ނަތީއްޖާއަށް ބަލާއިރު، އޭނާ ވަނީ އޭލެވެލްގައި އިސްލާމާއިން އޭ ހޯދާފަ،.... ރައިޝާންއަކީ ރާއްޖޭގެ ސްޓީވެން ހޯކިންސް - އުގައިލް....... ތީތި ކަޑަ ބްރޯ

    43
    5
  4. ޢަހްމަދު

    އެންޑް އައިއޭމް ބެޓްމޭން

    31
  5. ޕޭމް

    އުގެއިލް އެ ވިދާޅުވީ އިލްމީ މިންގަނޑުގެ ވާހަކަ. ކޮންމެ ކަމެއްގަވެސް އަރާ ބޮންތީގަ ތިބޭ! އެކުއްޖާގެ މޮޅު ކަމައް ތައުރީފުކޮށް ވާހަކަ ދެއްކީ. އެއްވެސް ހާލެއްގަ ލާދީނީ ކަމަކައް މަގުފަހިވާގޮތައްް ވާހަކަ ދެއްކި ތަނެއް ނުފެނޭ!

    14
    3
    • ލިބާސް

      މައްސަލައަކީ ދީން ގަބޫލުނުކރުމެއް ނޫން. ސްޓީވަން ހޯކިން އަކީ ދީން ގަބޫލު ނުކުރާ މީހުންގެވެސް އައިޑަލް އޭނާގެ ތާކުންތާކު ނުޖެހޭ ފަލްސަފާތަކުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ

      1
      1
  6. ޙުސައިން

    އުގެއިލަކީ މޮޔެ ސައިންޓިސްޓެއް

    8
    4
  7. ައަފޫ

    ކޮން ސްޓީވެން ހޯކިންސް އެއް .ލަދުން ބޯހަލާކު

    9
    2
  8. އަހމދުރސދ

    ސްޓީވް ހޯކިންސް އެއީ ކާކުތަ
    ކިޔެވި އެއްޗަކުން ކޮން ފައިދާއެއް ކުރީ، ސައިންސްގެ ހަގީގަތް ތައް ފެނިފަ އެންމެ ކުޑަމިނުން ވެރި ރައްބެއް ވާކަން ގަބޫލު ނުކޮށް މަރުވީ

    3
    1
  9. ށުމަން

    ކައުން ދިރާސާ ކޮއް މުޅި އުމުރު ދިޔައ އިރު އޭނަ ދުނިޔޭ ދޫކުރީ އެތީސްޓެއްްގެ ގޮތުގަ. الله ތައާލާ އަށް ގޮންޖަ ހާފަަ. ޢުގައިލް ގެ ފީލްޑަކަސް. ރައިއްކޮ ބޭނުމުއެއް ނުވާނެ ސްޓެފަން ހޯކިން އާ އެކީ މަ ހުޝަރު ކުރެވޭ ކަށް.

  10. ސޮނިފުހެޭ

    މީނަގެ މަންމަޔަށް އައްސަރިބަހާ ސާބަސް

  11. ލޮލީ ކަލޯ

    ﷲ ހަސަދަ ވެރިން ދެކެ ލޯބިވެ ވޮޑި އެއްނުގަންނަވާނެ

  12. އަމާ

    އަހަރެންވެސް ބުނަން މަގޭ ދަރިޔާ ދިމާޔަށް '' ތީ އެލްބަރޓް އައިންސްޓަ އިންނޭ'' އެކަމަކު އެއީ ދީނީ ގޮތުން ބުނާ ވާހަކައެއްނޫން އެއީ ސްކޫލްލުންނާ އާއިލާ ތެރޭން އައި ގޮންޖެހުން ތަކުގެ ކުރިމަތީ ކުޑަކަކޫ ޖެހިޔަ ނުދޭން ބުނަމުން ދިޔަ ވާހަކައެއް އިލްމީ ގޮތުން ބުނާ ވާހަކައެއްގެ މާނަ އޮޅުވާ ނުލާ ރައިޝަން އަށް ﷲ ހެޔޮގޮތްތަށް މިންވަރު ކުރަށްވާށި ރައިޝަން ދެކެ ވަރަށް ލޯބިވޭ

    3
    2
  13. މާބުރުމާ

    މޮޅު ބަހެއް ބުނަންވެގެން މުސްލިމު ކުޑަ ކުއްޖަކު ބޮޑު ކާފަރަކާ އެއްގޮތްކޮއްލީ ދޯ، އަދި އެހެން މީހަކާ ދިމާލަށް ފިރުއައުނޭވެސް ބުނެލާތި

    1
    1