މި ބްލޮގްގައި ޝެއާ ކުރަމުން ގެންދާނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ހިނގަމުންދާ މުހިއްމު ކަންތައްތަކާއި، އެކަންތައްތަކުގެ ތަފްސީލް ހިމެނޭ ޚަބަރުތަކެވެ.

00:02

ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ހުދުރަންފުށި ރިސޯޓްގައި ފަތުރުވެރިޔަކު ރޭޕް ކުރަން އުޅުނު މައްސަލައެއް ފުލުހުން ތަހްޤީޤު ކުރަމުންގެންދާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

22:59

ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ ބަޔަކު އަވައްޓެރި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އިން ފެނިއްޖެއެވެ.

22:46

22:20

ތުރުކީއަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

22:10

ކޮރޯނާވައިރަސް ޖެހިފައިވާ އިތުރު މީހަކު މެލޭޝިއާ އިން ފެނިއްޖެ.

21:39

ޗައިނާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުން ގައުމަށް ގެންދަން އެމެރިކާ އިން ފްލައިޓެއް ޗާޓަރު ކޮށްފަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި.

21:27

ކޮރޯނާވައިރަސް ޖެހޭ އެންމެން ދެނެގަނެ ހުއްޓުވަން އުދަނގޫ ވެދާނެ ކަމުގެ އިންޒާރު ޗައިނާގެ ޑޮކްޓަރުން ދީފި.

މިއިންޒާރު ދީފައި ވަނީ ކޮރޯނާވައިރަސްގެ އެއްވެސް އަލާމާތެއް ބޭރުފުށުން ނުފެންނަ ޗައިނާގެ 10 އަހަރުގެ ކުއްޖަކު ބައްޔަށް ޕޮޒިޓިވް ވުމުން.

21:25

ކޮރޯނާވައިރަސް ދަނީ ބާރު ސްޕީޑްގައި އަދިވެސް ފެތުރެމުން ކަމަށާއި ޗައިނާ އަށް މިހާރު ކުރިމަތިވެފައި ވަނީ ނުރައްކާތެރި ހާލަތެއް ކަމަށް ޗައިނާގެ ރައީސް ޒީ ޖިންޕިން ވިދާޅުވެއްޖެއެވެ.

21:14

ކޮރޯނާވައިރަސް އަށް ޝައްކުވާ މީހަކު އަދި ރާއްޖެއިން ފެނިފައެއް ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެމްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

20:55

ޗައިނާގެ ޓްއާ އޮޕަރޭޓަރުންގެ ޚިދުމަތް އެގައުމުގެ ސަރުކާރުން ހުއްޓުވައިފިއެވެ.

20:32

ހޯމަ ދުވަހުން ފެށިގެން ޗައިނާ އިން އެ ގައުމުގަ އާއި އެހެން ގައުމުތަކުގައި ހުންނަ ޗައިނާ އަށް ނިސްބަތްވާ ޓުއާ އެޖޭންސީތަކުގެ ޙިދުމަތް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފިއެވެ. މިއީ ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން އެ ގައުމުން އަޅަމުން އަންނަ އަވަސް ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

20:24

ކޮރޯނާވައިރަސް އަށް ޕޮސިޓިވް ވި މީހުންގެ އަދަދު 1396ށް އަރައިފި.

20:23

މާދަމާ އިން ފެށިގެން ޗައިނާގެ ވެރިރަށް ބެއިޖިން އިން އެ ގައުމުގެ އެހެން ޕްރޮވިންސުތަކަށް ގަވާއިދުން ބާއްވާ ބަހުގެ ޙިދުމަތްތައް މެދުކަނޑާލަން ނިންމައިފި. މިގޮތަށް ކަންތައް ކުރަން ޗައިނާ އިން ނިންމީ ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން.

17:58

އިނާގެ ވުހާން ސިޓީގައި ހަލުވި ކަމާއިއެކީ ފެތުރެމުން އަންނަ "ކޮރޯނާވައިރަސް" ގެ ސަބަބުން އެ ސިޓީގައި ތާށިވެފައިތިބި ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭން ދިވެހި ސަރުކާރުން ނިންމައިފި.

17:30

14:21

ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ހޮންގ ކޮންގގައި އެމޭޖެންސީ އިއުލާނުކޮށްފި.

14:19

 

14:16

އޮސްޓްރޭލިއާ އިން ޗައިނާ އަށް ސީފުޑް އެތެރެކުރުން ހުއްޓާލައިފި،

14:15

އޮސްޓްރޭލިއާ އިން ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 4 އަށް އަރައިފި.

14:13

މިހާރު ކޮރޯނާ ވައިރަސް ދަނީ ދުނިޔޭގެ 13 ގައުމެއްގައި ފެތުރެމުން.

14:12

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލް އަށް އިންޒާރުދިން ކަމަށް ބުނެ ހައްޔަރުކުރި ޒުވާނާގެ މައްޗަށް ދައުވާ އުފުލައިފި.

14:06

ޖަޕާނުން ތިން ވަނަ މީހަކަށް ކޮރޯނާ ވައިރަސް ޖެހިއްޖެ. އޭނާ ޗައިނާގެ ވޫހާންގައި އުޅުމަށްފަހު ޖަޕާނަށް ދިޔައީ މި މަހުގެ 18 ވަނަ ދުވަހު

12:58

ޗައިނާގެ އުމުރުން އެންމެ ދެއަހަރުގެ ކުއްޖަކަށް ކޮރޯނާވައިރަސް ޖެހިއްޖެ ކަމަށް ޗައިނާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

12:52

ޗައިނާގެ ވުހާންގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް އޮސްޓްރޭލިއާ ވެސް ފެނިއްޖެއެވެ.

12:35

ވުހާން ހިމެނޭ ހުބާއީ ޕްރޮވިންސްގައި ހުރި ސްޓާބަކްގެ ހުރިހާ އައުޓްލެޓެއް ވަގުތީގޮތުން ބަންދުކޮށްފި.

11:50

ގިނަ އަދަދެއްގެ ދިވެހިން ވެސް ދިރިއުޅޭ މެލޭޝިއާ އިން ކޮރޯނާވައިރަސް ފެނިފައިވާކަން އެގައުމުގެ ދައުލަތުގެ މީޑިއާ އިން ކަށަވަރު ކޮށްދީފިއެވެ.

11:41

10:41

ޗައިނާގެ މައި ސަރުކާރުން ވުހާންއަށް އިތުރު ސިފައިންނާއި، ސިއްހީ އެހީތެރިން ފޮނުވައިފި.

10:40

އައްޑޫސިޓީއިން ވަކި ނުވެ ވެސް އެ ސިޓީއަށް ނިސްބަތްވާ ހުޅުދޫ އާއި މީދޫގެ މައްސަލަތަކަށް ހައްލު ހޯދޭނެ ކަމަށް، ގަަބޫލުކުރައްވާާ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

 

10:01

ޗައިނާގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާވައިރަސް އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން އިންޑިއާ އިން ހަތް މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށް އެމީހުންގެ ހާލަތު ބަލަމުންދާކަމަށް ބުނެފިއެވެ.

09:49

އެމެރިކާ އިން ފެނުނު ކޮރޯނާވައިރަސް ޖެހިފައިވާ މީހާ އާއި ކައިރީގައި އުޅުނު މީހުން މޮނީޓާ ކުރުމުގެ މަސައްކަތް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ކުރަމުން ގެންދާކަމަށް ބުނެފި. އޭނާ އާއި ކައިރީގައި އުޅުނު މީހަކު ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައި އަދި ކަރަންޓީން ކޮށްފައެއް ވެސް ނުވޭ. ނަމަވެސް އޭނާ އާއި ކައިރީގައި އުޅުނު އެއްވެސް މީހަކަށް ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދައްކަން އެމެރިކާގެ އޮފިޝަލުން އެދޭ.

09:46

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ސަރުކާރުގެ ސިޔާސަތާއި އެއްގޮތައް ޒިންމާދާރު ކަމާއި އެކު މަގާމު އަދާނުކުރެވޭނެމަ އިސްތިއުފާ ދެއްވުމަށް އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފް ގޮވާލައިފިއެވެ.

09:09

ކޮރޯނާވައިރަސް ޖެހިފައިވާ ފަސްވަނަ މީހަކު ފެނިއްޖަކަން ހޮންކޮންގް އިން ކަށަވަރުކޮށްދީފި.

08:48

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން ޗައިނާ އިން އަޅާނެ ފިޔަވަޅުތައް ނިންމާ ކޮމެޓީގެ ވެރިޔަކަށް ސާސް ވައިރަސް ދެނެގަތް ޗައިނާގެ ސައިސްވެރިޔާ ޒޮންގް ނަންޝަން އައްޔަން ކުރައްވައިފިއެވެ.

05:21

މަރުވި މީހުންގެ އަދަދު ވަނީ 41ށް އަރާފައި.

00:44

 

00:33

ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 4 މީހަކު މަރުވެފައިވާ ކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓްކުރޭ.

00:26

ތުރުކީއަށް އައި ބިންހެލުމުގައި އިމާރާތަކެއް ބިމާ ހަމަވެއްޖެ

 

ފާއިތުވި 24 ގަޑިއިރު ފާހަގަ ކުރެވުނު އެންމެ މުހިއްމު ޚަބަރަކީ ކޮރޯނާވައިރަސް އަދިވެސް އިތުރަށް ފެތުރެމުންދާ ޚަބަރެވެ. އަދި ދެކުނު އޭޝިއާގެ ގައުމަކުން މިރޭ ވަނީ ފުރަތަމަ ފަހަރަށް ކޮރޯނާވައިރަސް ފެނިފައެވެ. ކޮރޯނާވައިރަސް ފެނުނު ދެކުނު އޭޝިއާގެ ގައުމަކީ ނޭޕާލް އެވެ.

ކޮރޯނާވައިރަސްގެ ފަހުގެ މައުލޫމާތު "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

މިރޭ ލިބުނު އިތުރު ޚަބަރުތަކަށް ބަލާއިރު 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހިމެނޭ ހަތަރު މީހަކު ހައްޔަރު ކުރި ޚަބަރު ވަނީ ލިބިފައެވެ.

އަދި 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައި ހުރިކަން ވެސް ފުލުހުން މިރޭ ވަނީ ކަށަވަރު ކޮށްދީފައެވެ.