ކުޑަކުދިންނަށް ޖިންސާ ގޯނާކުރާ މައްސަލަތަކާއި ގުޅިގެން އެކި މީހުން ޝުއޫރު ފާޅު ކުރަމުން އަންނަނީ ތަފާތު ގޮތްތަކަކަށެވެ. އެގޮތުން އެންމެ މިފަހަރު ތަފާތު ގޮތަކަށް ކަންބޮޑުވުންފާޅު ކޮށްފައިވާ ބޭފުޅަކީ ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރެވެ.

އިޒްމިއާ ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތަކުގެ ވާހަކަތައް ކޮންމެ ދުވަހަކު އަޑު އިވުމުން، ބޭނުން ވަނީ "ހޮޑުލާން" ކަމަށެވެ. އިޒްމިއާ ކުރެއްވި ޓްވީޓްތަކެއްގައި ބުނެފައި ވަނީ އާއްމުންނަށް މިހާރުގެ ހާލަތުގެ މައުލޫމާތު އެނގެން ޖެހޭ ކަމަށެވެ. ޖިންސީ އަނިޔާ ކުރާ މީހުންގެ ތެރޭގައި އެކި އުމުރު ފުރާގެ، އެކިކަހަލަ ބެކްގްރައުންޑުތަކުން އަންނަ، އެކި މަސައްކަތް ކުރާ މީހުން ހިމެނޭކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.

އިޒްމިއާ މިފަދައިން ވިދާޅުވެފައިވާއިރު، އުމުރުން ދުވަސްވީ މީހުންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ބައެއް މީހުންގެ މައުލޫމާތު ކައިރިކައިރީގައި ހާމަވުމުން އުމުރުން ދުވަސްވީ މީހުންގެ ފުށުން އެކަހަލަ ކަންކަން ދިމާވުން އާއްމުކަމަށް ބުނެ މީސްމީޑިއާގައި ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

އަދި މިފަދަ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންގެ ތެރޭގައި މުދިމުންނާއިި ގުރުއާން ޓީޗަރުން ގިނަ ކަމަށް ބުނެ، ވެސް ގިނަބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. މީގެއިތުރުން ހައްދު ފަހަނައަޅާފައިވާ ފިކުރުގެ މީހުންވެސް މީގެ ތެރޭގައި ހިމެނޭ ކަމަށް ބުނެ އެއް ބަޔަކު ފާޑު ކިޔަމުންދާއިރު އަނެއް ބަޔަކު ދަނީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހުންނަކީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހުން ކަމަށް ބުނެ ފާޑުކިޔަމުންނެވެ. ބެލެވޭގޮތުން އިޒްމިއާގެ ޓްވީޓްގައި އިޝާރާތްކޮށްފައި ވަނީ މި ވާހަކަތަކަށެވެ.

މީސްމީޑިއާގައި ބައެއް މީހުން ވަނީ ރޭޕް ކުރާ މީހުންނަށް އެކަން ކުރަން މަގުފަހިވާގޮތަށް، ރޭޕްގެ ޝިކާރައަކަށްވާ މީހުންނަށް ކަންކަން ކުރެވޭ ކަމަށް ބުނެ ވާހަކަދައްކާފައެވެ. އެގޮތުން ބައެއް މީހުން ވަނީ ފުރާވަރުގެ ކުދިން ގިނަވަގުތު ގެއިން ބޭރުގައި އުޅުމާއި، އަޅާ ހެދުމުގެ ސަބަބުން ރޭޕްއަށް މަގުފަހިވާކަމަށް ބުނެފައެވެ.

އިޒްމިއާގެ ޓްވީޓްގައި އެވާހަކަތަކާއި ގުޅިގެން ބުނެފައި ވަނީ، ރޭޕް ކުރާ މީހުން ރޭޕް ކުރަނީ، ރޭޕްގެ ޝިކާރައަކަށްވާ މީހާ ލައިގެން ހުންނަ އެއްޗެއްގެ ސަބަބުން ނޫން ކަމަށެވެ. އަދި ރޭޕްކުރަނީ އެކަމުގެ ޝިކާރައަކަށްވާ މީހާ ކުރާ ކަމެއްގެ ސަބަބުން ވެސް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ. އިޒްމިއާ ވިދާޅުވީ ރޭޕް ކުރަނީ، ރޭޕް ކުރާ މީހާގެ މައްސަލައަކުން ކަމަށެވެ. އިޒްމިއާ ވަނީ އެ މައްސަލައާއި ގުޅޭ ގޮތުން އިތުރު ޓްވީޓްތަކެއްވެސް ކޮށްފައެވެ.

އެގޮތުން ކުރި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރޭޕްގެ މައްސަލަތައް ހައްލުކުރުމަށް ހުރިހާ މުއައްސަސާއަކުން ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން، ޖެންޑާ ސެނިސިޓައިޒޭޝަންގެ ޕްރޮގްރާމްތައް ހިންގަން ޖެހޭ ކަމަށެވެ. މީހުންގެ ވިސްނުމުގައި އަދިވެސް މައްސަލަތަކެއް އެބަ ހުރިކަމަށާއި އެކަން ހުރިހާ ދިމާއަކުން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ މީހުން ހޭލުންތެރި ވުމުން ކޭސްތައް ހޭންޑަލް ކުރާ ގޮތް ތަފާތުކަން ފާހަގަކުރައްވާފައެވެ.

ޖެންޑަރ ސެނިސިޓައިޒޭޝަން ޕްރޮގްރާމްތަކުގެ ސަބަބުން ޖިންސީ ފުރައްސާރައަށް އެއްކޮށް ހައްލު ނުލިބުނު ނަމަވެސް، އެކަމުގެ ސަބަބުން ފައިދާ ވާނެ ކަމަށް އިޒްމިއާ ވިދާޅުވިއެވެ. ފަހަކަށް އައިސް ޖިންސީ ގޯނާ އާއި ރޭޕްގެ މައްސަލަތައް ރިޕޯޓްކުރުންވަނީ އިތުރުވެފައެވެ. ހާއްސަކޮށް ކުޑަކުދިންނަށް އިތުބާރު ހުރި ފަރާތްތަކާއި، މަހުރަމުންގެ ފަރާތުން ޖިންސީ ގޯނާ އާއި ރޭޕްގެ މައްސަލަތައް ކުރިމަތިވެފައިވާ އެތައް ކޭސްއެއް ވަނީ ފެންމަތިވެފައެވެ.

މިފަދަ ކޭސްތައް އިތުރުވެފައި މިވަނީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ ކުއްޖަކަށް އެކުއްޖާގެ ކާފައާ މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެގެންނެވެ. މި މައްސަލާގައި އެކުއްޖާގެ ބައްޕަވެސް ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އެކުއްޖާގެ ބައްޕައަށް ކުރަނީ އިހުމާލުވުމުގެ ތުހުމަތެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އަހުމަދު

    އަހަރުމެންވެސް މިތިބެނީ ތި މުއައްސަސާ މިހާރު ނާގާބިލްކަމާ ލާދީނީކަމުން ހޮޑުލާލާ ވަރުބަލިވެފަ ހަދާނެގޮތް ހުސްވެފަ

    120
    11
  2. އަލީ

    ތިކަން ހުއްޓުވާ ތި ކަން އާންމުންނަށް ހިއްސާކުރަން ހުރު ފަރާށް ހޮޑުލަވަނީއޭ ބުނެ ދުވެ ފިލީމަ ވަނީ ކޯޗަކަށް؟ ކަލޭމެން އެންމެން ހޮޑުލަވާވަރާއި ގާތަށް ވެސް ކަލޭމެންނަށް ތިކަމަށް ފިޔަވަޅު އެޅިއްޖެތަ؟ ހޮޑުލައިލައި އަދިވެސް ތިބެނީ ތޯއްޗެއް!

    81
    10
  3. ސަމަރޫން

    ވެދާނެ ބަލިވެ އިނީކަމަށް

    61
    2
  4. ސާޔާ

    ކުރާނެ އެއްވެސް ކަމެއް ނެއްތަ ބައްޕަ ވެސް އިހްމާލް މުނި ދުވަސް ވެފާ ކާފަ ހުރިހާ ބައްޔަށް ބޭސް ކަނީ ކުށެއްވެސް ނެއް އެހެންތާވާނީ ބޮޑުންނާއެކު ތަސްވީރު ހުރީމަ.ތިބީބިޔަބޮޑު ޕާޓީގަ ކުށަކީ ތިޔަ ކުޑަ ކުއްޖާ ދުނިޔެއަށް އަކަންދޯ ވަރަށް ސަޅި ދެން ހުރިހާ މީހުން ދޫކޮއްލާފަ ރޭޕް މައްސަލަތަކުގައި ވާކުދިން ހައްޔަރު ކުރަންވީބާ؟ ވަރައްހޮޑު ލެވޭ

    34
    2
  5. އަޙްމަދު

    މިމީހުން އުޅޭގޮތުން އަހަރުމެންވެސް ހޮޑުލެވޭ!

    43
    2
  6. ޖަކުދީ

    މީދެން ހާތަ ފަތަރާސީވެގެން އުޅޭ ކޮޔެކޭދޯ.

    32
    1
  7. ޗާލު

    ރޭޕްކޭސްތަކުގެ މައްސަލާގައި ގައުމުގެ ވެރިންތައް ހާއްސަކޮށް ޕޮލިހުން ހޮޑުވެލުނީމަ ތާހިރުކުރާނީ ރޭޕްކުރެވުނު ޅަދަރިންތަ. އެމީޙުން ޒިންމާ ނެގުމުގެ ބަދަލުގަ ހޮޑުލާލާ ތިބެނީތަ

    31
  8. މިއަދު

    އެއީމިސަރުކާރާއި ޕޮލިހުން ކުރުވާކަމެއް އިޒުމިޔާ ހޮޑުލަވަންޏާ މަގާމުން އިސްތުޢުފާދީބަލަ

    20
  9. ޡައިިިމް

    ޢެމަންޖެ ބަންޑު ބޮޑީ

    22
  10. ޭބައްޕަ އެއް

    އެކުއްޖާގެ ބައްޕަ ސަލާމަތް ކުރަން މިމީހުން ހާދަ މަސައްކަތެއް އެބަ ކުރެއޭދޯ.. މިގައުމުގެ ފުލުހުން ތިބީ ބޮޑުތަނުން ފެއިލްވެފަ.. ގުންބޯ ހައްދަން ނޫޅެބަލަ. ޕުލީސް

    21
    1
  11. ޙަސަނާ

    އަޅާހެދުމުގެ ސަބަބުންވެސް ވެދާނެ ހަމަޔަގީނުންވެސް އިސްލާމްދީނުގަ އޮންނަގޮތައް ފަރުދާވެފާ ވާ ކަބަލެއްގެ ހަށިގަޑުގެ ވަނާތަކެއްވެސް ނުފެންނާނެ ގިނަފަހަރައް އެކަބަލުން މަގުމަތީ ހިގާބިގާވެ އުޅޭއިރު މީހުންގެކަޅިތައް އެކަބަލުންނައްހުއްޓިގެންނެއް ނުދާނެ ދީނައްލޯބިނުކުރާމީހުން މިވާހަކަ ގަބޫލުނުކުރިއަސް އިސްލާމް ދީނައްވުރެބޮޑައް ކަބަލުން ގެ ހައްގުތައްކަށަވަރުވާދީނެއްނޯންނާނެ އަމުދަކުން އެހެންދީންތަކަކީ ބާތިލްދީންތަކެއްވެސްމެ ވީމާ ކަބަލުންވާނީ ފަރުދާވާށޭ...

    6
    7
    • ކަލޭ

      ދެ އަހަރުގެ ނެޕީ ޖަހާ ކުޑަ ކުއްޖާޔާ ބެހުނީ އެކުއްޖާގެ ކޮން އައުރައެއް ނިވާނުވެ އޮތީމަ؟ ނުލަފާ ކަން ބޮޑީ ހަމަ ހިސާބަށްވުރެ

      8
      1
    • ގުގުރި

      ތަނެއް ދޮރެއް ނޭގޭ ދުނިޔެ ނޭގޭ އެންމެ 2 އަހަރުގެ ތުއްތުކުއްޖަކާ ދުނިޔޭގަ އުޅެ އަމިއްލަ ދިރިއުޅުމެއްފަށާ ހެވާނުބައި ވަކިކުރަން އެގޭ ބޮޑު ސިންގާ މުސްކުޅިޔަކު އެގޮތައް ބެހުނީމަ އެކުޖާގެ އޮތީ ކޮންކުށެއް....އެ ނުލަފާ މުސްކުޅިޔާގެ ހުރި ހަރާންކޯރުކަން އެއީ...އެހެންނަމަވެސް އެއްގޮތަކުން ބަލާއިރު ހަސަނާ ގެ ކޮމެންޓު ގަ އިންވާހަހަ މުޅިޔަކުން ގޯހެކޭ ބުނެވޭކަށެއްވެސް ނެތް....

  12. ހޮޑު

    ޕޯން މަނާކޮށްބަލަ...ހޮޑޭ ނުކިޔާ

  13. ޙުލޭނު ހުސޭނު..

    ރައްޔިތުން އަތުން ނަގާ ޓެކުހުން.. މުސާރަ ނަގާ ދުވަހު މިކަލޭގެ ހޮޑެއް ނުލަވާނެ.... " ޚިދުމަތައް ހޮޑުލަވާ
    ޢަގުނަގަން ހެނވި ދިލޭ.

  14. ރައްޔިތުމީހާ.

    ފުލުހުން ހޮޑުލާން ތިބީމަ ރަނގަޅުވާނެ. ބާރުތައްދިނީމަވެސް ހޮޑުލެވޭތޯ ބަލަނީ. ޔާމީނުނަމަ މިހާރު ފުރާޅުން ޓިނުނަގައިގެންވެސް ގެންގޮސް ގެންވެސް ކުޑަކުދިންނަށް އަނިޔާކުރި ބަޔަކު ހޭއަރުވާލާނެ. މިއީ އެއްކަމެއްވެސް ކުރަން އެނގޭ ބައެއް ނޫން. 5 އަހަރު ވަންދެން ހޮޑުލާން ތިބޭ!

  15. Anonymous

    attention seeker