މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަ އަދިވެސް ހައްލުވެފައި ނުވަނީ 2019 ވަނަ އަހަރު އެދުނު މިންވަރަށް އެކަން ކުރުމަށް ބަޖެޓު ނުލިބުމުން ކަމަށް މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިހެން ވިދާޅުވެފައި ވަނީ އޭނާ ކުރެއްވި ޓްވިތެއްގައެވެ. ޝިފާގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ވޭތުވެދިޔަ އަހަރު މަގުތަކުގައި އަޅަން ލިބިފައިވަނީ 37،000 ގަލާއި 200 ކާނުމަތި ކަމަށެވެ. އަދި 2019 ވަނަ އަހަރު މާލޭ ރީޑިވެލޮޕްމެންޓު ބަޖެޓު ހުރީ މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ ގައި ކަމަށާއި، އެކަމަށް އެކަށީގެންވާ މިންވަރުގެ ބަޖެޓެއް ކަނޑައަޅައިފައި އޮތްނަމަ މަގުތަކުގެ މައްސަލަ ހައްލުވާނެ ކަމަށް އޭނާ ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ މިހާރު އިންތިހާ އަށް އިތުރުވެގެން ގޮސްފައިވާއިރު މާލެ ސިޓީ ކައުންސިލުންނާއި މި ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން އަދިވެސް ކުއްވެރި ކުރަމުން ދަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 އާއި ހަމަޔަށް ވެރިކަން ކުރެއްވި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރެވެ.

އެފަރާތްތަކުން ބުނަމުންދާ ގޮތުގައި މިހާވަރަށް މައްސަލަތައް ގިނަވެފައި ވަނީ ރައީސް ޔާމީނުގެ ސަރުކާރުން ބްރިޖު އެޅުމާއި ގުޅިގެން މާލޭގެ ވަށައިގެން އޮތް ރިންގް ރޯޑުގެ މަސައްކަތް އެކަނި ކޮށް އެހެން މަގުތައް ތަރައްގީ ކުރުމަށް ފަރުވާކުޑަކޮށްފައި އޮތުމުންނެވެ.

އެހެން ނަމަވެސް މިކަމަށް ރައްދުދީ އިދިކޮޅުންވެސް ވަނީ ގިނަ ވާހަކަތަކެއް ދައްކާފައެވެ. އެފަރާތްތަކުން ބުނެފައި ވަނީ މީގެ ކުރީގެ ސަރުކާރެއްގެ މައްސަލައެއް އޮވެގެން މިސަރުކާރުގެ އެއްވެސް ކަމެއް ހައްލު ނުކުރެވިފައި އޮންނަން ނުޖެހޭނެ ކަމަށެެވެ.

އަދި 2019 ވަނަ އަހަރު ދީފައިވާނީ ކަންކަން ކުރެވޭ ވަރުގެ ބަޖެޓެއް ކަމަށާއި، މި ސަރުކާރަށް ކަންކަން ނުކުރެވެނީ ސަރުކާރުގެ ގާބިލްކަން ނެތުމުން ކަމަށް އެފަރާތްތަކުން ތުހުމަތުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ގުދޯ

    މާލޭ މަގުތައް މަރާމާތު ކުރުމަށް ބަޖެޓު ނުލިބޭ އިބްރާހިމް މުހައްމަދު ސޯލިހޫ ބޮޑެތި ފައުޖުތައް ގޮވައިގެން ނިޔޯކަށް ދަތުރުކޮށްުމަށް 4.1 މިލިޔަން ރުފިޔާ ތަޅާލީ. ދަތުރުގެ ލަގެޖަށް އެކަނި 43000ރ. އަބީ ދަރީންނަށް ގެންނަ ހަދިޔާ ބަރުވުމުން އަމިއްލަ ޖީބުން ނުދައްކާ ރައްޔިތުންގެ ބައިތުލް މާލުން. ތި ހަމަ ހިޔާނަތް ތެރިވުން އެގިއްޖޭ.

    46
  2. އަލީ ނަޒީރު

    އެމްޑީޕީގެ ވެރިކަން! އެމްޑީޕީގެ މަޖްލިސް! އެމްޑީޕީގެ ކައުންސިލް! އެމްޑީޕީއިން ފާއިތުވި އަހަރު 2 ސަޕްލިމެންޓަރީ ބަޖެޓު އަދި މިއަހަރު ރެކޯޑް މިންވަރަށް ބޮޑު ބަޖެޓެއް ފާސްކުރި އިރު ވެސް ތޯ؟ ކޮބައިތޯ ފާއިތުވި އަހަރުގެ ރަސްމީ ބަޖެޓާއި 2 ސަޕްލިމެންޓަރީ ބަޖެޓުން ކުރި ކަމަކީ ހިންގި މަޝްރޫޢަކީ! ޕާޓީގެ ވެރިންގެ އާއިލާ މީހުންގެ ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ބަހާ ހުސްކުރުންނޫން އެހެން ކަމެއް ކުރެވުނުތޯ؟ އަދިވެސް ރައްޔިތުން ކައުންސިލްތަށް އެމްޑީޕީއަށް ދޭންވީތޯ؟ މެޖޯރިޓީ ދިންވަރަކަށް ވަނީ ގޯސް!

    42
  3. މލ

    މަލެ ސިޓީކައުންސިލޯ. ފޭލްވެފައިތާނަނެއް. އުވާލަން ތާއީދުކުރަން. ބޭކާރު ތަނެއް.

    39
    1
  4. ކާފަބޭ2020

    ޝިފާއެވެ.މި ހާރުވެސް ރައީސްޔާމީނުގެވެރިކަންތޯ؟ ކިތަންމެބޮޑުބަޖެޓެއްލިބުނަސް ފެންނެތްބޮޑުކާށި ތެޅުންނޫންކަމެއްނުވާނެއެވެ. ކިތަންމެ ހިންގުންތެރިއެއްދަރިއަކަސް ތިޔައީ ހަމަފެންނެތް ބޮޑުކާއްޓެކެވެ.

    24
  5. ޚަބަރު

    ށިފާއަކަށް ނުވިއެއްނުން ދެން ރަނގަޅުވާނީ މޭޔަރުކަމަށް ކުރިމަތިނުލާ ފޭބިއްޔާ މިހާރު ހުންނާނީ ވަރުބަލިވެފަ ކޯއްޗެއް ބަލާކަށްތޯ ކޮން ޚިދުމަތެއް ކުރަންތޯ ނުހޮވުނިއްޔާވެސް ބިރެއް ނެތޭ އެއޮތީ ސިޔާސީ މަގާމް ތައްޔާރަށް ރައްޔިތުން އަތުން ނަގާޓެކްސް ބަރާބަރަށް ލިބޭނެ މަގުމަތީ ކާނުތައް ސާފުނުކޮށް ސިލިންޑަރ އަޅުވައިގެން ދުވާލަކު ވަކި ސަރަޙައްދަކަށް ބޭސް ޖެހުމުގެ ބަދަލްގައި ނުވާވަރު ވީމަ ނިކުމެ ދިރޭތަކެއްޗަށް ނުރައްކައުވާ ވަރަށް އަދި މީސް މީހުންގެ ބޮލަށާ ލޮލަށް ދުން އަރުވާފަ ބޭސް ޖެހުން މީ ރޭވިގެން ކަންހިންގާ ގައުމުތަކުގަ މިކަން ހިންގާ ގޮތެއް ނޫން އަދި މީ މީހުން ގަބޫލްކުރާ ގޮތެއްވެސް ނޫން

    21
  6. ހުސޭނުބޭ

    އަނެއްކާ ކޮސްމެޓިކްސްއަށް މުޅި ބަޖެޓް ހުސްކޮށްލެއްވީތޯ! އެކަމަކު އޭގެ އަސަރެއްވެސް ކަމަނާގެ ކިބައިން ނުފެނޭ!

    23
    • ޗޗޗޗޗޗ

      ނޯ ރޭސިޒްން

  7. އަޙައްމަދުބެއްޔާ

    ޝިފާ ފާޑުފާޑުގެ ވާހަކަ ނުދައްކަވާށެވެ މިހާރުތިޔަވާހަކަ ދެއްކެވުން މާރަގަޅެއްނޫނެވެ މާލޭ މަގުތައް މިހާބޮޑަށް ހަލާކުވެގެން ދާންޖެހުނީވެސް ސިޓީކައުންސިލްއިން އަޅާނުލާ ދިއުމުންނެވެ މިހާރުވޯޓް ކައިރިވީމާ ދެން ވާހަކަނުދައްކަވާށެވެ ވޯޓެއްނުލިބޭނެއެވެ

    22
  8. ޝާހް، ރ.ވާދޫ

    ވަރަށް ތާހިރު ކަލޭމެންގެ ސަރުކާރު. ބޭކާރުވާހަކަނުދައްކާ. ދުނިޔޭގެ ެެހެންގައުމުތަކުގަވެސް ރައްޔިތުންނަށް ކަންކަން ނުކޮށްދެވިގެން އެވާހަކަ ދައްކީމަ ހިންގަންތިބޭމީހިން ދެނީ އިސްތިއުފާ. މިގޮލާވީމަ އަނެއްކާ އަނެއްދައުރަށް މިލަނީ ކުރިމަތި. ކަލޭ ލަދުގަންނަންޖެހޭ ބަޖެޓޭކިޔާ އަނގަހުޅުވަން. ދަތުރުވެރިން މާރުކޭޓުހުރި ތަނުގަ އެޅި 4 ބުރި އިމާރާތްކޮބާ؟ ރއްޔިތިން މިތިބީ ނިދާފަކަމަށްތަ ކަލޭހީކުރަނީ؟

    20
  9. ފައިސާފައިސާފައިސާ

    ބަޖެޓް އެންމެކުރިން ދަވާލާފަ ފުޑާލީ ދެން ކޮންަބަޖެޓެކޭ ކިޔާފަ ތިއަނގަ ފޭކުރަނީ ރަށްޔަތުންނަށް އެއް ވެސް ކަމެއް ނުކޮށްދީ ރައީސްޔާމީން ހުޅުއް ވައިދެއްވި ދޮރުތަކުން ރާއްޖެއަށް މި ހަރާން ވެރިކަމުގައި އެތެރެ ވިހާ ފައިސާ ފައިސާ ކޮބައިތަ އެފައިސާ ފައިސާ އަށް ކީއތަކުރީ ހުރިހާ ރީނދޫ ގުންޑާ ވަގުންތައް ތިމާޔަށް ކެވުނުވަރަކައް ކައިހުސް ކުރީމަ ބަޖެޓް ލިބޭތަ!

    21
  10. ބގޅ

    ޔާމީނުސަރުކާރުއޮތްނަމަ މާލޭ ވަށައިގެން ރިންގްރޯޑު ގައި ތާރު އަޅާ ވަށައިގެން ބަސްދުއްވާނެ މިހާރު! ޝިފާމެން ކަޑާނީ ފޮނި! ޙަދާނީ ދޮގު! ދޭނީ ލަނޑު!އުޅޭނީމަވެގެން! ޥެރިމީހާ ކައިރީބުނެގެން ކަމެއްވޭތޯ އުޅެބަލަ ފޮނި ނުކަޑާ!

    19
  11. މުލޭ

    ކަޅުތުއްކަލާ ކޮށްޓާއި ފުށް ގުދަނާ ދޭތެރޭ އޮތް މަގުގައި ފޫޓަކަށް ޗަކަހެދިފައި އޮތްތަން ސާފުކޮށްލަން ކިހާވަރެއްގެ ބަޖެޓެއް ބޭނުންވާނެތޯ؟ ވާރޭ ވެހިއްޖެއްޔާ ހަފްތާއެއްވާނެ ފެން ހިނދެންވެސް.

    19
  12. އަހުމަދު ނަސީމް

    ރައްޔިތުން ވިސްނަވާ. ކިތައް ދައުރު ދެވިއްޖެތޯ. ކުރެވުނީ ކޮން ކަމެއްތޯ. އުޒުރު ހުސްވިތޯ. މުޅި ގައުމު ދިނީމަ ވެސް އެއްވެސް ކަމެއް ވެއްޖެތޯ.

    22
  13. ތަފާސްހިސާބު

    ޝިފާއަށް އަވަސް ޝިފާއަކަށް އެދެން، އުޒުރު ދެއްކުމުގެ ބަލި ވަރަށް ބާރު ސްޕީޑެެއްގައި ގަޔަށް ބޮލަށް އަރަމުން އެބަދޭ،

    15
  14. ާަާަަައަސްލު

    ތާރީހް ދުއް އެއްމެ ވިއްސާރައެއްމޫސުން ނިމިދިޔައީ މާލޭގެ ކާނުތައް ސާފްނުކޮއް..!؟! އިންތިހާބު ބޯމަތިވީމަ މިހާރު ކާނުތައްސާފުކުރާތަންއެބަފެނޭ..!!؛ ރައްޔިތުންމޮޔަހައްދަންވެގެން..

    13
  15. ބްރޯ

    ކޮންބަޖެޓެއްތަ؟މިހާރު އެހުރީ މަގުގަ ގާތައް ، އެގާތައް ނަގާ ބިން އެއްވަރުކޮށް ގާއެޅިމަ އެވީ ކަންކުރެވޭނީ ކަންކުރަން އެގޭ ބަޔަކަށް.

    12
  16. ނަސީމާ ލަމް

    ޢަމީނީމަގުގައި ދުއްވުމެކޭ ގޮއްއާނުމަތީ ދުއްވުމެކޭއެއްވަރު. ޢުނަގަނޑަށް ތަދުއަރާ ކަނދުރާބިނދޭވަރުވެއިހުންނަނީ. މުޅިމާލޭގެ އެކިހިސާބުތަކުގައިވެސް ގާނެއްޓި ވަޅުގަނޑުގަނޑު. ޝިފާއިސްތިއުފާ!

  17. މުސާރަ

    މުހިއްމު ކަންކަމަށް ބަޖެޓް ކުޑަވާނެ ފުރަތަމައިނުންވެސް އަމިއްލަ މުސާރަތައް ބޮޑުކުރީމަ. މުސާރަ ބޮޑުކުރަން ބަޖެޓް އޮވޭ. ރައްޔިތުންނާ ގުޅޭ ކަންކަން ކުރަންވީމަ ބަޖެޓް ނުހުންނަނީ.

  18. Anonymous

    27 މިލިއަން ކުޑަތޯ ؟
    ސްޓިކާ ޖަހައިގެން ލިބޭ ލާރިއަށް ކިހިނެއްބާ މިހަދަނޫ ؟ ޚައިރާން ހޯވެ. ދެން ރ. ޔާމީންތޯ މިސަރުކާރަށް ބަޖެޓްދޭން އަންނަށްވީ .ޤާބިލްކަން ނެތީ. ރަނގަޅަށް ހިނގާ އެންމެ މުއައްސަސާއެއްވެސް އެބަހުރިތޯ ؟ އިސްތިޢުފާ ދޭން ލަސްވެއްޖެ

  19. ރެކޯޑް

    މިސަރުކާރު ކުރާކޮންމެ ކަމެއް ދުނިޔޭގެ ރެކޯޑް ފޮތަށް ކޮންމެ ކަމެއްވެސް ހައްދުން ނަށްޓާފަ ހައްދު ފަހަނައެޅުން މިއީ މިމީހުންގެފިކުރުބާ މުސީބާތްތައް ފަތިފައް ޗައްށާއި ބަރިބަރިޔަށް

  20. މާލެ

    މި ޝިފާއަކު ހީވަނީ މޮޔަފުޅު ވެގެން އުޅުއްވާހެން މީނާއަށް ކަންކަން ނުކުރެވުނީމައި ބޮލުން ކަޓުވާލަންވެގެން މާލޭގެ މަގުތަކުގެ ކަންކަން އެއްފަހަރު ޔާމީނު ސަރުކާރުގެ ބޮލުގައި އަޅުވައި މިފަހަރު ބަޖެޓުގެ ބޮލުގައި އަޅުވައިފި މީނާ ކުރަން ޖެހޭކަމެއްނެތް ކަނ ަފަސޭހަ މޭޔަރެއް

  21. މިއަދު

    މާލޭގެ ކުނިގޮނޑު ސާފުނުކުރެވުނީ ކޮންއެއްޗެއް ނުދީގެން