މެދ ުރާއްޖެތެރޭގެ ރަށެއްގެ ހަތަރު ކުއްޖަކު ދައުލަތައް ނަގަން އުޅުނީ އެކުދިން ދިރިއުޅެމުން އައި މާހައުލަކީ ރައްކާތެރި މާހައުލަކަށް ނުވާތީ ކަމަށް ވިދާޅުވެ ޖެންޑާ މިނިސްޓްރީން މިއަދު އާއްމުކުރީ ދޮގު މައުލޫމާތު ކަމަށް އެކުދިންގެ ރަށުން ބުނެފިއެވެ.

އެކުދިންގެ ރަށުން "ވަގުތު" އަށް މައުލޫމާތު ދިން މީހުން ބުނީ ޖެންޑާ މިނިސްޓްރީގެ އޮފިޝަލުންނާއި ފުލުހުން ހިމެނޭ ގޮތައް ވިއްސަކަށް މީހުންގެ ފައުޖެއް މިއަދު ކުއްލިއަކަށް އެކުދިން ނިދާފައި ތިއްބާ އެކުދިން ތިބި ކޮޓަރިއަށް ވަދެ، އެކުދިން ގޮވައިގެން ފުރަން އުޅުމުން ރަށުގެ ރައްޔިތުން ނިކުމެ އެކަމަށް ހުރަސްއެޅީ އެކުދިންގެ ހާލަތު ރަށުގެ އެންމެނަށް އެނގޭތީއެވެ.

މައުލޫމާތު ދިން މީހުން ބުނާ ގޮތުގައި ހަތަރު ކުދިންގެ ތެރެއިން ކުއްޖަކަށް ގޭގެ މީހެއްގެ ފޯނުން ވީޑިއޯއެއް ފެނުނު މައްސަލައެއް މީގެ އަށެއްކަ މަސްދުވަސް ކުރިން ޖެންޑާ މިނިސްޓްރީން ތަޙްޤީޤުކޮށް އެމައްސަލަ ވަނީ ނިންމާފައެވެ.

"ފާއިތުވި އަށްމަސް ދުވަސް ތެރޭގައި ޖެންޑާ މިނިސްޓްރީން ބަލާފައެއް ނުވޭ އެކުދިން އުޅުނު ގޮތެއް. އެންމެ ފަހަރަކު ވެސް އެކުދިންގެ ހާލު ބަލާލާފައެއް ނުވޭ. ކުއްލިއަކަށް މިއަދު ފުލުހުން ގޮވައިގެން އައިސް އެކުދިން ގެންދަން އުޅުމުން ރަށުގެ ރައްޔިތުން ނިކުމެ އެކަމަށް ހުރަސްއެޅީ އެކުދިންގެ ހާލަތު އަޅުގަނޑުމެންނަށް އެނގޭތީ." އާއްމު ރައްޔިތަކު ބުންޏެވެ.

ހަތަރު ކުދިންގެ މަންމަ އާއި ބައްޕަގެ ކައިވެނި ވަނީ ރޫޅިފައެވެ. ކުދިން ދިރިއުޅެމުން އަންނަނީ މަންމަ އާއި މަންމަ ފަރާތު ކާފަ އާއި މާމައާ އެކުގައެވެ.

އެރަށުން "ވަގުތު" އަށް މައުލޫމާތު ދެއްވި ކައުންސިލަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ އެ ހުރިހާ ކުދިންނަކީ ވެސް ވަރަށް އަޙްލާޤު ރަނގަޅު ކުދިންތަކެއް ކަމަށާއި އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބޭ ކަމުގެ އެއްވެސް މައުލޫމާތެއް ކައުންސިލަށް ވެސް ލިބިފައި ނެތް ކަމަށެވެ.

"ކުދިން ދިރިއުޅެމުން އަންނަނީ ރަނގަޅު މާހައުލެއްގައި. އެކުދިން ދިރިއުޅޭ ގެއަކީ ރަށު ފެންވަރު ރަނގަޅު ފެންވަރެއްގެ ގެއެއް. ރަށު ފެންވަރުގައި ފުދިންގެ ކުއްޖާގެ މަންމަގެ އާއިލާ އުޅެނީ. ބޭނުންވާ ހުރިހާ ކަމެއް ކުރެވިގެން އެކުދިން ދިރިއުޅެމުން އަންނަނީ." ކައުންސިލަރު ވިދާޅުވިއެވެ.

ރަށުގެ އެހެން ރައްޔިތަކު ބުނީ ހަތަރު ކުދިން ގެންދިއުމާއި ދެކޮޅަށް ރަށުގެ ރައްޔިތުން ނިކުތީ އެކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިނަމަ ކުދިން ހާލުގައި ޖެހި ނިކަމެތިވާނެތީ ކަމަށެވެ.

"ކުޑަކުދިންގެ ހިޔާގައި ކުދިން އުޅޭ ހާލު އެންމެނަށް ވެސް އެބައެނގޭ. ވަރަށް ފަހުން އެއޮތީ އެތަނުގައި އުޅޭ ކުއްޖެއްގެ ވީޑިއޯ ވެސް އާއްމުވެފައި. އެހެންވީމަ އެފަދަ ތަނަކަށް މިރަށުގެ ކުއްޖަކު ގެންދާން އަޅުގަނޑުމެން އެއްވެސް މީހަކު ބޭނުމެއް ނުވޭ." އޭނާ ބުންޏެވެ.

ރަށުގެ އާއްމު ރައްޔިތުން ދައްކާ ވާހަކަ އާއި ގުޅިގެން ޖެންޑާ މިނިސްޓްރީން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ހުސޭނުބޭ

    ފުލުހުން ތި ރަށަށް އައި އިރު ޖެންޑާގައި ގެންގުޅޭ ގެއްލޭ ބެޑްޝީޓް ހިފައިގެން ދިޔަނަމަ އެދެން ހަތަރެސްކަން ހަމަވީ! ދެން އެކުދިންނެއް ތި ރަށު ރައްޔިތުންނަށްވެސް ނުފެނުނީސް!

    75
    2
    • Anonymous

      ޯތެދެތިބުނިިި

      21
      1
  2. އަލީ

    ސަރުކާރުން ހިންގާ ލާދީނީ ޕްރޮޕަގެންޑާ.

    71
    4
  3. ބަދަލު

    ރަށުމީހުން ބޭނުމެއް ނުވޭ ކުދިން ހިޔާއަށް ގެންދާކަށް.
    އަދި ރަށު މީހުން ބޭނުމެއް ނުވޭ ކުދިންނަށް ރައްކާތެރިކަން ރަށުގަ ކަށަވަރު ކޮށްދޭކަށްވެސް.
    ކުދިރަށްރަށުގަ ކުދިންނަށް އަނިޔާލިބެނީ ރަށު ރައްޔިތުންގެ އެއްބާރުލުމާއެކު. ރިޕޯޓެއް ނުކުރޭ. ތިބެނީ ބީރު ކަންފަތެއް ދީގެން. ވާނެ އެއްޗެއް ވީމަ ނޫސްތަކުގަ މަޝްހޫރުވާން ވެގެން އިންޓަވިއު ދެނިކޮށް ދެން ސޯޓު ބޭލެނީ.
    ހިތާމަހުރި.

    4
    33
  4. ބޭން

    ޙަޤީޤަތުގައި ކުޑަކުދިންގެ ޙައްޤުތަކުން މަހުރޫމް ކުރަނީ ޖެންޑާއިން.

    37
    1
  5. ކުޅުދުއްފުށީ ރައްޔިތެއް

    އެކުދިންގެ ހާލު ރަނގަޅަށް އެނގެޔޭ ބުނުމާ ރައްޔިތުން އެކުދިން ގެންދަން ހުރަސް އެޅުމަކީ ބޮޑު ކަމެއް ބޮޑު ޒިންމާއަކާ ރައްޔިތުން ތި ހަވާލުވީ ، އަހަރެންމީ ތި ރަށު މީހެއް ނޫން އެކަމަކު މީން ކުއްޖަކަށް ގެއްލުމެއް ވެއްޖިއްޔާ ރަށު މީހުންބާ ޒިންމާވާނީ ، އެކަހަލަ ކަމެއް ނުވެ އެ ކުދިންނަށް އުފަލުގައި އުޅެވޭނެ ގޮތެއްވުން މަގޭ ދުއާ އަކީ.

    17
    9
  6. Anonymous

    ސަރުކާރުން ރައްޔިތުންނަށް އަނިޔާ ކުރަން ފެށީ ދެއްތޯ. ހިތިފެންނާނެ. ބަލަން ތިބެމާ

    24
    2
  7. ސޭޙް

    އެ ކުދިންގެ މަންމަ ކުރިޔައް އޮއި ލޯކަލް ކައުންސިލްގަ ވާދަ ކުރާތީ، އެދައިތަ ޕާޓީ ކުދިންނައް ކެއް ނުވީ އެ އީ ވީ ގޮތަކީ.

    11
    1
  8. ހިމާޔަތްކުރޭ

    ސާބަހޭ ތިހެން ތިބޭނީ ޖެހިލުން ކުޑަ ކެރޭ ހިތްވަރުގަދަ ޒުވާނުން ތިމާމެންގެ އަމިއްލަ ރަށަށް ބޭރުން އަރާ މީހުނަށް ތިރަށު ރަށްޔަތުންނަށް ބޭނުންހާ ގޮތެއް ހެދި ގެންނުވާނެ ކޮންމެ ބަޔަކަސް އެފަދަ ގޮތަކަށް ކަންތައް ކުރާއިރު އެއްވެސް ރަށްޔަތަކު އަޅައި ނުލާތިބުމަކީ އެފަދަ ކުދީން ހިތާމަކުރާނެ ކަމެކެވެ. ތިޒުވާުނުން ނަކީ ތިފަދަކޮނަމެ ކަމެއްގައިވެސް ފަސް ނުޖެހި އިސްނަގަން ޖެހޭނެބައެއް ކޮންމެ ރަށެއްގައި ވެސް ތިބޭ ޒުވާނުންނަކީ އެރަށެއް ގެދިރުމާއި އުންމީދު އަދި އުމުރުން ދުވަސް ވީމީހުނާއި އަނިޔާލިބެ މުންދާތުއްތު ކުދީން ނަށްލިބޭ ހިތްވަރެއް ތިޒުވާނުން އެކުދީން ހިމާޔަތް ކޮއްދިނުމަކީ އެކުދީންނަށް ލިބުނު ވަށްބޮޑު ހިތްވަރަކަށް ވެގެންދާނެ މިއަދު ތިޒުވާނުން ނޫނީ އެކުދީން ހިމާޔަކޮށް ދޭނެބަޔަކުނެތް އެކުދީ ންގެދިފާއުގައި އެކުދީ ންހިމާޔަތްކުރަން އެއްވެސް ޖެހިލުމެއް ނެތި ތެދުވީތީ ތިޒުވާނުނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ

    20
    1
  9. ލޮލާލޯ

    އެއްކަލަ ގެއްލޭ ބެޑްޝީޓު ފާޅު ވެއްޖެ

    21
  10. ނެގި

    މިހާރުވެސް ތި ޖެންޑާއިން ގެންގުޅޭ ކުދިންނަށް ބަެލޭލެއް ރަނގަޅުކަމުންތަ މީހުން ލޯބިން ގެންގުޅޭ ކުދިން ނަގަން ރަށްރަށަށް ދުވަނީ. ފުރަތަމަ ތިތަނަށް އައިއްސަ ހުރި ޖިންސީ ގޯނާ ގެ މައްސަލައެއް ބަލާ ބަލާ.

    19
    2
  11. މުގައްދަރު

    އަދިވެސް މަށައްވެދާނޭ ކިޔާފައި ހަވާލްވޭ މިޔޮއްގައުމެއްވާދޯ މިޔައްވުރެ މާނިކަމެތިކޮއް ނުކައި ނުބޮއި އުޅުން ޒަމާނުގަވެސް ސަރުކާރުތަކުން އައީ ރައްޔަތުން ހިމާޔައްކޮއް ބައްލަވަމުން މިއަދު ނަން ހުސްކޮއް މުއައް ސަސާތައް ހުންނައިރުވެސް މިފެންނަނީ ބަހަނާޔާ ކަންކަމުން ރެކި އަނެއްސަރުކާރުގެ ބޮލުގައެޅުވުން

    18
    1
  12. އެޑިޓަރ

    ސިދާތާ ފެއިލް ވެއްޖެ، ލަދެއްނުގަނެ އެއްނު އަރާ އަނގަ ހާވާކަށް..

    21
    2
    • ސިދާތާ އިސްތިއުފާ

      ލަދެއް ނުގަންނާނެ. އެކަހަަލ ގޮތެއް ފޮތެއް ނެތް މީހުން ނުގަންނާެ ލަދެއް. ކިތައްކުޑަކުދިންގެ ހައްޤުތައް ނަގާލީ. އާއިލާއާއ ބިކަ ކޮށްލީ. އެތަނަށް ހުށަހަޅާ ސިޓީއެއްގެ ޖަވާބު ހޯދަން ގޮއްސަ ދެފައ ހިފައ އާދޭސްކޮށް ކަލާކޮށްޓަަކައި ގޮވީމަ ނޫނީ ސިޓީގެ ޖަވާުބުވެސްނުދެވޭ. 3 ،4 ދުވަހު ގޮސްގެން 2،3 ގަޑިއިރުގެ ވަގުތު ނަގައިލައިގެން ކަމެއްވާކަަމަށްވަނީ.... . މިިދޔަ ހަފްތާގެ ދުވަހެއްގަ ދިޔަިމަ، 30 ގަޑއރު ވާދެން ބަަހއްޓާފަ، ކައުންޓަރުގެ އެއްޗެކޭ ބުނީމަ ކއުންޓަރގ އިންނަކުއްޖާފެށީ ހޭން.. ދެން އައި އަންހެނަކު، ހަމ ކޮންމެ ދުވހަކު ދިޔައމަ ނަގާ މައުލޫމާތުތައް އަހާފަ، އަަވަހަށްނުދެވިގެން އެއްފައ މިކޮޅު.އަނެއްފައި އަނެއްކޮޅު. އެއޮށް ހުރިހާއިރު ރައްޔިތު މީހާ މަޑުކޮށްގެންހުރީ. އޭނަ އުޅެނީ އަަަވަަހަށް ނުދެވިގެން.. ދައްކާ ވާހަަކއެއް އަޑުއަަހަނީކީ އެއް ނޫން. ޖަނަވަރީ 8 ގައ ލީސިޓީގެ ޖވާވު ލިބުނީ ޖަަނވަރީ 22 ވނ ދވހު. ޢެއްވެސް ފަހަތުން ދުވެގން. އެއްފަަހަރ ބުނާނ ތިމަންނަމެންނޭ މިވެނި މީހަކާހަވާލުކުީ. ޢަނެއްފަަހރ ބުނާނެ ތިމަންނަމެންނޭއް ނޫނެ

  13. ސލްލް

    މިހާރު ދެން އާންމުން ނަށް ޖެއްސުން ކުރަނީ ތި

    6
    2
  14. ސީދައިތަފެއިލް

    އަނެއްކާ ޖެންޑާެ އަށް ގެންގޮސްގެން އެކުދީން ހަނދާނެ ކަމެއްނެތް އެކުދީން ނުގަބޫލުގައި ގެންދަން އުޅުމަކީ ޖެންޑާއިން ފުލުހުން ގޮވައިގެން ގޮސް އެކުދީނނަށް ދެއްކި ބޮޑުބިރެއް ތިއީ އިނޑިޔާ އިން ކުދިން ވަގަށް ނަގާގޮތް ސިތާދާ ކަލޭ އިސްތިފާ ދިނަސް ނުދިނަސް ރަށްޔަތުން ގެތައީދެއް ކަލެއަކަށް ނެތޭތިމަޤާމަށް ކުފޫހަމަ ނުވާއިރު ތިމާގެ އަމިއްލަ އެދުމަށް ޓަކައި އިސްތިއުފާ ނުދީ ހުރުމީ ތިތާގެ އަގުވެއްޓި ރަށްޔަތުން ގެއިތުބާރުގެއްލި ޖެންޑާ އިތުރަށް ބޭޒާރުވެ ރަށްތުންގެ ރުޅިޔާއި ނަފުރަތު އިތުުވެގެން ދާނެކަމެކެވެ.

    7
    2
  15. ދަރަނި ދަންތުރަ

    ކަލޭމެނޭ އަދިވެސް މިސިދާތާ އަނގަފޭކުރާނެ މުންޖޭކިޔާފައި މިނިސްޓަރަކު ފޭލިވާނީ ދެން މިވަރަކަށްނޫންތަ ލަދުހަޔާތްކުޑަވިޔަސް މީ ބޮޑުވަރުދޯ ފޭލިޔާ އެއްއޮތިއްޔާ އިސްތިއުފާ ދޭންކެރޭނެޔޯ ދިވެހިރައްޔިތުން ނުކުމެ ސިދާތާގެ މިނިސްޓްރީ ގައި ބޮޑުތަޅު އެޅުވިޔަސް ސިދާތާ އިސްތިއުފާ ނުދޭނެ ތިހިރީ މިނިސްޓަރ ކަމާހެދި މަރުދަންޖެހެންވެސް ތައްޔާރަށްކަން ޔަގީން ގޮތްކުޑަ އަންހެނާ....

    6
    2
    • ގޮތް

      ގޮތާ ފޮތާ ބޮއެގެން ހުންނަނީ. އޭނައަކީ ލަދުގަންނަން ދަންނަ އަންހެނެއްނޫނ.ް އޭނަގެ ދަރިޔކަށް އެކަަހލަ ކަމެއްވީމަ ދެންއެނގޭނީ ރައްޔިތުނ ތެޅޭ ހާލު. އޭނަ އެކަންޏެއްނޫން. ޢެމުއައްސަސާގ ތިބި އެންމެނަކީވެސްއެހާ ލަދުކުޑަ ހަޔާތްކުޑަ ޒިންމާދާރުކަމެއް ނެތް ބައެއް. މަހްޝަރު ބިމުގައިވެސް މާފް ނުކުރާނަން އޭގެން އެެއްވެސް ޖަނަވާރކަށް

  16. ދަރަނި ދަންތުރަ

    މި އެބުނާ އެޖެންޑާ 19 ތަފާތުވާނޭ މިކަމަކީ ނަސީދުގެ ވެރިކަމުގައި ގާޒީ ވަގަންނެގީ މީ އޭގެ ދެވަނަ އެޕިސޯޑު މިފަހަރު މިދިމާކުރީ 4 ކުދިން ވަގަށްނަގަން މީ ވަގުންގެ ވަގުވެރިކަމެއް ގައުމުގެ ޒަމާން ގޮއްސި ކަލޭނޭ ދިވެހިން ހޭއަރާނީ ކިހާވަރެއްވީމަބާ ކިނބޫ....

    5
    2
  17. އަބާ

    ދަރިންނަކީ މާއިންބަފައިންނާ ﷲ ހަވާލު ކުރައްވާ ބޮޑު އަމާނަތެކެވެ ގިޔާމަތް ދުވަހު މައިން ބަފައިންނާ އެކަމާ ސުވާލު ކުރެވޭނެއެވެ އެސުވާލުން ސަލާމަތް ވުމަށްޓަކައި އަމިއްލަ ހުވަފެން ގުރްބާން ކޮށްފާ ނަމަވެސް ﷲގެ އަމާނާތަށް ހެޔޮގޮތުގައި ރައްކާ ތެރިވާ ށެވެ ބަދަލުގެ ގޮތުގައި ތިބާ ޔަށް ﷲ ގެ ގަޑުވަރު ތަކުން ގަނޑުވަރެއް ދެއްވާނެއެވެ ތިބާ ޔަށް ޓަކައި ތޯހިރު ރަލާ ހިދުމަތް ކޮށްދޭނެ ﷲގެ އަމުރްފުޅަށް ހިދުމަތް ކުރާ ހާދިމުންނާ ނާ ރީތި ބަގީޗާ ތަކާ ކޯރުތަށް ލިބިގެންދާނެއެވެ ތިބާ ވިޝްކުރި ކޮންމެ ކަމެއް ތިބާއަށް އެތަނުގައި ފުދޭނެއެވެ

    5
    1
  18. ޢަންސާރު

    ޢައްޗި ރާއްޖެ

    2
    1
  19. ބުއްޅަބެ

    ޖެންޑާ19 އިން މިހާރުވެސް މައިންބަފައިންނާ ވަކިކޮއް ނެގި ކުދީންކޮޅު އެއުޅެނީ ކޮންފަދަ ބިރުވެރި ތަނެއްގަ. މަންމަ އާ ބައްޕައާއެއްކޮ އުޅެނިކޮއް ފޭރިގަނެގެން ގެންގޮސް ކޮންފަދަހިތްދަތިކަމެއް އެދެނީ

  20. އެސޮރު

    މިޔަ މީހުން މިޔަ އުޅެނީ ކުރާނެ ނުކުރާނެ ކަމެއް ނޭގިގެން.